18 ޖުލައި 2020
ތެހެރާން (ޖުލައި 18) - އީރާނުގެ 25 މިލިއަން މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައި ކަމަށާ އަދި އިތުރު 35 މިލިއަން މީހުންނަށް ބަލި ޖެހުމުގެ ނުރައްކާ އެބައޮތް ކަމަށް އެ ގައުމުގެ ރައީސް ހަސަން ރޫހާނީ މިއަދު ވިދާޅުވެއްޖެ އެވެ.
ތެހެރާން (ޖުލައި 18) - އީރާނުގެ 25 މިލިއަން މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައި ކަމަށާ އަދި އިތުރު 35 މިލިއަން މީހުންނަށް ބަލި ޖެހުމުގެ ނުރައްކާ އެބައޮތް ކަމަށް އެ ގައުމުގެ ރައީސް ހަސަން ރޫހާނީ މިއަދު ވިދާޅުވެއްޖެ އެވެ.
އީރާނުގެ ހެލްތު މިނިސްޓްރީގެ ރިޕޯޓަކާ ހަވާލާދީ ގައުމީ ޓީވީ މެދުވެރިކޮށް ރޫހާނީ ދެއްވި ބަޔާނުގައި ހާމަކުރެއްވި އަދަދުތަކާ އެ ގައުމުން ޕޮޒިޓިވްވި މީހުންގެ އަދަދާ ވަރަށް ބޮޑުތަން ތަފާތެވެ. އީރާނުން ވަނީ 271,606 މީހުން ޕޮޒިޓިވްވެ 13,979 މީހުން މަރުވެފަ އެވެ. އަދަދުތަކުގައި އެހާ ބޮޑު ތަފާތެއް ހުރި ސަބަބު ރޫހާނީ ވިދާޅެއް ނުވެ އެވެ.
އީރާނުގެ އާބާދީ އަކީ ގާތްގަނޑަކަށް 80 މިލިއަނެވެ.
"އަޅުގަނޑުމެންގެ އެސްޓިމޭޓަކީ މިހާރު ގާތްގަނޑަކަށް 25 މިލިއަން މީހުންނަށް ބަލިޖެހިފައިވާނެ ކަމަށް. އަދި އިތުރު 30-35 މިލިއަން މީހުންނަށް ބެލިޖެހޭނެ ކަމަށް ލަފާކުރެވޭ،" އީރާނުގެ ކޮވިޑް-19 ގެ ޓީމާ އެކު ރޫހާނީ ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން އީރާނުން ހޮނިހިރު ދުވަހު ވަނީ ކޮވިޑް-19 ޖެހިގެން 188 މީހުން މަރުވެ 2،166 މީހުން ބައްޔަށް ޕޮޒިޓިވްވެފަ އެވެ.
ރޫހާނީ ވިދާޅުވީ ބަލިން ރައްކާތެރިވެވޭ ވަރަށް މީހުންގެ ދިފާއީ ނިޒާމު ވެސް އަދި ވަރުގަދަވެފައި ނުވާ ކަމަށާއި މުޖްތަމައުގައި ބަލި ފެތުރުމުގެ ޗެއިން ވެސް ހުއްޓުވިފައި ނުވާ ކަމަށެވެ.
ވޭތުވެދިޔަ ފަސް މަސް ދުވަސްތެރޭ އީރާނުން ހޮސްޕިޓަލްގައި އެޑްމިޓްކުރި މީހުންގެ ދެ ގުނަ އެޑްމިޓް ކުރަން ޖެހުނަސް އީރާނުން ތައްޔާރުވެފައިވާ ކަމަށް ރޫހާނީ ވިދާޅުވި އެވެ. ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު ހެލްތު މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.
ރޫހާނީ ވިދާޅުވީ ހެލްތު މިނިސްޓްރީގެ ދިރާސާ އިން ދެއްކި ގޮތުގައި އީރާނުން ބަލި ޖެހުނު ކޮންމެ 1،000 މީހެއްގެ ތެރޭން 500 މީހުންގެ ހަށިގަނޑުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ. އަދި ވައިރަސް ކޮންޓްރޯލް ކުރުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެއީ ކަމަށް ވިދާޅުވި އެވެ.
އީރާނުގެ ކަންކަން އޮތީ ރައްޔިތުންނަށް ސިއްރުކޮށްފައި
ރޫހާނީގެ ފާޑުވިދާޅުވުން އީރާނުގެ ޕާލަމެންޓަށް
އީރާންގެ ނިއުކްލިއާ ވާހަކަތައް އަވަހަކަށް ނުފެށޭނެ
އީރާނުގައި 90 ޕަސެންޓަށް ޔޫރޭނިއަމް ފައްކާކުރެވޭނެ
އީރާންގެ ދިފާއަށް ނިއުކްލިއާ ހަތިޔާރު ބޭނުމެއް ނޫން
ރަސޫލާއަށް ފުރައްސާރަ ކުރުމަކީ މުސްލިމުންނަށް ގޯނާކުރުން
"ބޯޓު ވައްޓާލި ސަބަބު ސިފައިން ސާފުކޮށްދޭން ޖެހޭނެ"
53 ބިލިއަން ފީފާގެ ތެޔޮ ވަޅެއް އީރާނުން ފެނިއްޖެ
އެމެރިކާގެ ފިޔަވަޅުތަކަށް އދ. ގައި ރޫހާނީގެ ނުރުހުން
އީރާނުގެ ރައީސް ނިއުޔޯކުގައި ދަތުރު ކުރެއްވުން "މަނާ"