ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި ނުރައްކާ ބޮޑު މީހުންނަށް ބަލި ޖެހުން އިތުރުވަމުންދާތީ ހިފެހެއްޓުންތައް އިއްޔެ ވަނީ އަނެއްކާވެސް ހަރުކަށިކޮށްފަ އެވެ. އަދި މާސްކު އެޅުން މިދިޔަ ހަފްތާގައި މަޖުބޫރުކުރި އެވެ. އެކަމަކު މި ފިޔަވަޅުތަކުގެ އަސަރު ފެންނަން އަދި ދުވަސްކޮޅެއް ނަގާނެ އެވެ. މި ވަގުތު އޮތީ ޖުލައި މަހު ކޭސްތައް މައްޗަށް އަރައިގެން ދިޔުމާއި މި މަހު އަދި އެއަށް ވުރެ ނުބައިވެދާނެ ކަމުގެ ކަންބޮޑުވުމެވެ.
05 އޯގަސްޓް 2020
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި ނުރައްކާ ބޮޑު މީހުންނަށް ބަލި ޖެހުން އިތުރުވަމުންދާތީ ހިފެހެއްޓުންތައް އިއްޔެ ވަނީ އަނެއްކާވެސް ހަރުކަށިކޮށްފަ އެވެ. އަދި މާސްކު އެޅުން މިދިޔަ ހަފްތާގައި މަޖުބޫރުކުރި އެވެ. އެކަމަކު މި ފިޔަވަޅުތަކުގެ އަސަރު ފެންނަން އަދި ދުވަސްކޮޅެއް ނަގާނެ އެވެ. މި ވަގުތު އޮތީ ޖުލައި މަހު ކޭސްތައް މައްޗަށް އަރައިގެން ދިޔުމާއި މި މަހު އަދި އެއަށް ވުރެ ނުބައިވެދާނެ ކަމުގެ ކަންބޮޑުވުމެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުރާސްފަތިދުވަހުގެ ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ދިން މައުލޫމާތުތަކުން އެނގޭ ގޮތުގައި ކޮވިޑްގެ ހާލަތު ބުނެދޭ ގިނަ ކަންތައްތަކެއް ރާއްޖޭގައި ހުރީ ގޯސްކޮށެވެ. ދައްކާލި ބައެއް ޗާޓުތަކުން އެއީ ކިހާވަރަކަށް ކަން އެނގެ އެވެ.
ކޮވިޑަށް ޓެސްޓުކުރަން ނަގާ ސާމްޕަލްތަކުގެ ތެރެއިން ހަފްތާއަކު ޕޮޒިޓިވްވާ ނިސްބަތް ޖޫން މަހު އަދި ޖުލައި ކުރީކޮޅު 2-3 ޕަސެންޓުގައި ހުރެފައި މަތިވަމުން ގޮސް މިދިޔަ މަހުގެ ފަހު ހަފްތާގައި ވަނީ ހަތް ޕަސެންޓަށް އަރައިފަ އެވެ. ބަލި ކޮންޓްރޯލްވެފައިވާ ނަމަ އެ ނިސްބަތް ހުންނާނީ، ޑަބްލިޔުއެޗްއޯގެ މިންގަނޑު ބުނާ ގޮތުން، (ޝައްކުކުރެވޭ ކޭސްތައް ހޯދައި ޓެސްޓުކުރުން ރަނގަޅު ހާލަތުގައި) ފަސް ޕަސެންޓަށް ވުރެ ދަށުގަ އެވެ.
އެކި ދުވަހު އަދި އެކި ހަފްތާތަކުގައި ކޭސްތައް ފެންނާނީ އެކި ވަރަށް ކަމަށް ވާތީ، އަދަދުތަކުން އެކަނި އަޅާބެލުމުގެ ބަދަލުގައި ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވްވާ ވަރު ބެލުމުން ހަގީގީ މަންޒަރެއް ފެންނާނެ އެވެ.
"ޕޮޒިޓިވިޓީ އިތުރުވާ ވަރަކަށް އޭގެ މާނައަކީ ހަމަ އިންފެކްޝަން މުޅި މުޖުތަމައު ތެރޭގައި އިތުރުވަމުންދާ ނިސްބަތް،" ކޮވިޑްގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވި އެވެ.
ފްލޫ ކްލިނިކްތަކަށް ދާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ މީހުން ވަނީ ނިސްބަތުން ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެ ނިސްބަތް ޖުލައި މަހުގެ ފަހު ހަފްތާގައި 19 ޕަސެންޓަށް އެރީ ކުއްލިއަކަށެވެ. އެއީ ވޭތުވެދިޔަ ދެ މަސް ތެރޭ ފެނުނު އެންމެ ބޮޑު އިތުރުވުމެވެ.
