14 ޖުލައި 2021
އީރާނުން ބޭނުން ނަމަ، 90 ޕަސެންޓަށް ޔޫރޭނިއަމް ފައްކާ ކުރުމުގެ ގާބިލުކަން އީރާނުގައި އެބަހުރި ކަމަށް، އެ ގައުމުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.
އީރާނުން ބޭނުން ނަމަ، 90 ޕަސެންޓަށް ޔޫރޭނިއަމް ފައްކާ ކުރުމުގެ ގާބިލުކަން އީރާނުގައި އެބަހުރި ކަމަށް، އެ ގައުމުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.
ވެރިކަމުގެ ފަހު ދައުރު ހަމަކުރައްވަމުން ގެންދަވާ ރޫހާނީ ވިދާޅުވި ގޮތުގައި، އެއްވެސް ބަޔަކަށް ނުރައްކަލެއް ނުފޯރާ ގޮތަށް، ސުލްހަވެރި ބޭނުންތަކަށް، 20-90 ޕަސެންޓަށް ޔޫރޭނިއަމް ފައްކާކުރުމުގެ ގާބިލުކަން އެ ގައުމުގައި އެބަހުއްޓެވެ. ނަމަވެސް އެ މިންވަރަށް ޔޫރޭނިއަމް ފައްކާ ކުރާނީ، ކޮންމެހެން އެކަން ކުރަންޖެހިއްޖެ ނަމަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނިއުކްލިއާ މުއާހަދާގެ ސަބަބުން، އީރާންގެ ނިއުކްލިއާ ސިނާއަތަށް އެއްވެސް ހުއްޓުމެއް ނާދޭ. އަހަރެމެން ބޭނުން ނަމަ، 20 ޕަސެންޓަށް އަދި 60 ޕަސެންޓަށް ޔޫރޭނިއަމް ފައްކާ ކުރުމުގެ ގާބިލްކަން، އީރާންގެ ނިއުކްލިއާ ހަކަތައާ ބެހޭ އިދާރާގައި އެބަހުރި. އަދި ތެހެރާންގެ ރިއެކްޓަރުތަކަށް ކޮންމެހެން ބޭނުންވެއްޖެ ނަމަ، 90 ޕަސެންޓަށް ވެސް ޔޫރޭނިއަމް ފައްކާކުރުމުގެ ގާބިލްކަން އެބަހުރި،" ރޫހާނީ ވިދާޅުވި އެވެ.
ރޫހާނީ ވިދާޅުވި ގޮތުގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާއި އީރާނާ ދެމެދު ސޮއިކޮށްފައިވާ ނިއުކްލިއާ މުއާހަދާއަކީ، ޔޫރޭނިއަމް ފައްކާ ކުރުމުގެ ފުރިހަމަ ހައްގު އީރާނަށް ލިބިގެންވާ ކަމަށް ބައިނަލްއަގުވާމީ މުޖްތަމައުން އިއުތިރާފްވާ ކަމުގެ ހެއްކެކެވެ.
އީރާނުގެ ގާނޫނު ހަދާ މަޖިލީހަށް ފާޑުވިދާޅުވަމުން ރޫހާނީ ވިދާޅުވީ، ގާނޫނު އަސާސީގެ 60 ވަނަ މާއްދާ ފުރިހަމައަށް ތަންފީޒު ކުރި ނަމަ، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް، މިއަހަރުގެ މާޗް މަހުގެ ތެރޭގައި އުވައިލެވުނީސް ކަމަށެވެ. އެ މާއްދާއަކީ، ކަންކަން ތަންފީޒުކުރުމުގެ ބާރު އީރާނުގެ ރައީސަށް ލިބިދޭ މާއްދާ އެވެ.
