Roadha Mihaaru
"ނަޝީދު ވިދާޅުވާ ލޯނުތަކުގެ މައުލޫމާތު ވަނީ ލިބިފައި"

ނަޝީދު ނުލިބޭ ކަމަށް ވިދާޅުވާ ލޯނުތަކުގެ މައުލޫމާތު ވަނީ ލިބިފައި: ނާޝިޒް

10 އޯގަސްޓް 2020

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނަގާފައިވާ ބައެއް ލޯނުތަކާއި ދީފައިވާ ގެރެންޓީތަކުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައި ނުވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒް އެކަން ދޮގުކުރައްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނަގާފައިވާ ބައެއް ލޯނުތަކާއި ދީފައިވާ ގެރެންޓީތަކުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައި ނުވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒް އެކަން ދޮގުކުރައްވައިފި އެވެ.

ޔާމީންގެ ވެރިކަމުގައި ރާއްޖެ ދަރަނިވެރި ވެފައިވާ ވަރު ސާފު ނުވުމާއި ދަރަނި ބެލެހެއްޓުމުގެ މަސައްކަތްތައް ގާނޫނާ އެއްގޮތަށް ނުހިނގާ ކަމަށް ވިދާޅުވެ ނަޝީދު ވަނީ އެކަމުގައި އަމަލު ކުރާނެ ގޮތުގެ އިރުޝާދަކަށް އެދި މަޖިލީހުގެ ޖަލްސާ އަށް އެކަން އެޖެންޑާ ކުރައްވައި، ބަހުސް ފައްޓަވައިފަ އެވެ. އެ މައްސަލަ އެޖެންޑާ ކުރުމަށް ފަހު ނަޝީދު ވިދާޅުވީ ބައެއް ލޯނުތަކާއި ގެރެންޓީތަކުގެ މައުލޫމާތު ގާނޫނުގައި ބުނާ ގޮތަށް މަޖިލީހާ ހިއްސާ ކޮށްފައި ނުވާ ކަމަށެވެ.

Ameer dharani manage kuravvaaleh rangalheh noon: Nasheed

Ameer dharani manage kuravvaaleh rangalheh noon: Nasheed

The most trusted news source in the Maldives

Mihaaru

ދަރަނީގެ މައްސަލާގައި ނަޝީދު ފާޑު ވިދާޅުވުން

އެ މައްސަލައަށް ބަހުސް ކުރައްވަމުން ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ނާޝިޒް ވިދާޅުވީ މުއައްސަސާތަކުން މަޖިލީހަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައި ނުވާ ނަމަ އެކަން ރިޔާސަތާއި ކަމާ ގުޅުން ހުރި ކޮމެޓީތަކުގެ ސަމާލުކަމަށް ގެނައުމަކީ މަޖިލީހުގެ އިދާރާގެ ޒިންމާއެއް ކަމަށެވެ. އޭނާ ވިދާޅުވީ އެއްވެސް ލޯނެއްގެ މައުލޫމާތު މަޖިލީހަށް ނުލިބިގެން އެކަން މާލިއްޔަތު ކޮމެޓީ އަށް ހުށަހަޅައިފައި ނުވާ ކަމަށެވެ.

ނަޝީދު މަޖިލީހަށް ނުލިބޭ ކަމަށް ވިދާޅުވާ ސިނަމާލެ ބްރިޖާ ގުޅޭ ލޯންގެ މައުލޫމާތު ޑިސެމްބަރު 25، 2018 ގައި މަޖިލީހަށް ލިބިފައިވާ ކަމަށް ވެސް ނާޝިޒް ވިދާޅުވި އެވެ. އަދި ސަނީ ސައިޑް ބޮންޑްގެ މައުލޫމާތު ޖުލައި 16، 2018 ގައި މަޖިލީހަށް ލިބިފައިވާއިރު އަބޫދާބީ ބޮންޑުގެ މައުލޫމާތު ވެސް 2018 ގައި މަޖިލީހަށް ލިބިފައިވާ ކަމަށް ނާޝިޒް ވިދާޅުވި އެވެ. އަދި ސޭލާން ޕަބްލިކް ބެންކަށް ދައުލަތުން ދީފައިވާ ގެރެންޓީގެ މައުލޫމާތު ޑިސެމްބަރު 25، 2018 ގައި ލިބިފައިވާ ކަމަށް ވެސް ނާޝިޒް ވިދާޅުވި އެވެ. އޭނާ ވަނީ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ސިޓީތަކުގެ ނަންބަރު ވެސް ވިދާޅުވެފަ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންނަން ބޭނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިފަދަ މައުލޫމާތުތައް މިކަހަލަ ބައެއް ފެކްޓްސް ނުހިމެނޭ ގޮތަށް ނޫނިއްޔާ ހަގީގަތާ ހިލާފު ވާގޮތަށް ގެނެސް އިއްޒަތްތެރި ރައީސްގެ ސަމާލު ކަމަށް ގެނެވި މިކަންކަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިގޮތަށް މަޝްވަރާ ކުރެވޭ ހިސާބަށް ދާއިރު މީގައި ބަލަން ޖެހޭ ވަރަށް ނުބެލި އޮތްއޮތުން މިއީ އަޅުގަނޑު ކުށްވެރި ކުރާ ކަމެއް،" ނާޝިޒް ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ އެ މައުލޫމާތު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައި ނުވާ ކަމަށެވެ. މަޖިލީހުގެ އިދާރީ ނިޒާމު ވަރުގަދަ ވާނެ ކަމަށާއި ލިޔެކިޔުން ރަނގަޅަށް ބަލަހައްޓަމުން އަންނަ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

