ލަންޑަން (މެއި 1) - ކޮރޯނާވައިރަހަށް އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އުފެއްދި، ވެކްސިންގެ އިންސާނުން ބޭނުންކޮށްގެން ކުރި ޓެސްޓްތަކުގެ ނަތީޖާ ފެންނަވަރު ވާނީ އަންނަ މަހު މެދުތެރޭގައި ކަމަށް އެ ޔުނިވާސިޓީން ބުނެފި އެވެ.
01 މެއި 2020
ލަންޑަން (މެއި 1) - ކޮރޯނާވައިރަހަށް އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އުފެއްދި، ވެކްސިންގެ އިންސާނުން ބޭނުންކޮށްގެން ކުރި ޓެސްޓްތަކުގެ ނަތީޖާ ފެންނަވަރު ވާނީ އަންނަ މަހު މެދުތެރޭގައި ކަމަށް އެ ޔުނިވާސިޓީން ބުނެފި އެވެ.
ރީޖަސް ޕްރޮފެސާ އޮފް މެޑިސިން ސަ ޖޯން ބެލް ވިދާޅުވީ އަޖުމަ ބަލަން ކުރި ޓެސްޓްތަކުގައި އެތައް ސަތޭކަ ބަޔަކަށް މިހާރު ވެކްސިން ދީފައިވާ ކަމަށާއި އުއްމީދު ކުރަނީ ޖޫން މަހު މެދެއްހާ ހިސާބުގައި ނަތީޖާ ފެންނާނެ ކަމަށެވެ.
"ފުޅާ ދާއިރާގައި ވެކްސިން އުފައްދާނެ ބަޔަކު ވެސް ބޭނުންވާނެ. ޚާއްސަކޮށް ވެކްސިން އެންމެ ބޮޑަށް ބޭނުންވާ ގައުމުތަކަށް ސަޕްލައި ކުރެވޭ ވަރަށް އުފައްދަން ބޭނުންވޭ. އެކަމަށްޓަކައި ޕާޓްނަރެއް ބޭނުންވީ،" ޖޯން ބެލް ވިދާޅުވި އެވެ.
ވެކްސިން އުފެއްދުމަށް އޮކްސްފޯޑުން މިހާރު ވަނީ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ އެސްޓްރަޒެނިކާއާ އެކު ޕާޓްނާޝިޕެއް ހަދައިފަ އެވެ. ވެކްސިން ކާމިޔާބު ވެއްޖެ ނަމަ އެ ކުންފުނިން ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި ވެކްސިން އުފައްދަން ތައްޔާރުވެފަ އެވެ.
އެސްޓްރަޒެނިކާގެ ޗީފް އެގްޒެކެޓިވް ޕަސްކަލް ސޮރިއޮޓް ވިދާޅުވީ ވެކްސިންގެ ކާމިޔާބުކަން ޖޫން ނުވަތަ ޖުލައި މަސް ހިސާބުގައި އެނގޭނެ ކަމަށެވެ.
ކޮރޯވައިރަހުގެ ވެކްސިންގެ ޓެސްޓްތައް އިންސާނުން ބޭނުންކޮށްގެން އޮކްސްފޯޑުން ހަދަން ފަށާފައި ވަނީ އެޕްރީލް 23 ވަނަ ދުވަހުން ފެށިގެންނެވެ. އޮކްސްފޯޑުން ކުރާ ކޮރޯނާވައިރަހުގެ ވެކްސިންގެ ތަހުލީލުތަކަށް އިނގިރޭސި ސަރުކާރުން ވަނީ 20 މިލިއަން ޕައުންޑް ދީފަ އެވެ.
އޮކްސްފޯޑް ވެކްސިންގެ މޭސްތިރިޔާގެ ސިފަޔަށް ބާބީ ބުދެއް
މެލޭރިއާ ވެކްސިންގެ ޓެސްޓްތަކުން އުންމީދީ ނަތީޖާތަކެއް
އޮކްސްފޯޑު ޔުނިވާސިޓީގެ ވެކްސިން ކާމިޔާބު
ބޮޑު އުއްމީދެއް: ވެކްސިން ތަހުލީލުގެ ނަތީޖާ ރަނގަޅު
ވެކްސިން ފުރަތަމަ ދިން މީހާ މަރުވި ޚަބަރަކީ ދޮގެއް
ކެންސަރަށް ވެކްސިން ހޯދިއްޖެ ކަމަށް ރަޝިޔާއިން ބުނެފި
ވެކްސިނާ ދެކޮޅު ފޮތް ދޭން އެންގި އަމުރު ފަސްކޮށްފި
އިމްރާން އޮކްސްފަޑްގެ ޗާންސެލަރުކަމަށް ކުރިމަތިލައްވަނީ
"ހަވާލުވި ހުރިހާ ހައްޖުވެރިން ވެކްސިން ފުރިހަމަކުރި"
ކޮވިޑާއި ފްލޫއަށް އެއް ވެކްސިނެއް ދޭން ޓެސްޓު ކާމިޔާބު