Roadha Mihaaru
ސޮވެރިން ޑެޓަކަށް ދިޔަ ކަމެއް ނޭނގޭ: މުގައްރިރު

ސޮވެރިން ޑެޓަކަށް ދިޔަ ކަމެއް ނޭނގޭ: މުގައްރިރު

10 އޯގަސްޓް 2020

ދައުލަތުން ދީފައިވާ ސޮވެރިން ގެރެންޓީއެއް ނުދެއްކިގެން ސޮވެރިން ޑިފޯލްޓަކަށް ދިޔަކަން އެނގިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ދައުލަތުން ދީފައިވާ ސޮވެރިން ގެރެންޓީއެއް ނުދެއްކިގެން ސޮވެރިން ޑިފޯލްޓަކަށް ދިޔަކަން އެނގިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދަށް ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނަށް ސުންގަނޑި ހަމަވުމުގެ ކުރިން ނުދެއްކުނު ފައިސާ ސަރުކާރުން ދައްކަން ވަނީ އަންގައިފަ އެވެ. އެގޮތަށް އަންގާފައިވަނިކޮށް ސިޔާމުގެ ކުންފުނި، އަހުމަދު ސިޔާމް ހޯލްޑިން (އޭއެސްއެޗް) އިން ވަނީ އެ ފައިސާ އެ ބެންކަށް ދައްކައިފަ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ ދަރަނިވެރި ވެފައިވާ ވަރު ސާފު ނުވުމާއި ދަރަނި ބެލެހެއްޓުމުގެ މަސައްކަތްތައް ގާނޫނާ އެއްގޮތަށް ނުހިނގާ ކަމަށް ވިދާޅުވެ އެކަމުގައި އަމަލު ކުރާނެ ގޮތުގެ އިރުޝާދަކަށް އެދި މަޖިލީހުގެ ޖަލްސާ އަށް އެކަން އެޖެންޑާ ކުރައްވައި، ބަހުސް ފައްޓަވައިފަ އެވެ.

ނަޝީދު ވިދާޅުވީ، އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ދައުލަތް ދަރައިފާނެ ކަމުގެ ބިރު މިދިޔަ ހަފުތާގައި އިހުސާސް ކުރެވުމުން ކަމަށާއި އެފަދަ ކަމެއް މެދުވެރިވާން އެދިވަޑައިނުގަންނަވާ ކަމަށެވެ.

އެ މައްސަލަ ބެލުމަށް މިއަދު އެކުލަވައިލި މުޅި މަޖިލީހުގެ ކޮމިޓީގައި ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ނާޝިޒް ވިދާޅުވީ، އެ ލޯނުތަކާއި ގެރެންޓީތައް ދީފައި ވަނީ މަޖިލީހުގެ ނިމިދިޔަ ދައުރުގައި ކަމަށާއި އޭރު ހިނގި ކަންކަމުގެ ޒިންމާ މި ދައުރުގެ މާލިއްޔަތު ކޮމިޓީން ނަގަން ނުޖެހޭނެ ކަމަށެވެ. ދައުލަތުން ގެރެންޓީ ދީފައިވާ ލޯނެއް ނުދެއްކިގެން ޑިފޯލްޓަކަށް ދިޔަކަން އެނގިވަޑައިނުގަންނަވާ ކަމަށް ނާޝިޒް ވިދާޅުވި އެވެ.

"ސަވަރިން ޑެޓަކަށް ނުވަތަ ސަވަރިން ޑިފޯލްޓަކަށް ގޮސްގެން، ކަމެއް ދިމާވެގެން އަދި މިހާތަނަށް އެ ކަހަލަ މައްސަލައެއް ކޮމިޓީ އަށް އައިސްފައެއް ނުވޭ. އަދި އެ ހާލަތަށް ގޮސްފި ކަމަށް ވަންޏާ އަޅުގަނޑު އިއްޒަތްތެރި މެމްބަރުންގެ މައުލޫމާތަށްޓަކައި ދަންނަވަން، އަޅުގަނޑު އިރާދަކުރެއްވިޔާ ކޮމިޓީން އެކަން ބަލާނަން،" އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ އެޖެންޑާ ކުރުމަށް ފަހު، ނަޝީދު ވިދާޅުވީ އޭރު ނަގާފައިވާ ބައެއް ލޯނުތަކާއި ގެރެންޓީތަކުގެ މައުލޫމާތު ގާނޫނުގައި ބުނާ ގޮތަށް މަޖިލީހާ ހިއްސާ ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ނާޝިޒު އެކަން ދޮގު ކުރައްވަ އެވެ. އޭނާ ވަނީ އެ ލޯނުތަކުގެ މައުލޫމާތު މަޖިލީހަށް ފިނޭންސް މިނިސްޓްރީން އެންގި ތާރީޚާއި އެ އެންގުންތައް އެންގި ސިޓީގެ ނަމްބަރު ވެސް މިއަދު ހާމަކުރައްވައިފަ އެވެ.

އެކަން ސާފުކޮށް ދެއްވަން ނަޝީދު އެދިވަޑައިގަތުމުން، މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ، މަޖިލީހުގެ ރެކޯޑްތައް ބެލިއިރު ޖުލައި 14، 2016 އިން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް އެ ލޯނުތަކުގެ މައުލޫމާތު މަޖިލީހާ ހިއްސާ ކޮށްފައިވާކަން އެއްވެސް ލިޔެކިޔުމަކުން ނުދައްކާ ކަމަށެވެ.

