Roadha Mihaaru
އާމިރުގެ ދަރިފުޅު ތައާރަފުކުރާނީ ވައިއާރްއެފުން

އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ބޮލީވުޑަށް ނެރޭނީ ވައިއާރްއެފުން

09 އޯގަސްޓް 2020

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާންގެ ފިރިހެން ދަރިފުޅު ޖުނައިދު ޚާން ބޮލީވުޑަށް ތައާރަފުކުރާނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާންގެ ފިރިހެން ދަރިފުޅު ޖުނައިދު ޚާން ބޮލީވުޑަށް ތައާރަފުކުރާނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި މީގެ ކުރިން ރަންވީރު ސިންގް އާއި އަނުޝްކާ ޝަރުމާ އާއި ޕަރިނީތީ ޗޯޕްޅާ އާއި އަރުޖުން ކަޕޫރް ފަދަ ތަރިން ބޮލީވުޑަށް ނެރުނު ސްޓޫޑިއޯ އިން އާމިރުގެ ދަރިފުޅާ އެކު ގެނެސްދޭ ފިލްމު ވަރަށް އަވަހަށް އިއުލާންކުރާނެ އެވެ. އަދި މި ފިލްމަކީ ވައިއާރްއެފަށް މި އަހަރު 50 ފުރިފައިވާތީ އެކަމަށް ހާއްސަކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން އެއް ފިލްމެވެ.

ހަންގާމާ އިން ބުނި ގޮތުގައި ވައިއާރްއެފްގެ ފިލްމަކުން ޖުނައިދު އެކްޓިން އަށް ނެރެން ނިންމީ އޮޑިޝަނަކަށް ވެސް ފަހު އެވެ. އަދި އެ ސްޓޫޑިއޯ މިިހާރު ހިންގުމާ ހަވާލުވެ ހުރި އަދިތިޔާ ޗޯޕްޅާ އަކީ އަބަދު ވެސް ޒުވާން އާ ހުނަރުވެރިންނަށް ފުރުސަތު ދޭން އިސްކަންދޭ މީހަކަށްވާތީ، ޖުނައިދު ވެސް ތައާރަފުކުރަން ނިންމީ އެ އުސޫލުގެ ދަށުން ކަމަށް ބުންޏެވެ.

ޖުނައިދު އަދި އަދިތިޔާ.

ޖުނައިދު އަދި އަދިތިޔާ.

ވައިއާރްއެފްގެ ފިލްމަކުން ޖުނައިދު ބޮލީވުޑަށް ނެރެން ނިންމާފައިވާ ކަމަށް ބުނާ އިރު، އާމިރު ވެސް ވަނީ އެ ސްޓޫޑިއޯގެ ފިލްމުތަކެއް ކުޅެފަ އެވެ. އޭގެ ތެރޭގައި 2018 ގެ "ތަގްސް އޮފް ހިންދުސްތާން" އާއި 2006 ގެ "ފަނާ" ގެ އިތުރުން 1993 ގެ "ޕަރަމްޕަރާ" ހިމެނެ އެވެ.

ބައްޕަގެ ފިޔަވަޅު މަތިން ޖުނައިދު އެކްޓިން އަށް ނުކުންނަން ތައްޔާރުވާ އިރު، އޭނާ ބޮލީވުޑަށް ނުކުމެދާނެކަމުގެ އިޝާރާތެއް އާމިރު ވެސް ކުރިން ދީފައިވެ އެވެ. އާމިރުގެ އަލަތު ކައިވެންޏަށް ލިބުނު ދެ ކުދިންގެ ތެރެއިން ހަގަށް ހުރި ޖުނައިދު ވަނީ ކުރިން އާމިރު ކުޅުނު ބައެއް ފިލްމުތަކުގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި 2014 ގެ "ޕީކޭ" އާއި 2009 ގެ "3 އިޑިޓްސް" ހިމެނެ އެވެ.

އާމިރާއި ރީނާ ދައްތާ އަށް ލިބުނު ދެ ކުދިންގެ ތެރެއިން ދޮށީ އަންހެން ދަރިފުޅު އިރާ ޚާން، 23، އަކީ ޑައިރެކްޓަރެކެވެ. އޭނާ ވަނީ މިދިޔަ އަހަރު "ޔުރިޕިޑެސް މީޑިއާ" ކިޔާ ތިއޭޓަޕްލޭއެއް ޑައިރެކްޓްކޮށްފަ އެވެ.