"މީގެން ހަމަ އަޅުގަނޑުމެން ވެސް ވަރަށް ހައިރާންވި،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
From 22 to 28 July, a total of 958 samples have been taken from flu clinics. From which 178 samples (19%) tested positive for COVID-19.
— Health Protection Agency (@HPA_MV) July 30, 2020
?This is a significant increase in the positivity rate.
?You must visit a flu clinic, if you have any COVID-19 symptoms pic.twitter.com/5C6iTARLUF
ކުރިން ޕޮޒިޓިވްވި މީހަކާ ގުޅުމެއް ނެތި ޕޮޒިޓިވްވާ އަދަދު އިތުރުވަމުންދާ ކަމުގެ އިންޒާރު އެޗްޕީއޭ އިން ދެމުން ގެންދާތާ ހަފްތާތަކެއް ވެއްޖެ އެވެ. ޖުލައި ފަހުކޮޅު އެފަދަ ކޭސްތައް ރެކޯޑް މިންވަރަކަށް އިތުރުވެ 42 ޕަސެންޓަށް ވަނީ އަރައިފަ އެވެ.
"އެއީ ވަރަށް ބޮޑަށް ހާސްވާންވީ ކަމެއް. ލިންކު ނުވެ މިހެން މީހުން އިތުރުވުމަކީ، މުޖުތަމައު ތެރޭގައި އުޅޭނެއޭ އަދި ނޭނގި ޕޮޒިޓިވްވާ މީހުން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ގުޅުމެއް ނެތް ކޭސްތައް ރާއްޖޭގައި ނިސްބަތުން ވަރަށް ގިނަ ކަމަށް އިއްޔެގެ ނިއުސް ކޮންފަރެންސްގައި ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.
"މި ގޮތަށް އަންލިންކްޑް ކޭސެސް މަތިވާ ކަމުގައި ވަންޏާ ސްޕްރެޑް ވަރަށް ބޮޑަށް މަތިވެގެންދާނެ،" ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް، ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތު، އާއިޝަތު ސާމިޔާ ވިދާޅުވި އެވެ.
— Health Protection Agency (@HPA_MV) July 30, 2020
އަލަށް ފެންނަ ކްލަސްޓާތަކުގެ އަދަދު ވެސް ޖުލައި މަހު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ. އެގޮތުން ޖޫންއާ އަޅާބަލާ އިރު އާ ކްލަސްޓާތައް ނިސްބަތުން ގާތްގަނޑަކަށް ދެ ގުނަ (47.3 ޕަސެންޓް) އިތުރެވެ. އާ ކްލަސްޓާތައް ގިނަވުމަކީ ވެސް ބޮޑަށް ބަލި ފެތުރެމުންދާ ކަމުގެ އަލާމާތެކެވެ.
ކޮވިޑަށް ފަރުވާދޭން ހުރި ހޮސްޕިޓަލް އެނދުތަކުގެ 30 ޕަސެންޓް ހުރީ ފުރިފަ އެވެ. އޭގެ އެއް ސަބަބަކީ ނުރައްކާ ބޮޑު މީހުންނަށް ބަލި ޖެހޭ އަދަދު މަތިވެ، އެޑްމިޓްކުރާ މީހުން އިތުރުވުމެވެ. އެނދުތައް ބޭނުންކުރާ މިންވަރު އެންމެ ބޮޑަށް އިތުރުވެފައި ވަނީ މިދިޔަ މަހުގެ ފަހު ދެ ހަފްތާގަ އެވެ.
"[ކޭސްތައް] ވަރަށް އަވަހަށް މަތިވެގެން ވަރަށް ބައިވަރު މީހުން ބަލިވެއްޖެއްޔާ ހޮސްޕިޓަލް ބެޑްތައް ވެސް ފުރޭނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އަނެއް ބިރަކީ ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭ މީހުން މާ ގިނަވެއްޖެ ނަމަ، ޑޮކްޓަރުންނާއި ނަރުހުން ނުލިބިގެން، ކޮވިޑަށާއި އެހެން ބަލިތަކަށް ވެސް، ބޭނުންވާ މިންވަރަށް ފަރުވާ ނުދެވިދާނެ ކަމެވެ. ކޮވިޑް ޖެހިގެން އެތައް ބަޔަކު މަރުވި ގައުމުތަކުގައި ދިމާވި އެއް މައްސަލައަކީ ވެސް، ފަރުވާދޭނެ މީހުން މަދުވުމެވެ.
