ކޮވިޑް-19 އާ ދެކޮޅަށް މިހާރު ބޭނުން ކުރަމުން އަންނަ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް/އެސްޓްރަޒެނެކާ ވެކްސިންގެ މޭސްތިރި ކަމަށްވާ ޕްރޮފެސަރު ޑޭމް ސާރާ ޖިލްބަޓްގެ ސިފައިފައި ބާބީ ބުދެއް ނެރެފި އެވެ.
05 އޯގަސްޓް 2021
ކޮވިޑް-19 އާ ދެކޮޅަށް މިހާރު ބޭނުން ކުރަމުން އަންނަ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް/އެސްޓްރަޒެނެކާ ވެކްސިންގެ މޭސްތިރި ކަމަށްވާ ޕްރޮފެސަރު ޑޭމް ސާރާ ޖިލްބަޓްގެ ސިފައިފައި ބާބީ ބުދެއް ނެރެފި އެވެ.
ކުޅޭ ސާމާނު އުފައްދާ އެމެރިކާގެ ކުންފުނި މެޓެލް އިން ސާރާގެ ސިފައިގައި އުފެއްދި ބާބީ އިންނަނީ އިސްތަށިގަނޑު ވިހުރުވާލައިލެން ކަޅު ސޫޓެއްގަ އެވެ.
މި ވަގުތު މުޅި ދުނިޔެ އަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ބަލިމަޑުކަމާ ދެކޮޅަށް ވެކްސިނެއް އުފެއްދުމުން އެކަމުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން ސާރާގެ ސިފައިގައި ބާބީ ބުދެއް ނެރުމުން ސާރާ ވިދާޅުވީ މިކަން ގަބޫލުކުރަން ދަތި ކަމަށެވެ.
"މިކަން އެނގުނީމަ ގަބޫލުކުރަން އުނދަގޫ ކަމަކަށްވީ،" އޭނާ ވިދާޅުވި އެވެ. "އެކަމަކު އުންމީދުކުރަނީ މިކަން ކުޑަކުދިންނަށް އިންސްޕިރޭޝަނަކަށްވާނެ ކަމަށް."
ސާރާ ވިދާޅުވި ގޮތުގައި ވެކްސިންގެ ދާއިރާ އަކީ ކުޑަކުދިންގެ މެދުގައި އެހާ ފަރިތަ ދާއިރާއެއް ނޫނެވެ.
"އުންމީދުކުރަން މި ކުރި މަސައްކަތާއި މެޓެލް އުފެއްދި ބާބީގެ ސަބަބުން ވެކްސިނަލޮޖިސްޓުންނަށް ކުޑަކުދިންދޭ ސަމާކުކަން ބޮޑުވެގެން ދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ސާރާގެ ސިފައިގައި ނެރުނު ބާބީ ބުދަކީ ސައިންސާއި ޓެކްނޮލޮޖީ އާއި އިންޖިނިއަރިން އަދި މެތުސް (ސްޓެމް) ގެ ދާއިރާ އިން އޭނާ ކުރި މަސައްކަތް ފާހަގަކޮށް އުދެއްދި ބުދެކެވެ.
"ކުރިއަށް އޮތް ޖީލުގެ އަންހެން ކުދިންނަށް ނަމޫނާއަކަށްވާނެ ކަހަލަ މަސައްކަތްތައް ކުރުމަކީ އަހަރެން އަބަދު ވެސް ޕެޝަނެއްގެ ގޮތުގައި ދެކޭ ކަމެއް،" މިދިޔަ އަހަރުގެ ކުރީކޮޅު އޮކްސްފޯޑް ވެކްސިން އުފެއްދުމުގެ މަސައްކަތްކުރެއްވި ސާރާ، 59، ވިދާޅުވި އެވެ. "ސްޓެމް ކެރިއާ އިން ކުރިއަށް އޮތް ތަނުގްއި ގިނަ އަންހެނުން ފެނުނަކީ ވަރަށް ދެކެން ބޭނުންވާ ކަމެއް. އެކަމަށް މިހާރުން ފެށިގެން ކުރެވޭ މަސައްކަތްތައް އިތުރުކުރެވިއްޖެ ނަމަ އެކަން ކާމިޔާބުކުރެވޭނެ. ބާބީ ބުދަކީ މުޅި ދުނިޔޭގައި ނުފޫޒު ގަދަ އެއްޗެއް. އެހެންވީމަ އަހަރެންގެ ސިފައިގައި އުފެއްދި ބުދުގެ ސަބަބުން ވެސް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށް ދެކެން."
އޮކްސްފޯޑުން އުފެއްދި އެސްޓްރަޒެނެކާ ވެކްސިނަކީ މި ވަގުތު ގައުމުތަކުގައި ކޮވިޑަށް ދޭ އެންމެ އާންމު އެއް ވެކްސިނެވެ. އެ ވެކްސިނަށް 170 ގައުމަކުން ހުއްދަ ދީފައިވެ އެވެ.
އޮކްސްފޯޑު ޔުނިވާސިޓީގެ ވެކްސިން ކާމިޔާބު
ބޮޑު އުއްމީދެއް: ވެކްސިން ތަހުލީލުގެ ނަތީޖާ ރަނގަޅު
ވެކްސިން ފުރަތަމަ ދިން މީހާ މަރުވި ޚަބަރަކީ ދޮގެއް
އެމެރިކާ އާއި ޔޫކޭގެ ޖާސޫސީ ވެރިންގެ އިންޒާރެއް!
ފޯޅަވަހީގައި ޔޫކޭއިން ކޯޓު އަޑުހުމެއް ބޭއްވިޔަކަނުދިން
އަސާންޖް މިނިވަންވެއްޖެ، އެމެރިކާއާ އެކު ހެދީ ޑީލެއް!
"ޣައްޒާ ނައު" އަށް ޔޫއެސް އާއި ޔޫކޭއިން ދަތިކޮށްފި
ހަމަލާ ދިނަސް ބިރެއް ނުގަނޭ، ބަދަލުހިފާނަން: ހޫތީން
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
ގާޒާގެ ގަތުލުއާންމުގައި ނޭޓޯގެ ބޮޑު ދައުރެއް