ހޮން ކޮން (އޮގަސްޓް 10) - ހޮން ކޮންގުގައި ޑިމޮކްރެސީ އަށް މަސައްކަތް ކުރާ ވިޔަފާރިވެރިއެއް ކަމަށްވާ ޖިމީ ލައި ހައްޔަރުކޮށްފި އެވެ.
10 އޯގަސްޓް 2020
ހޮން ކޮން (އޮގަސްޓް 10) - ހޮން ކޮންގުގައި ޑިމޮކްރެސީ އަށް މަސައްކަތް ކުރާ ވިޔަފާރިވެރިއެއް ކަމަށްވާ ޖިމީ ލައި ހައްޔަރުކޮށްފި އެވެ.
ބޭރުގެ ފަރާތްތަކާ ސިއްރު ގުޅުންތަކެއް އޮންނަ ކަމަށް ތުހުމަތުކޮށް، ލައިގެ ނޫހުގެ އޮފީހަށް ވެސް ފުލުހުން ވަނީ ވަދެ ބަލައި ފާސްކޮށްފަ އެވެ. އިނގިރޭސި ވިލާތުގެ ރަށްވެހިކަން ވެސް އޮންނަ އުމުރުން 71 އަހަރުގެ ލައި ވަނީ މިދިޔަ ފެބްރުއަރީ މަހު ވެސް ހައްޔަރުކޮށްފަ އެވެ. އެ ފަހަރު އޭނާ ހައްޔަރުކުރީ ގާނޫނާ ޚިލާފު އެއްވުމެއްގައި ބައިވެރިވެގެންނެވެ. ނަމަވެސް ފަހުން ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ.
މިއީ ހޮން ކޮންގުގައި ޗައިނާ އިން ސަލާމަތީ ގާނޫނު ޖޫން މަހު ތަންފީޒް ކުރަން ފެށި ފަހުން ހައްޔަރުކުރި އެންމެ މަޝްހޫރު ފަރާތެވެ.
ވިޔަފާރިވެރިއެއް ކަމަށްވާ ލައިގެ މިލްކިއްޔާތުގައި އެއް ބިލިއަން ޑޮލަރު ހުރި ކަމަށްވެ އެވެ. އަންނައުނުގެ ވިޔަފާރިން މުއްސަނދިކަން ހޯދުމަށް ފަހު، ފަހުން ވަނީ މީޑިއާގެ ވިޔަފާރީގައި ހަރަކާތްތެރިވާން ފަށައިފަ އެވެ. އޭނާގެ އެޕަލް ޑެއިލީ ނޫހުން ވަނީ ހޮން ކޮންގާއި ޗައިނާގެ ލީޑަޝިޕަށް ވަރަށް ގިނަ ފަހަރު ފާޑުކިޔައިފަ އެވެ. ހޮން ކޮންގަށް ޗައިނާގެ ބާރު ފޯރުވުމާ ދެކޮޅަށް ލައި ގެންދިޔައީ އަބަދުވެސް އަޑު އުފުލަމުންނެވެ. މިދިޔަ އަހަރު ހޮން ކޮންގުގައި ބޭއްވި މުޒާހަރާތަކުގައި ވެސް ލައި ބައިވެރިވެފައިވެ އެވެ.
މި އަހަރު ކުރީކޮޅު ލައިގެ މައްޗަށް ދައުވާކޮށްފައި ވަނީ އެ މުޒާހަރާތަކުގައި ބައިވެރިވުމުންނެވެ. ޗައިނާގެ ރަސްމީ މީޑިއާ އިން ލައި ސިފަކޮށްފައި ވަނީ ހޮން ކޮންގުގެ މުޒާހަރާތަކުގެ "މާސްޓަމައިންޑް"ގެ ގޮތުގަ އެވެ.
ހޮން ކޮންގުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން ޖޫން 30 ގައި ޗައިނާ އިން ފާސްކުރި ގާނޫނަށް ވެސް ލައި ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެއް އިންޓަވިއުގައި އޭނާ ވަނީ މިހާރު މިހުރީ "ޖަލަށްދާން ތައްޔާރަށް" ކަމަށް ބުނެފަ އެވެ.
ހޮންގްކޮން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފި
ހޮންގްކޮންގްގެ މީޑިއާ މަހުޖަނު ޖިމީ ޖަލަށް
އެތައް ބަޔަކާ އެކު ޑިޒްނީލޭންޑް ތަޅުލައިފި
ތައިވާނާ މެދު އޮތް ދެނެގަތުން ޗައިނާ ދޫކޮށްލައިފި
އާ ގާނޫނުގެ ދަށުން ފުރަތަމަ ޒުވާނާ ހައްޔަރުކޮށްފި
ލިޕް ބާމް ކަލެކްޝަނަކުން 6 އަހަރުގައި ރެކޯޑެއް
އެންމެ ދުވަސްވީ ޕެންޑާ އަށް 35 އަހަރު
ހޮންކޮންގުގެ އެކްޓިވިސްޓް، ބިލިއަނަރު 14މަހަށް ޖަލަށް
ހޮން ކޮންގުގެ ކެންޑިޑޭޓުން ވީޓޯކުރާ އިސްލާހު ފާސްކޮށްފި
ހޮން ކޮންގެ ގާނޫނަށް ގެންނަ ބަދަލު ޗައިނާ ދިފާއުކޮށްފި