މައުލޫމާތު ނުލިބޭ ކަމަށް ނަޝީދު ވިދާޅުވާ ލޯނުތަކާއި ގެރެންޓީތައް:

* ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ޕްރޮޖެކްޓަށް ނަގާފައިވާ 450 މިލިއަން ޔުއާންގެ ލޯނު ނެގުމަށް އެކްސްޕޯޓް އިމްޕޯޓް ބެންކް އޮފް ޗައިނާއާ އެކު، ޖުލައި 14، 2016 ގައި ހަދާފައިވާ އެއްބަސްވުން.

* ސަނީ ސައިޑް ބޮންޑް: 250 މިލިއަން ޑޮލަރުގެ ލޯނު ނެގުމަށް ބޮންޑް ހޯލްޑާސްއާ އެކު މެއި 31، 2017 ގައި ހަދާފައިވާ އެއްބަސްވުން.

* ޕްރޮޖެކްޓް އިސްރަގާ: 100 މިލިއަން ޑޮލަރުގެ ލޯނު ނެގުމަށް ފަސްޓް އަބޫދާބީ ބޭންކާއެކު އޭޕްރީލް 26، 2018 ގައި ހެދި އެއްބަސްވުން.

* އިލެކްޓްސިޓީ ސިސްޓަމް އެންޑް އޯޕަން އެކްސެސް ނެޓްވޯކް އިން ހުޅުމާލެ ފޭސް 2ގެ ޕްރޮޖެކްޓްކަށް ސެޕްޓެމްބަރު 5، 2018 ގައި ސޭލާ ބޭންކަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ 16.8 މިލިއަން ޑޮލަރުގެ ގެރެންޓީ.

* ހުޅުމާލޭގައި 5،000 ސޯޝަލް ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަޝްރޫ ކުރިއަށް ގެންދިއުމަށްޓަކައި އޮގަސްޓް 22، 2016 ގައި އޮސްޓާ ހޯލްޑިންގްސް އަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ 327.8 މިލިއަން ޑޮލަރުގެ ގެރެންޓީ.

* ހުޅުމާލޭ ފޭސް 2 ގައި 1،000 ސޯޝަލް ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ނޮވެމްބަރު 29، 2016 ގައި ޖީ ވިތް ނޭޖާ ލަންކާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ 65.2 މިލިއަން ޑޮލަރުގެ ގެރެންޓީ.

މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވާ ސިޓީއެއްގައި، ދައުލަތުން ނަގާފައިވާ ލޯނުތަކާއި ގެރެންޓީތަކާއި ބޮންޑުތަކުގެ އަދަދުތަކާ ގުޅޭ ތަފްސީލު މަޖިލީހަށް ކުރިން ލިބިފައިވާ މައުލޫމާތުތަކާ ދިމާ ނުވާ ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، އެ ފުށުއެރުންތަކުގެ ސަބަބުން ދައުލަތުގެ ދަރަނީގެ އަދަދަކީ ސީދާ ކިހާވަރެއްކަން ސާފެއް ނުވެ އެވެ. އެހެންކަމުން ޔާމީންގެ ސަރުކާރާއި މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު ވެސް އުސޫލާ އެއްގޮތަށް އަމަލު ނުކުރައްވާ ކަމަށް ނަޝީދު ތުހުމަތު ކުރެއްވި އެވެ.