Roadha Mihaaru
އަމީރު ދަރަނި މެނޭޖުކުރާ ގޮތް ރަނގަޅެއް ނޫން: ނަޝީދު

އަމީރު ދަރަނި މެނޭޖު ކުރައްވާލެއް ރަނގަޅެއް ނޫން: ނަޝީދު

10 އޯގަސްޓް 2020

ދައުލަތުން ނަގާފައިވާ ލޯނުތަކާއި ދައުލަތުގެ ނަމުގައި ދީފައިވާ ގެރެންޓީތަކުގެ ކަންކަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރަނގަޅަށް މެނޭޖު ކޮށްފައި ނުވާ ކަމަށާއި މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް އެކަން ރަނގަޅަށް ކުރައްވަމުން ނުގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ދައުލަތުން ނަގާފައިވާ ލޯނުތަކާއި ދައުލަތުގެ ނަމުގައި ދީފައިވާ ގެރެންޓީތަކުގެ ކަންކަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރަނގަޅަށް މެނޭޖު ކޮށްފައި ނުވާ ކަމަށާއި މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް އެކަން ރަނގަޅަށް ކުރައްވަމުން ނުގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޔާމީންގެ ވެރިކަމުގައި ރާއްޖެ ދަރަނިވެރި ވެފައިވާ ވަރު ސާފު ނުވުމާއި ދަރަނި ބެލެހެއްޓުމުގެ މަސައްކަތްތައް ގާނޫނާ އެއްގޮތަށް ނުހިނގާ ކަމަށް ވިދާޅުވެ ނަޝީދު ވަނީ އެކަމުގައި އަމަލު ކުރާނެ ގޮތުގެ އިރުޝާދަކަށް އެދި މަޖިލީހުގެ ޖަލްސާ އަށް އެކަން އެޖެންޑާ ކުރައްވައި، ބަހުސް ފައްޓަވައިފަ އެވެ.

އެ މައްސަލަ އެޖެންޑާ ކުރެއްވުމަށް ފަހު، ނަޝީދު ވިދާޅުވީ ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވާ ސިޓީއެއްގައި، ދައުލަތުން ނަގާފައިވާ ލޯނުތަކާއި ގެރެންޓީތަކާއި ބޮންޑުތަކުގެ އަދަދުތަކާ ގުޅޭ ތަފްސީލު މަޖިލީހަށް ކުރިން ލިބިފައިވާ މައުލޫމާތުތަކާ ދިމާ ނުވާ ކަމަށެވެ.

"ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ދަށުން ލޯނެއް ނަގާތާ ނުވަތަ ގެނެރެންޓީއެއް ދޭތާ ނުވަތަ ބޮންޑެއް ވިއްކާތާ 30 ދުވަހުގެ ތެރޭގައި މި މަޖިލީހަށް އެކަމާ ބެހޭ އެންމެހައި މައުލޫމާތު ފޮނުވަން ޖެހޭ. ދެހާސް ތޭރަ ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދުގައި އެކިއެކި ފިނޭންސް މިނިސްޓަރުން ވަނީ އެ މައުލޫމާތު ފޮނުއްވާފައި،" ނަޝީދު ވިދާޅުވި އެވެ.

"މަޖިލީހުގެ އިދާރާ އިން އަޅުގަނޑު މި ދެންނެވި އެކްސްއެލް ޝީޓްގައި އެއްކޮށްފައި އެވަނީ އެ މައުލޫމާތު. އަޅުގަނޑުމެންނަށް ފާހަގަ ވަނީ މި އެއްކުރި މައުލޫމާތާއި ފިނޭންސް މިނިސްޓްރީން ދައުލަތުގެ ދަރަނީގެ ގޮތުގައި ފާހަގަ ކުރައްވާފައިވާ އަދަދުތަކާއި ތަފްސީލްތަކާ ފުށު އަރާކަން."

