Roadha Mihaaru
އާމިރުގެ ދަރިފުޅު ޖުނައިދުގެ ފިލްމުގެ ޝޫޓިން ފަށައިފި

އާމިރު ޚާންގެ ދަރިފުޅު ޖުނައިދުގެ ފިލްމުގެ ޝޫޓިން ފަށައިފި

16 ފެބުރުއަރީ 2021

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާންގެ ދަރިފުޅު ޖުނައިދު އެކްޓިން އަށް ތައާރަފުކުރާ ފިލްމު "މަހާރަޖާ" ގެ ޝޫޓިން ހޯމަ ދުވަހު ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާންގެ ދަރިފުޅު ޖުނައިދު އެކްޓިން އަށް ތައާރަފުކުރާ ފިލްމު "މަހާރަޖާ" ގެ ޝޫޓިން ހޯމަ ދުވަހު ފަށައިފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރާ ފިލްމުގެ ޝޫޓިން ފެށީ ވިޖޭ ނަގަރްގައި ބޮޑު ސެޓެއް ހެދުމަށް ފަހު އެތަނުގައި ކަމަށެވެ. "މަހާރާޖާ" އަކީ 1862 ގައި އިންޑިއާގައި ފެންމަތިވި ޖިންސީ މައްސަލަތަކެއްގެ ވާހަކަ ގެނެސްދިން ނޫސްވެރިންތަކަކާ ދެކޮޅަށް ކުރި ދައުވާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. އެގޮތުން ފިލްމުގައި ޖުނައިދު ކުޅޭނީ އޭރު ނޫސްވެރިއެއްގެ ރޯލު އަދާކުރި ކަރްސަންދާސް މުލްޖީގެ ރޯލު ކަމަށް މީޑިއާތަކުން ބުންޏެވެ.

"ހިޗްކީ" އާއި "ވީ އާ ފެމިލީ" ގެނެސްދިން ސިދާތު ޕީ މަލްއުތުރާ ޑައިރެކްޓްކުރާ ފިލްމުގެ ކާސްޓްގައި ޝާލިނީ ޕާންޑޭ އާއި ޝަރުވާރީ ވާގްގެ އިތުރުން ޖައިދީޕް އަހުލުވާތު ވެސް ހިމެނެ އެވެ.

ނަމަވެސް މި ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް ވައިއާރްއެފުން މިހާތަނަށް ރަސްމީކޮށް ހިއްސާކޮށްފައެއް ނުވެ އެވެ.

ޖުނައިދު، 28، ބައްޕަގެ ފިޔަވަޅުމަތިން ފިލްމު ކުޅެން ނުކުތް އިރު އޭނާ ވަނީ އާމިރު ކުޅުނު ބައެއް ފިލްމުތަކުގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި 2014 "ޕީކޭ" އާއި 2009 ގެ "3 އިޑިއަޓްސް" ހިމެނެ އެވެ.