Roadha Mihaaru
ރެޑްވޭވުން "މޮލްފިކްސް" ޑައިޕާސް އަގުހެޔޮކޮށްފި

ޑިއުޓީ ކަނޑާލުމުން ރެޑްވޭވުން "މޮލްފިކްސް" ޑައިޕާސް އަގުހެޔޮކޮށްފި

06 އޯގަސްޓް 2020

ކުޑަކުދިންގެ ނެޕީން ނަގާ ޑިއުޓީ ކަނޑާލުމާއެކު، ރެޑްވޭވުން ރާއްޖެއަށް އެތެރެކުރާ "މޮލްފިކްސް" ޑައިޕާސް ވަރަށް އަގުހެޔޮކޮށް މިހާރު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކުޑަކުދިންގެ ނެޕީން ނަގާ ޑިއުޓީ ކަނޑާލުމާއެކު، ރެޑްވޭވުން ރާއްޖެއަށް އެތެރެކުރާ "މޮލްފިކްސް" ޑައިޕާސް ވަރަށް އަގުހެޔޮކޮށް މިހާރު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރެޑް ވޭވުން ބުނި ގޮތުގައި އެ ކުންފުނިން ވަނީ މޮލްފިކްސްގެ ތިން ވައްތަރެއްގެ ނެޕީގެ ރީޓެއިލް އަގުން 15 ޕަސެންޓާއި 30 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ދީފަ އެވެ. އަދި ހޯލްސޭލްކޮށް ގަންނަ ކަސްޓަމަރުންނަށް ވެސް 10 ޕަސެންޓާއި 20 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ފެންވަރު ރަނގަޅު މި ނެޕީ ރާއްޖެ އަށް އެތެރެކުރަނީ ސީދާ ޔޫރަޕުންނެވެ.

މޮލްފިކް ޑައިޕާސް--

މޮލްފިކް ޑައިޕާސް--

މި ނެޕީ އަކީ ތުއްތު ކުދިންގެ ހަންގަނޑާ އެންމެ އެކަށީގެންވާގޮތަށް ފަރުމާކޮށްފައިވާ ނެޕީއެކެވެ. މި ނެޕީތަކުގައި ހުންނަ އެލޯވެރާ އާއި ކެމޮމައިލް ފަށަލައިގެ ސަބަބުުން ތުއްތު ކުދިންގެ ހަންގަނޑު ރަނގަޅު ސިއްހަތެއްގައި ބަހައްޓައިދެ އެވެ. މީގެ އިތުރުން ނެޕީ ފޯވިކަން އަންގައި ދިނުމަށް "ވެޓްނަސް އިންޑިކޭޓާ" ލައިނެއް ވެސް މި ނެޕީތަކުގައި ވަނީ ހަރުކޮށްފަ އެވެ.

ރެޑްވޭވުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނީ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތަކާ އެއްގޮތަށް އެންމެ އަގުހެޔޮ އަގެއްގައި ކަސްޓަމަރުންނަށް މުދާ ފޯރުކޮށްދިނުމަށެވެ.

މޮލްފިކްސް ޑައިޕާސް ހޯލްސޭލް ކޮށް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް 9890099 އަދި 9194499 ގުޅައިގެން އޯޑަރު ކުރެވޭނެ އެވެ.