Roadha Mihaaru
ސުޝާންތުގެ "ދިލް ބޭޗާރާ" ސްޓާ ޕްލަސް އަށް

ސުޝާންތުގެ "ދިލް ބޭޗާރާ" މި މަހުގެ 9 ގައި ސްޓާ ޕްލަސް އަށް

01 އޯގަސްޓް 2020

ޖޫން މަހު މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ރާޖްޕޫތުގެ އެންމެ ފަހުގެ ފިލްމު "ދިލް ބޭޗާރާ" މި މަހުގެ 9 ގައި ސްޓާ ޕްލަސް އިން ގެނެސްދޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖޫން މަހު މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ރާޖްޕޫތުގެ އެންމެ ފަހުގެ ފިލްމު "ދިލް ބޭޗާރާ" މި މަހުގެ 9 ގައި ސްޓާ ޕްލަސް އިން ގެނެސްދޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެ ފިލްމު އެ ޗެނެލުން ގެނެސްދޭކަން އިއުލާންކޮށް މިހާރު އަންނަނީ ޕްރޮމޯއެއް ވެސް ދައްކަމުންނެވެ. "ދިލް ބޭޗާރާ" އަކީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރި ފިލްމެކެވެ.

މި ފިލްމަކީ ސުޝާންތު، 34، ޖޫން މަހުގެ 14 ވަނަ ދުވަހު މަރުވި އިރު، ރިލީޒްނުވެ އޮތް ހަމައެކަނި ފިލްމު ވެސް އެވެ. "ދިލް ބޭޗާރާ" އަކީ 2014 ގައި ރިލީޒްކުރި ހޮލީވުޑްގެ ކާމިޔާބު ފިލްމު "ފޯލްޓް އިން އަވާ ސްޓާޒް" ގެ ރިމެކެވެ. މީގައި ކިޔައި ދެނީ ކެންސަރުގެ ޝިކާރަކަށްވެފައިވާ ޒުވާން ދެ ލޯބިވެރިއެއްގެ އަސަރު ގަދަ ވާހަކަ އެވެ.

"ދިލް ބޭޗާރާ" ޑައިރެކްޓްކޮށްފައި ވަނީ އަލަށް ޑައިރެކްޝަނަށް ނުކުތް ބޮލީވުޑްގެ މަޝްހޫރު ކާސްޓިން ޑައިރެކްޓަރު މުކޭޝް ޗަބްރާ އެވެެ. މި ފިލްމުގެ ބަތަލާ އަކީ ސަންޖަނާ ސާންގީ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ސައިފް އަލީ ޚާނާއި ސާހިލް ވައިދު އަދި ސުވާސްޓިކާ މުކަރްޖީ ހިމެނެ އެވެ.

ކްރިޓިކުން ބުނެފައިވާ ގޮތުގައި "ދިލް ބޭޗާރާ" އަކީ ސުޝާންތުގެ ވަރަށް މޮޅު އެކްޓިންއެއް ފެނިގެން ދިޔަ ފިލްމެކެވެ. އަދި މުޅި ފިލްމުގެ ރޫހަކީ ވެސް އޭނާ ކަމަށާއި މި ފިލްމަކީ ސުޝާންތުގެ ފިލްމުތަކަށް ލޯބިކުރާ މީހުން ނުބަލައި ދޫކޮށްލާ ވަރުގެ ފިލްމެއް ނޫން ކަމަށް ވެސް ބުންޏެވެ.