Roadha Mihaaru
އެޗްއާރުސީއެމްގެ ނައިބު ރައީސް ޒާހިދު ވަކިކޮށްފި

އެޗްއާރުސީއެމްގެ ނައިބު ރައީސް ޒާހިދު ވަކިކުރަން މަޖިލީހުން ފާސްކޮޮށްފި

22 ޖުލައި 2020

ހިއުމަން ރައިޓްސް ކޮޮމިޝަން (އެޗްއާރުސީއެމް) ގެ ނައިބު ރައީސް މުހައްމަދު ޒާހިދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިިލީހުން މިއަދު ފާސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހިއުމަން ރައިޓްސް ކޮޮމިޝަން (އެޗްއާރުސީއެމް) ގެ ނައިބު ރައީސް މުހައްމަދު ޒާހިދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިިލީހުން މިއަދު ފާސްކޮށްފި އެވެ.

އެ ކޮމިޝަންގެ މެމްބަރުން މަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރާ ކަމަށް ބުނެ ވަކިކުރުމުގެ މަސައްކަތް ފެށީ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީންނެވެ. އެ ކޮޮމިޓީން މައްސަލަ ބަލަމުން އަންނަނިކޮށް، އެ ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް އާއި މެމްބަރު އައިޝަތު އަފްރީންގެ އިތުރުން މެމްބަރު މޫސާ އަލީ ކަލޭފާނު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެހެންވެ، ކޮމިޓީން ނިންމީ ނައިބު ރައީސް ޒާހިދު މަގާމުން ވަކި ކުރުމަށެވެ.

މަޖިލީހުގައި މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ޒާހިިދު ވަކިކުރަން ފާސްވީ 61 މެމްބަރުންގެ ވޯޓުންނެވެ.

ޒާހިދު މަގާމުން ވަކި ކުރުމުން އެޗްއާރުސީއެމްގައި މިހާރު ބާކީ ހުންނެވީ މެމްބަރު ނައިވީން އަބްދުﷲ އެކަންޏެވެ. އޭނާގެ މަގާމުގެ ދައުރު ވެސް ވަރަށް އަވަހަށް ހަމަވާތީ އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލާން ކުރިން އޮތީ ހުޅުވާލައިފަ އެވެ.

ޖޫން، 2017 ގައި އެޗްއާރުސީއެމްއަށް އައްޔަން ކުރި ޒާހިދު ވަނީ އޭގެ ކުރިން ވެސް އެޗްއާރުސީއެމްގެ މެމްބަރު ކަން އޭނާ ކުރެއްވި އެވެ.

އެޗްއާރުސީއެމްގެ ނައިބު ރައީސް ޒާހިދު މަގާމުން ވަކި ކުރިއިރު، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ހަތަރު މެމްބަރުން ވެސް މަގާމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފެށުމުން އޭގެ ތެރެއިން ތިން މެމްބަރަކު އިސްތިއުފާ ދެއްވި އެވެ. ދެން ހުންނެވި މެމްބަރު ވަކި ކުރުމުން ސީއެސްސީގައި ވެސް މިހާރު ބާކީ ހުންނެވި އެ ކޮމިޝަންގެ މެމްބަރު އައިމިނަތު އާމިރާ އެކަންޏެވެ.

މީގެ އިތުރުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ތިން މެމްބަރަކު ވެސް މަގާމުން ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވަން މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އެ ކޮމިޝަންގެ މެމްބަރުން ވަކި ކުރުމުގެ ބާރު އޮންނަނީ ހަމައެކަނި ރައީސަށެވެ.