"ނަމަވެސް އެ ފުރުސަތު ސަރުކާރުގެ ކިބައިން ވަނީ ނިގުޅައިގެންފައި. ނަމަވެސް މި ސަރުކާރުގެ ވެރިކަމުގައި އެކަން ހާސިލްވިޔަ ނުދޭން މަސައްކަތްކުރާ ބަޔަކު މިގައުމުގައި އެބަތިބި،" ރޫހާނީގެ ވެރިކަމުގެ ދައުރު ހަމަވާތީ، ނިއުކްލިއާ މުއާހަދާއާ ގުޅޭ ނިންމުންތައް ތަންފީޒުކުރުމުގެ ބާރު، ރައީސަށް ނުދޭން ގާނޫނު ހަދާ މަޖިލީހުން ނިންމި ނިންމުމަށް އިޝާރާތް ކުރައްގައި ރޫހާނީ ވިދާޅުވި އެވެ.
"ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމާ ބެހޭ މަޝްވަރާގެ މޭޒު މިހާރުވެސް ހުރީ ތައްޔާރަށް. ނަމަވެސް އެކަމަށްޓަކައި ދޮރު ހުޅުވައިދޭން ޖެހޭނެ. ނިއުކްލިއާ މަޝްވަރާތަކުން އީރާން ބޭނުންވި ހުރިހާ ކަމެއް ހާސިލްވެއްޖެ. ނަމަވެސް، އެއްބަސްވުމަކަށް އައުމަށް މި ސަރުކާރަށް އޮތް ފުރުސަތު ބަޔަކު ނިގުޅައިގަތީ. މިދިޔަ ހަ މަސްދުވަސް ބޭކާރުވެގެން ދިޔައީތީ ނުހަނު ހިތާމަ ކުރަން. އުންމީދު ކުރަނީ ދެން އަންނަ ސަރުކާރަކުން އެ މަސައްކަތް ފުރިހަމަ ކުރާނެ ކަމަށް،" ރޫހާނީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނިއުލިއާ މުއާހަދާ އިން ސާބިތުވި ކަމަކީ، ދުނިޔޭގެ ބޮޑެތި ގައުމުތަކާއި އީރާނާ ދެމެދު އަދި ބައިނަލްއަގުވާމީ މުޖްތަމައާއި އީރާނާ ދެމެދު ޖެހޭ މައްސަލަތައް ވެސް ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެ ކަމެވެ. އަދި އެ މުއާހަދާގައި އީރާން ސޮއިކުރި ފަހުން އީރާނަށް ލިބުނު އިގްތިސާދީ ކުރިއެރުމުގެ ސިއްރަކީ، ނިއުކްލިއާ މުއާހަދާގެ ބައިވެރިންނާ އެކު ކުރެވުނު ބިނާކުރަނިވި މަޝްވަރާތައް ކަމަށް ވެސް ރޫހާނީ ވިދާޅުވި އެވެ.
އީރާންގެ ނިއުކްލިއާ ވާހަކަތައް އަވަހަކަށް ނުފެށޭނެ
ހައްދެއް ނެތި ޔުރޭނިއަމް ފައްކާކުރާނަން: އީރާން
ހަމަލާދީފާނެތީ އީރާންގެ ނިއުކްލިއާ ފެސިލިޓީ ބަންދުކޮށްފި
އީރާނުން ހޯދިއްޔާ، ސައޫދީ ވެސް ނިއުކްލިއާ ހޯދާނެ
އީރާނާއި އެމެރިކާގެ މަޝްވަރާތަކެއް އޮމާންގައި ބާއްވައިފި
ނިއުކްލިއާ ހަތިޔާރު އުފެއްދުން ނުހުއްޓުވޭނެ: ޚާމަނާއީ
ނިއުކްލިއާ ވާހަކަތައް ނިންމަން އީރާނުން މުހުލަތެއް ދެނީ
އީރާނުން އދ. އަށް އެއްބާރުލުން ދޭން ނިންމައިފި
އީރާނަށް ނިއުކްލިއާ ހަތިޔާރު ލިބިއްޖިއްޔާ ދުވަސް ދިޔައީ
ނިއުކްލިއާ މުއާހަދާ އަށް މާ ގިނަ ދުވަހެއް ނެތް