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު، މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ: ކުރީގެ ރައީސް ޔާމީންގެ ފިނޭންސް މިނިސްޓަރެކޭ އެއްފަދައިން މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަމީރު ވެސް ދައުލަތުގެ ދަރަނި ރަނގަޅަށް މެނޭޖު ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވި.---ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު، މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ: ކުރީގެ ރައީސް ޔާމީންގެ ފިނޭންސް މިނިސްޓަރެކޭ އެއްފަދައިން މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަމީރު ވެސް ދައުލަތުގެ ދަރަނި ރަނގަޅަށް މެނޭޖު ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވި.---ފޮޓޯ: މަޖިލިސް

ނަޝީދު ވިދާޅުވި ގޮތުގައި، އެ ފުށުއެރުންތަކުގެ ސަބަބުން ދައުލަތުގެ ދަރަނީގެ އަދަދަކީ ސީދާ ކިހާވަރެއްކަން ސާފެއް ނުވެ އެވެ. އެހެންކަމުން ޔާމީންގެ ސަރުކާރާއި މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު ވެސް އުސޫލާ އެއްގޮތަށް އަމަލު ނުކުރައްވާ ކަމަށް ނަޝީދު ތުހުމަތު ކުރެއްވި އެވެ.

"ރާއްޖޭގެ ހަރަދަށް ޒިންމާވުމުގެ ގާނޫނާއި އެ ގާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވައިދުތަކާއި އުސޫލުތަކުގައި ވަރަށް ސާފުކޮށް ބަޔާން ކުރޭ. އޭގެ ތެރޭގައި ލޯނެއް ނެގުމަށް ފަހު ނުވަތަ ގެރެންޓީއެއް ދިނުމަށް ފަހު، އެ ލޯނާއި ގެރެންޓީގެ ކަންކަން ބަލަހައްޓާ މެނޭޖް ކުރާނެ މެކޭނިޒަމް ބަޔާން ކޮށްފައިވޭ. އެހެން ނަމަވެސް އެއާ އެއްގޮތަށް ކުރީ ސަރުކާރުން އަމަލުކޮށްފައި ނުވާ ކަމާއި އަދި މިހާރުގެ މިނިސްޓްރީ އޮފް ފިނޭންސްއިން ވެސް އަމަލު ކުރައްވަމުން ނުގެންދަވާކަން އަޅުގަނޑަށް ފާހަގަވޭ،" ނަޝީދު ވިދާޅުވި އެވެ.

ބައެއް ލޯނުތަކާއި ގެރެންޓީތަކުގެ މައުލޫމާތު މަޖިލީހަށް ފޮނުއްވަން ޖެހޭ މުއްދަތުގައި ނުފޮނުވާ ކަމަށް ވިދާޅުވެ ނަޝީދު ވަނީ އެ ތަފްސީލް އާއްމު ކުރައްވައިފަ އެވެ.

އެ ލޯނުތަކާއި ގެރެންޓީތައް:

* ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ޕްރޮޖެކްޓަށް ނަގާފައިވާ 450 މިލިއަން ޔުއާންގެ ލޯނު ނެގުމަށް އެކްސްޕޯޓް އިމްޕޯޓް ބެންކް އޮފް ޗައިނާއާ އެކު، ޖުލައި 14، 2016 ގައި ހަދާފައިވާ އެއްބަސްވުން.

* ސަނީ ސައިޑް ބޮންޑް: 250 މިލިއަން ޑޮލަރުގެ ލޯނު ނެގުމަށް ބޮންޑް ހޯލްޑާސްއާ އެކު މެއި 31، 2017 ގައި ހަދާފައިވާ އެއްބަސްވުން.

* ޕްރޮޖެކްޓް އިސްރަގާ: 100 މިލިއަން ޑޮލަރުގެ ލޯނު ނެގުމަށް ފަސްޓް އަބޫދާބީ ބޭންކާއެކު އޭޕްރީލް 26، 2018 ގައި ހެދި އެއްބަސްވުން.

* އިލެކްޓްސިޓީ ސިސްޓަމް އެންޑް އޯޕަން އެކްސެސް ނެޓްވޯކް އިން ހުޅުމާލެ ފޭސް 2ގެ ޕްރޮޖެކްޓްކަށް ސެޕްޓެމްބަރު 5، 2018 ގައި ސޭލާ ބޭންކަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ 16.8 މިލިއަން ޑޮލަރުގެ ގެރެންޓީ.

* ހުޅުމާލޭގައި 5،000 ސޯޝަލް ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަޝްރޫ ކުރިއަށް ގެންދިއުމަށްޓަކައި އޮގަސްޓް 22، 2016 ގައި އޮސްޓާ ހޯލްޑިންގްސް އަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ 327.8 މިލިއަން ޑޮލަރުގެ ގެރެންޓީ.

* ހުޅުމާލޭ ފޭސް 2 ގައި 1،000 ސޯޝަލް ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ނޮވެމްބަރު 29، 2016 ގައި ޖީ ވިތް ނޭޖާ ލަންކާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ 65.2 މިލިއަން ޑޮލަރުގެ ގެރެންޓީ.