ނަޝީދު މަޖިލީހަށް ނުލިބޭ ކަމަށް ވިދާޅުވާ ސިނަމާލެ ބްރިޖާ ގުޅޭ ލޯނުގެ މައުލޫމާތު ޑިސެމްބަރު 25، 2018 ގައި މަޖިލީހަށް ލިބިފައިވާ ކަމަށް ވެސް ނާޝިޒް ވިދާޅުވި އެވެ. އަދި ސަނީ ސައިޑް ބޮންޑްގެ މައުލޫމާތު ޖުލައި 16، 2018 ގައި މަޖިލީހަށް ލިބިފައިވާއިރު އަބޫދާބީ ބޮންޑުގެ މައުލޫމާތު ވެސް 2018 ގައި މަޖިލީހަށް ލިބިފައިވާ ކަމަށް ނާޝިޒް ވިދާޅުވި އެވެ. ސޭލާން ޕަބްލިކް ބެންކަށް ދައުލަތުން ދީފައިވާ ގެރެންޓީގެ މައުލޫމާތު ޑިސެމްބަރު 25، 2018 ގައި ލިބިފައިވާ ކަމަށް ނާޝިޒް ވިދާޅުވި އެވެ. އޭނާ ވަނީ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ސިޓީތަކުގެ ނަންބަރު ވެސް ވިދާޅުވެފަ އެވެ.

Nasheed nulibey kamah vidhaalhuvaa loan thakuge mauloomaath vanee libifai: Nashiz

Nasheed nulibey kamah vidhaalhuvaa loan thakuge mauloomaath vanee libifai: Nashiz

The most trusted news source in the Maldives

Mihaaru

ނަޝީދު ނުލިބޭ ކަމަށް ވިދާޅުވާ ލޯންތަކުގެ މައުލޫމާތު ލިބިފައިވާ ކަމަށް ނާޝިޒް ވިދާޅުވުން

މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވިގޮތުގައި، ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވާ ސިޓީއެއްގައި، ދައުލަތުން ނަގާފައިވާ ލޯނުތަކާއި ގެރެންޓީތަކާއި ބޮންޑުތަކުގެ އަދަދުތަކާ ގުޅޭ ތަފްސީލު މަޖިލީހަށް ކުރިން ލިބިފައިވާ މައުލޫމާތުތަކާ ދިމައެއް ނުވެ އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެ ފުށުއެރުންތަކުގެ ސަބަބުން ދައުލަތުގެ ދަރަނީގެ އަދަދަކީ ސީދާ ކިހާވަރެއްކަން ސާފެއް ނުވެ އެވެ. އެހެންކަމުން ޔާމީންގެ ސަރުކާރާއި މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު ވެސް އުސޫލާ އެއްގޮތަށް އަމަލު ނުކުރައްވާ ކަމަށް ނަޝީދު ތުހުމަތު ކުރެއްވި އެވެ.

މައުލޫމާތު ނުލިބޭ ކަމަށް ނަޝީދު ވިދާޅުވާ ލޯނުތަކާއި ގެރެންޓީތައް:

* ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ޕްރޮޖެކްޓަށް ނަގާފައިވާ 450 މިލިއަން ޔުއާންގެ ލޯނު ނެގުމަށް އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާއާ އެކު، ޖުލައި 14، 2016 ގައި ހަދާފައިވާ އެއްބަސްވުން.

* ސަނީ ސައިޑް ބޮންޑް: 250 މިލިއަން ޑޮލަރުގެ ލޯނު ނެގުމަށް ބޮންޑް ހޯލްޑާސްއާ އެކު މެއި 31، 2017 ގައި ހަދާފައިވާ އެއްބަސްވުން.

* ޕްރޮޖެކްޓް އިސްރަގާ: 100 މިލިއަން ޑޮލަރުގެ ލޯނު ނެގުމަށް ފަސްޓް އަބޫދާބީ ބޭންކާއެކު އޭޕްރީލް 26، 2018 ގައި ހެދި އެއްބަސްވުން.

* އިލެކްޓްސިޓީ ސިސްޓަމް އެންޑް އޯޕަން އެކްސެސް ނެޓްވޯކް އިން ހުޅުމާލެ ފޭސް 2ގެ ޕްރޮޖެކްޓްކަށް ސެޕްޓެމްބަރު 5، 2018 ގައި ސޭލާ ބޭންކަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ 16.8 މިލިއަން ޑޮލަރުގެ ގެރެންޓީ.

* ހުޅުމާލޭގައި 5،000 ސޯޝަލް ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަޝްރޫ ކުރިއަށް ގެންދިއުމަށްޓަކައި އޮގަސްޓް 22، 2016 ގައި އޮސްޓާ ހޯލްޑިންގްސް އަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ 327.8 މިލިއަން ޑޮލަރުގެ ގެރެންޓީ.

* ހުޅުމާލޭ ފޭސް 2 ގައި 1،000 ސޯޝަލް ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ނޮވެމްބަރު 29، 2016 ގައި ޖީ ވިތް ނޭޖާ ލަންކާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ 65.2 މިލިއަން ޑޮލަރުގެ ގެރެންޓީ.