02 އޯގަސްޓް 2021
ތެހެރާން (އޮގަސްޓް 2) - އީރާނުގައި ހިނގާ ބައެއް ކަންކަމުގެ ހަގީގަތް އޮންނަނީ، ގައުމުގެ ރައްޔިތުންނަށް ސިއްރުކޮށްފައި ކަމަށާއި، ބައެއް ކަންކަމާ ބެހޭ ގޮތުން ރައްޔިތުންނަށް އެއްވެސް ވަރަކަށް މައުލޫމާތު ހިއްސާ ނުކުރާ ކަމަށް، އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.
ތެހެރާން (އޮގަސްޓް 2) - އީރާނުގައި ހިނގާ ބައެއް ކަންކަމުގެ ހަގީގަތް އޮންނަނީ، ގައުމުގެ ރައްޔިތުންނަށް ސިއްރުކޮށްފައި ކަމަށާއި، ބައެއް ކަންކަމާ ބެހޭ ގޮތުން ރައްޔިތުންނަށް އެއްވެސް ވަރަކަށް މައުލޫމާތު ހިއްސާ ނުކުރާ ކަމަށް، އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.
މި މަހުގެ 5 ވަނަ ދުވަހު ވެރިކަމުގެ ދައުރު ހަމަކުރެއްވުމަށް ފަހު މަގާމުން ވަކިވެވަޑައިގަންނަވާ ރޫހާނީ، އިއްޔެ ބޭއްވެވި ކެބިނެޓްގެ އެންމެ ފަހު ބައްދަލުވުމުގައި ވިދާޅުވި ގޮތުގައި، އޭނާ ވެރިކަމުގައި ހޭދަކުރެއްވި އަށް އަހަރުގެ ތެރޭގައި ކަންހިނގާފައިވާ ގޮތާ މެދު، ރައްޔިތުންގެ ކިބައިން އޭނާ މައާފަށް އެދިވަޑައިގަންނަވަ އެވެ.
"އަހަރެމެން ރައްޔިތުން ގާތުގައި ބުނި ވާހަކަތަކަކީ ހަގީގަތާ ދެކޮޅު ވާހަކަތަކެއް ނޫން. އެހެން ނަމަވެސް އަހަރެމެން ރައްޔިތުންނަށް ހަގީގަތެއް ނުބުނެދެން. ސަބަބަކީ، އެ ހަގީގަތްތައް ބުނެދިނުމަކީ އެއްވެސް ފައިދާއެއް ހުރި ކަމެއް ކަމަށް ގަބޫލެއް ނުކުރެވޭ. އަދި އެ ހަގީގަތްތައް ހާމަކޮށްފި ނަމަ، ގައުމުގެ އެއްބައިވަންތަކަމަށް ބުރޫ އަރައިފާނެތީ އަހަރެން ވަރަށް ބިރުގަނޭ،" ކެބިނެޓްގައި ރޫހާނީ ވިދާޅުވި އެވެ.
ކަންކަމުގެ ހަގީގަތް ފާޅުނުކުރައްވާ ކަމަށް އެއްބަސްވެވަޑައިގެންނެވި ނަމަވެސް، އެއީ ކޮން ކަންކަމަކާ ގުޅޭ ހަގީގަތްތަކެއް ކަމެއް ރޫހާނީ ވިދާޅެއް ނުވެ އެވެ. އެހެން ނަމަވެސް، އީރާނުގައި ހިނގާ މުހިންމު ކަންކަމުގެ ހަގީގަތްތައް އޮންނަނީ އާންމު އުސޫލުން ސިއްރުކޮށްފަ އެވެ.
އެފަދަ އެއް ކަމަކީ، ޖެނުއަރީ 2020 ގައި، އީރާނުގެ އިންގިލާބީ ލަޝްކަރުގެ ސިފައިންނަށް އެރި އޮޅުމަކުން މަދަނީ މަތިންދާބޯޓަކަށް ހަމަލާ ދެވުނު ހާދިސާ އެވެ. އެ ހާދިސާގައި، ބޯޓުން ދަތުރުކުރި 176 މީހުން މަރުވެފައިވާއިރު، ހުޅަނގުގެ ގައުމުތަކުން އެ ހާދިސާ ފަޅާ އަރުވައިލުމާ ހަމައަށް އީރާނު ސަރުކާރުން އެކަމަށް އެއްބަހެއް ނުވެ އެވެ.
އޭގެ އިތުރުން އީރާންގެ ނިއުކްލިއާ މަޝްރޫއާ ބެހޭ ގޮތުން، ހުޅަނގުގެ ގައުމުތަކާ އެކު ކުރަމުންދާ މަޝްވަރާތަކުގެ ވެސް މާ ބޮޑު ތަފްސީލެއް، އީރާނު ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ރޫހާނީގެ ފާޑުވިދާޅުވުން އީރާނުގެ ޕާލަމެންޓަށް
އީރާންގެ ނިއުކްލިއާ ވާހަކަތައް އަވަހަކަށް ނުފެށޭނެ
އީރާނުގައި 90 ޕަސެންޓަށް ޔޫރޭނިއަމް ފައްކާކުރެވޭނެ
ހައްދެއް ނެތި ޔުރޭނިއަމް ފައްކާކުރާނަން: އީރާން
ޓްރަމްޕުގެ ނިންމުމަށް ރޫހާނީ ވަރުގަދަ ރައްދެއް ދީފި
އީރާނުގެ ރައީސް، ޓްރަމްޕަށް އިންޒާރު ދެއްވައިފި
ނިއުކްލިއާ އެއްބަސްވުން ޓްރަމްޕަށް އުވައެއް ނުލެވޭނެ
ހަމަލާދީފާނެތީ އީރާންގެ ނިއުކްލިއާ ފެސިލިޓީ ބަންދުކޮށްފި
އީރާނުން ހޯދިއްޔާ، ސައޫދީ ވެސް ނިއުކްލިއާ ހޯދާނެ
ނިއުކްލިއާ އޭޖެންސީގެ މަންދޫބުންގެ ހުއްދަ ބާތިލުކޮށްފި