ލަންޑަން (ޖުލައި 21) - ކޮރޯނާވައިރަހަށް އޮކްސްފޯޑް ޔުނިވާސިޓީން އުފެއްދި ވެކްސިން ރައްކާތެރި ކަމަށާއި ވެކްސިން ދިން މީހުންގެ ހަށިގަނޑުގައި ވައިރަހާ ދެކޮޅަށް އެންޓިބޮޑީސް އުފެދިފައިވާ ކަމަށް ބުނެފި އެވެ.
21 ޖުލައި 2020
ލަންޑަން (ޖުލައި 21) - ކޮރޯނާވައިރަހަށް އޮކްސްފޯޑް ޔުނިވާސިޓީން އުފެއްދި ވެކްސިން ރައްކާތެރި ކަމަށާއި ވެކްސިން ދިން މީހުންގެ ހަށިގަނޑުގައި ވައިރަހާ ދެކޮޅަށް އެންޓިބޮޑީސް އުފެދިފައިވާ ކަމަށް ބުނެފި އެވެ.
ވެކްސިން ދިން 1،077 މީހުންގެ ހަށިގަނޑުގައި ވައިރަހާ ދެކޮޅަށް ހަނގުރާމަ ކުރާ އެންޓިބޮޑީސް އާއި ޓީ-ސެލް އުފެދިފައިވާ ކަމަށް ޓްރަޔަލްތަކުން ވަނީ ދައްކައިފަ އެވެ. މިއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. ނަމަވެސް މިއީ ބަލިން ރައްކާތެރިވުމަށް އެންމެ ރަނގަޅު މިންވަރުކަމުގައި ބުނަން އަދި މާއަވަހެވެ. ފުޅާ ދާއިރާއެއްގައި ވެކްސިންގެ ޓްރަޔަލްތައް އަދިވެސް ދަނީ ކުރިއަށެވެ.
އިނގިރޭސި ވިލާތުން ވަނީ ވެކްސިންގެ 100 މިލިއަން ޑޯޒަށް އޯޑަރު ދީފަ އެވެ.
އޮކްސްފޯޑުގެ ވެކްސިން، ChAdOx1 nCoV-19 އުފައްދާފައި ވަނީ ވަރަށް ބާރު ސްޕީޑެއްގަ އެވެ. ވެކްސިން އުފައްދާފައި ވަނީ ޗިމްޕަޒީގެ ޖެނެޓިކަލީ އިންޖިނިއާޑް ވައިރަހެއް ބޭނުންކޮށްގެންނެވެ. ސައެންވެރިން އެކަންކޮށްފައި ވަނީ ސެލްތަކަށް ވަދެގަންނަ ވައިރަހުގެ "ސްޕައިކް ޕްރޮޓީން" ގެ ޖެނެޓިކް ކޯޑް ބަދަލުކޮށްގެންނެވެ.
ކޮރޯނާވައިރަހަށް ވެކްސިން އުފެއްދުމުގައި މިހާތަނަށް ސަމާލުކަން ދީފައި ވަނީ އެންޓިބޮޑީސް އަށެވެ. އެކަމަކު މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމުގެ އެއްބައެވެ. ޓީ-ސެލް އަކީ ވައިޓް ބްލަޑް ސެލްގެ ބާވަތެކެވެ. އަދި ހަށިގަނޑުގައި ވައިރަހުގެ އަސަރުކޮށްފައިވާ ސެލްތައް ދެނެގަނެ އެވެ.
ވެކްސިންދޭތާ 14 ދުވަސް ފަހުން ޓީ-ސެލްސްގެ ލެވެލް ޕީކަށް އަރަ އެވެ. އަދި އެންޓިބޮޑީ ލެވެކް ޕީކަށް އަރަނީ 28 ދުވަސް ފަހުންނެވެ.
އޮކްސްފޯޑް ރިސާޗް ގްރޫޕްގެ ޕްރޮފެސަރު އެންޑްރޫ ޕޮލާޑް ވިދާޅުވީ ވެކްސިންގެ ނަތީޖާތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
ވެކްސިންގެ ނަތީޖާ ދައްކާ ގޮތުން އެއް ޑޯޒް ދިން މީހުންގެ ހަށިގަނޑުގައި ނިއުޓްރަލައިޒިން އެންޓިބޮޑީސް 90 ޕަސެންޓަށް އުފެދިފައިވެ އެވެ. ދެ ޑޯޒް ދީފައި ވަނީ އެންމެ 10 މީހުންނަށެވެ. އެ އެންމެންގެ ހަށިގަނޑުގައި ވެސް އެންޓިބޮޑީސް އުފެދިފައިވެ އެވެ.
އޮކްސްފޯޑް ވެކްސިންގެ މޭސްތިރިޔާގެ ސިފަޔަށް ބާބީ ބުދެއް
ވެކްސިން ފުރަތަމަ ދިން މީހާ މަރުވި ޚަބަރަކީ ދޮގެއް
މެލޭރިއާ ވެކްސިންގެ ޓެސްޓްތަކުން އުންމީދީ ނަތީޖާތަކެއް
ޔޫކޭ ވޭރިއަންޓާ ދެކޮޅަށް އޮކްސްފޯޑް ވެކްސިން ކާމިޔާބު
އޮކްސްފޯޑުގެ ވެކްސިން ފުރަތަމަ، 82 އަހަރުގެ މީހަކަށް
ބޮޑު އުއްމީދެއް: ވެކްސިން ތަހުލީލުގެ ނަތީޖާ ރަނގަޅު
ވެކްސިންގެ ޓެސްޓްތަކުގެ ނަތީޖާ ލިބޭވަރުވާނީ އަންނަ މަހު
ކޮވިޑް-19ގެ ވެކްސިން ބުރާސްފަތި ދުވަހު ޓެސްޓްކުރަނީ
ޔަތީމުޚާނާއިން ގެނައި ކުއްޖާ އޮކްސްފޯޑް ޔުނިވަސިޓީގައި
ޔުކްރެއިން ހަނގުރާމަ މެދުކަނޑާލަން ހުށަހަޅައިފި