10 އޯގަސްޓް 2020
ތިލަފުށި ހިންގަމުން އަންނަ ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ހިއްސާގެ ބައެއް އެޗްޑީސީއަށް ދީފި އެވެ.
ތިލަފުށި ހިންގަމުން އަންނަ ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ހިއްސާގެ ބައެއް އެޗްޑީސީއަށް ދީފި އެވެ.
އެކަމަކު ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް، އެޗްޑީސީގެ ސަބްސިޑަރީ ކުންފުންޏަކަށް ހެދީ ކަމެއް ނުވަތަ ގްރޭޓާ މާލެ ކުންފުނި އުވާލައި އެކުންފުނީގެ މަސްއޫލިއްޔަތުތައް އެޗްޑީސީ ނެގީކަން ސާފުވާ ގޮތެއް ނުވި އެވެ. މި ބަދަލާ ބެހޭ ގޮތުން ފިނޭންސް މިނިސްޓްރީން އަދި އެއްވެސް މައުލޫމާތެއް ނުދެ އެވެ.
ނަމަވެސް ގްރޭޓާ މާލެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (އިބޫ) ވިދާޅުވީ ކުންފުނި އުވާލިކަން ސާފުނުވިޔަސް އެ ކުންފުނީގެ ހިއްސާއިން ބައެއް އެޗްޑީސީއަށް ބަދަލުކުރަން ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.
"އެހާ ބޮޑަކަށް މިކަން ސާފެއް ނުވޭ. އަޅުގަނޑުމެންނަށް ލިބިފައިވާ ސިޓީގައި އޮތީ ޝެއާއަށް ބަދަލު ގެންނަން ކުންފުނީގެ ބޯޑު އޮފް ޑިރެކްޓަރުންގެ އަދަދަށް ބަދަލު ގެންނަން،" އޭނާ ވިދާޅުވި އެވެ.
އެ ކުންފުންޏަށް ޕީސީބީން ފޮނުވި ސިޓީގައިވާ ގޮތުން ކުންފުނީގެ ޑިރެކްޓަރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ޖެހެ އެވެ.
މި ބަދަލު ގެންނަ އިރު އިބޫއާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް މިދިޔަ އަހަރުގެ ފަހުކޮޅު ފެންމަތިވެ، ރައްޔިތުންގެ މަޖިލިހުން ވެސް އެކަން ތަހުގީގުކޮށް، ރިޕޯޓެއް ތައްޔާރުކޮށްފައިވެ އެވެ. އެގޮތުން ތިލަފުށި ފަޅުތެރޭގައި އޮތް ބޯޓެއް ބާ ދަގަނޑަށް ހަދައި، ނަގަން ޕާކަވަން ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް، ތަހުގީގަށް އެނގިފައިވެ އެވެ.
މަޖިލިހުގެ އެސްއޯއީ ކޮމިޓީން ނިންމީ ބޯޓް ނައްތާލުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ނުދެނީސް ގަވައިދާ ހިލާފަށް އިބޫ އަމަލުކުރައްވާފައިވާ ކަމަށެވެ. އެކަމަކު އެ ހުރިހާ ތުހުމަތެއް ވެސް އޭނާ ދޮގުކުރައްވަ އެވެ.
ބޯޓަށް 9 މިލިއަން ދޭން ޖެހުން އިސްތިއުނާފުކުރަނީ
ބާ ދަގަނޑު ބޯޓަށް 9.2 މިލިއަން ދޭން ޖެހިއްޖެ
އިބޫ ޒަހަމްވީ އަންހެނުންގެ ދަބަހުގައި އޮތް ކަޓަރަކުން!
ޖީއެމްއައިޒެޑްއެލްގެ ޒިންމާތައް އެޗްޑީސީއާ ހަވާލުކޮށްފި
އިބޫ އަށް ފިޔަވަޅު ނާޅަނީ ޝަކުވާއެއް ނުލިބޭތީ: ހޫދު
ޝަޒައިލް ސަސްޕެންޝަންގައި، އިބޫ އަށް ފިޔަވަޅެއް ނާޅާ!
ބޯޓުގެ މައްސަލާގައި އިހުމާލުވިމީހުންނަށް ފިޔަވަޅު އަޅަނީ
އިބޫގެ ވާހަކަތައް ފިނޭންސުން ދޮގުކޮށްފި
ބޯޓުގެ މައްސަލައިގައި އެމްޑީ އިބޫ "ހޫނުފެނަށް"
ތިލަފުށި ހިންގާ ކުންފުނީގައި އެތެރޭގައި ކޯޅުމެއް