"އަޅުގަނޑުމެންގެ ޑޮކްޓަރުންނާއި ނަރުހުން އަސްލު ވަރަށް މަދު،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
"އެހެންވެ ކޭސްތައް އިތުރުވަމުންދާ ވަރަކަށް، އަޅާލާނެ ޑޮކްޓަރުންނާއި ނަރުހުންނާ ވެސް މަދުވާނެ. އަދި މީގެ އިތުރުން ކޮވިޑް ނޫން އެހެން ބަލިތަކަށް ދެވޭ ފަރުވާ ނޫނީ އެ ކަންތަކަށް ވެސް ވަރަށް ބޮޑަށް ބުރޫ އަރާނެ."
ދިވެހިންގެ ތެރޭގައި ކޮވިޑް ފެތުރުން އިތުރުވުމާ ގުޅިގެން، ބަލި ޖެހޭ އުމުރުން ދުވަސްވީ މީހުން ގިނަވެއްޖެ އެވެ. ފަސްދޮޅަހުން މަތީގެ މީހުންނަކީ ކޮވިޑްގައި ހާލު ދެރަވުމުގެ ނުރައްކާ ބޮޑު ބައެކެވެ.
There is an increasing trend in infections in the elderly age group
— Health Protection Agency (@HPA_MV) July 30, 2020
?It is important to seek immediate health care if persons above the age of 60 years of age shows symptoms of COVID-19 pic.twitter.com/KX5VdykfTW
ކޮވިޑް ޖެހިގެން ރާއްޖޭގައި މިހާތަނަށް ގިނައިން މަރުވެފައި ވަނީ ވެސް އުމުރުން ދުވަސްވީ މީހުންނެވެ. އަދި ދިވެހިންގެ ތެރޭގައި، ގައިން ގަޔަށް ނާރާ ބަލިތައް އާއްމުކަމުން ވެސް ނުރައްކާ ބޮޑު މީހުން ގިނަ އެވެ. މި ދަނޑިވަޅުގައި ބަލި ފެތުރުން އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް ތަނުގައި މަރުވާ އަދަދު ބޮޑަށް މައްޗަށް ދިޔުން ވެސް އެކަށީގެންވެ އެވެ.
"ފުރާނަ އަށް ނުރައްކާވާން ފަށާނީ ގާތްގަނޑަކަށް ދެ ހަފްތާ، ތިން ހަފްތާ އިން. އެހެންވީމާ މީގެން މި އަންނަ އަސަރު އަޅުގަނޑުމެންނަށް އަދި ބޮޑަށް ފެންނާނީ ދެތިން ހަފްތާއެއް ފަހުން،" ކޮވިޑަށް ޕޮޒިޓިވްވާ ނިސްބަތް ޖުލައި މަހު އިތުރުވުމާ ބެހޭ ގޮތުން ޑރ. ނަޒްލާ ބުރާސްފަތިދުވަހުގެ ރޭ ވިދާޅުވި އެވެ.
ހާލަތު ގޯސްވުމާ ގުޅިގެން މާސްކު މަޖުބޫރުކުރުމާއި އިއްޔެ އެޅި ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ފަށާނީ ވެސް ދެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.
އެއް ހަފުތާތެރޭގައި 3،000 މީހުންނަށް ކޮވިޑް ޖެހުނު
ވެކްސިންގެ 700،000 ޑޯޒު ލިބޭނެ އިރެއް ނޭނގޭ
ކޮވިޑް: ހަތަރު ހަފުތާގެ ފިޔަވަޅުތަކުން ބަދަލެއް ނައި
އެންމެންގެ ފަހަތުގައި ފުލުހުންނަކަށް ނުހުރެވޭނެ: ނަޒްލާ
މަރުވިފަހުން އައިސޮލޭޝަނަށް ގުޅުމުން މައާފަށް އެދިއްޖެ
ކޮވިޑާ ގުޅޭ ކަންކަމުގައި އާންމުންގެ ހިޔާލު ހޯދަނީ
ވެންޓިލޭޓަރުތައް ލަސްވަނީ ފުލް ޕޭމަންޓަށް އެދޭތީ
ބަލި ފެތުރުން ބާރުވެއްޖެ، އޮގަސްޓުގައި ދުވާލަކު 170
މާސްކު ނާޅާ މީހުން 1،000ރ. އިން ޖޫރިމަނާކުރަނީ
މާލޭގެ ހާލަތު އަދި ރަނގަޅު، އެކަމަކު ކަންބޮޑުވޭ:ޓެގު