06 އޯގަސްޓް 2020
އިންޑިއާގައި މި ޒަމާނުގެ ސްޓޭޖް ތަމްސީލުތައް ދިރުވައި، އެ ދާއިރާ އިން މިހާތަނަށް އެތައް ބަޔަކު ބިނާކޮށްފައިވާ އެބްރާހީމް އަލްކާޒީ އަންގާރަ ދުވަހު މަރުވެއްޖެ އެވެ.
އިންޑިއާގައި މި ޒަމާނުގެ ސްޓޭޖް ތަމްސީލުތައް ދިރުވައި، އެ ދާއިރާ އިން މިހާތަނަށް އެތައް ބަޔަކު ބިނާކޮށްފައިވާ އެބްރާހީމް އަލްކާޒީ އަންގާރަ ދުވަހު މަރުވެއްޖެ އެވެ.
"އާކިޓެކެޓް އޮފް ދަ މޮޑަން އިންޑިއަން ތިއޭޓާ" ގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ އަލްކާޒީ ނިއު ދިއްލީގައި އަންގާރަ ދުވަހު މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް މީޑިއާތަކުން ބުންޏެވެ. މަރުވި އިރު އުމުރަކީ 94 އަހަރެވެ. މީޑިއާތަކުން ބުނީ އަލްކާޒީ މަރުވީ ކުއްލިއަކަށް ވަރަށް ބޮޑަށް ބަލިވެގެން ހޯމަ ދުވަހު ދިއްލީގެ އެސްކޯޓްސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.
އަލްކާޒީގެ މަރުގެ ޚަބަރާ އެކު ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން ހިތާމަފާޅުކޮށް، އޭނާގެ ހަނދާންތައް ޓްވިޓާގައި އާކޮށްފައިވެ އެވެ.
The true architect of the Modern Indian Theatre. The Doyen who possessed the extreme knowledge in all the aspects of ART. The magician who nurtured many greats of theatre.
— Nawazuddin Siddiqui (@Nawazuddin_S) August 4, 2020
May your brightest spark from the heaven keeps us enlightening #EbrahimAlkazi
#RIP pic.twitter.com/PjYxRybpSr
ރޯޔަލް އެކެޑެމީ އޮފް ޑްރަމެޓިކް އާޓް (އާރްއޭޑީއޭ) ގެ ދަރިވަރެއް ކަމަށްވާ އަލްކާޒީ ވަނީ އެކްޓިން ދަސްކޮށް ދިނުމުގައި ވަރަށް ގިނަ ދުވަހު އުސްތާޒެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
އަލްކާޒީގެ މަރާ އެކު އޭނާގެ ހިދުމަތުގެ އަގުވަޒަންކޮށް ނެޝަނަލް ސްކޫލް އޮފް ޑްރާމާ (އެންއެސްޑީ) އިން ވެޓްވީޓްކޮށްފައިވެ އެވެ. އަލްކާޒީ ވަނީ 1962-1977 އަށް އެންއެސްޑީގެ ޑިރެކްޓަރުގެ މަގާމު ވެސް އަދާކޮށްފަ އެވެ. އަދި އޭނާ އަކީ ދިއްލީގެ އާޓް ހެރިޓޭޖް ގެލެރީގެ ބާނީ ވެސް މެ އެވެ.
NSD Family deeply mourn passing away of Theatre Legend, Padma Vibhushan Shri #EbrahimAlkazi, Ex Director of NSD from 1962-77. This is a great loss to the country and specially to the Theatre World.@nirupamakotru @MinOfCultureGoI pic.twitter.com/s5vpoSXmqe
— National School of Drama (@nsd_india) August 4, 2020
އަލްކާޒީ ފަރާތުން ދަރިވަރުވި މަޝްހޫރު ބައެއް އެކްޓަރުންގެ ތެރޭގައި ނަސީރުއްދީން ޝާހާއި 2017 ގައި މަރުވި އޯމް ޕޫރީ ފަދަ އެތައް ފަންނާނުން ހިމެނެ އެވެ.
އަލްކާޒީގެ ކެރިއަރުގައި އާންމުންގެ މަގުބޫލުކަން ހޯދި އެތައް ތިއޭޓަ ޕްލޭއެއް ގެނެސްދީފައިވެ އެވެ. އަދި އެ ދާއިރާ އިން އޭނާ އިންޑިއާ އަށް ކޮށް ދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް ސަރުކާރުގެ އެންމެ މަތީ ހަތަރު ޝަރަފުގެ ތެރެއިން ތިން ޝަރަފު އަރުވާފައިވެ އެވެ.
އެގޮތުން ޕަދުމާ ޝްރީ އެވޯޑް 1966 ގައި، ޕަދުމާ ބުޝަން 1991 ގައި އަދި ޕަދުމާ ވިބުޝަން 2010 ގައި އަލްކާޒީ އަށް ދީފައިވެ އެވެ.
ސިދާތުގެ މަރުން ސަނާ ހިމޭން ވެއްޖެ
ނަވާޒުއްދީން މިހާރު ދިރިއުޅެނީ ގަނޑުވަރެއްގައި
ބަތަލާ މޯނީ ކައިވެނިކޮށްފި
ކްރިކެޓް ތަރި ޖޫލާންގެ ރޯލު ކުޅޭނީ ހަމަ އަނުޝްކާ
ރޯލެއް ކުޑަވުމަކީ މައްސަލައެއް ނޫން: ޕްރިޔަންކާ
"މެޓްރިކްސް 4" ގައި ޕްރިޔަންކާގެ 10 މިނެޓް
ތުޝާރުގެ ފޮތަކީ "ބެޗްލާ ޑޭޑް"
ކިމް އާއި ޓެނިސް ތަރި ލިއަންޑާ ކައިވެންޏާ ދިމާއަށް
ޑިޝާ އަށް ވެސް ހޮލީވުޑްގެ ޕްރޮޖެކްޓެއް
ސަމަންތާ އަށް އިނގިރޭސި ޑައިރެކްޓަރެއްގެ ފިލްމެއް