Roadha Mihaaru
ރެޑްވޭވުން ކުޑަކުދިންގެ ބަންކްބެޑަށް އޯޑަރު ހުޅުވާލައިފި

ރެޑްވޭވުން ކުޑަކުދިންގެ ބަންކްބެޑް ޕްރީ-އޯޑަރަށް ހުޅުވާލައިފި

17 އޯގަސްޓް 2021

ކުޑަކުދިންގެ ބަންކްބެޑަށް ޕްރިއޯޑަރު ކުރުމުގެ ފުރުސަތު ރެޑްވޭވުން ހުޅުވާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކުޑަކުދިންގެ ބަންކްބެޑަށް ޕްރިއޯޑަރު ކުރުމުގެ ފުރުސަތު ރެޑްވޭވުން ހުޅުވާލައިފި އެވެ.

ކުޑަކުދިންގެ ބަންކްބެޑަށް އޮތް ޑިމާންޑު ބޮޑުވުމުން ހުޅުވައިލި މި ފުރުސަތުގައި، ތިން އެނދު ހިމެނޭ މި އެނދަކަށް ޕްރިއޯޑަރު ކުރެވޭނީ 6،990ރ. އަށެވެ.

މި ބަންކްބެޑުގައި ދެ ސިންގަލް އެނދާއި ޑަބަލް އެނދުގެ އިތުރުން ފޮތް ބަހައްޓާނެ ޝެލްފެއް ވެސް ހުރެ އެވެ. މި އެނދުގެ ނޫ ކުލަ އަދި ފިޔާތޮށި ކުލަ އަށް މިހާރު އޯޑަރު ކުރެވޭއިރު، މި އެނދަށް ބޭނުންވާ ގޮދަޑި ވެސް ރެޑްވޭވުން ލިބެން ހުރެ އެވެ.

ރެޑްވޭވުން ބުނިގޮތުގައި މިއީ ފެންވަރު ރަނގަޅު އެނދެކެވެ. އަދި ޕްރިއޯޑަރު ކުރާ އެނދުތައް އަންނަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައި ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޕްރީއޯޑަރު ކުރަން ބޭނުންވާ މީހުންނަށް ރެޑްވޭވްގެ ވެބްސައިޓު މެދުވެރިކޮށް އޯޑަރު ކުރެވޭނެ އެވެ. އަދި ރެޑްވޭވްގެ ފަރުނީޗަރު ވިއްކާ ފިހާރަތައް ކަމަށްވާ ރެޑްވޭވް ލިވިން އާއި ރެޑްވޭވް މެގަމޯލް އިން ވެސް މި އެނދު ލިބެން ހުންނާނެ އެވެ.