Roadha Mihaaru
ރައްޔިތުންގެ ރުޅިއާއެކު ލުބުނާން ސަރުކާރު އިސްތިއުފާދީފި

ރައްޔިތުންގެ ރުޅިވެރިކަން އިތުރުވުމުން ލުބުނާން ސަރުކާރު އިސްތިއުފާ ދީފި

10 އޯގަސްޓް 2020

ބޭރޫތު (އޮގަސްޓް 10) - ބޭރޫތުގެ ކެމިކަލް ގުދަން ގޮވި މައްސަލާގައި ރައްޔިތުންގެ ރުޅިވެރިކަން އިތުރުވެ މަގުތަކަށް މުޒާހަރާ އަށް ނުކުމެފައި ވަނިކޮށް ލުބުނާން ސަރުކާރު މިރޭ އިސްތިއުފާ ދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބޭރޫތު (އޮގަސްޓް 10) - ބޭރޫތުގެ ކެމިކަލް ގުދަން ގޮވި މައްސަލާގައި ރައްޔިތުންގެ ރުޅިވެރިކަން އިތުރުވެ މަގުތަކަށް މުޒާހަރާ އަށް ނުކުމެފައި ވަނިކޮށް ލުބުނާން ސަރުކާރު މިރޭ އިސްތިއުފާ ދީފި އެވެ.

ސަރުކާރު އިސްތިއުފާ ދިންކަން ގައުމީ ޓީވީގައި އިއުލާން ކުރެއްވީ ބޮޑުވަޒީރު ހައްސާން ދިއާބެވެ.

ގިނަ ބަޔަކު ތުހުމަތު ކުރަނީ ކެމިކަލް ގުދަން ގޮވީ ސަރުކާރުގެ ފަރުވާކުޑަވުމުގެ ސަބަބުން ކަމަށެވެ. ބޭރޫތު ބަނދަރުން ހިފެހެއްޓި ބޯޓަކުން ބޭލި 2،750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ގުދަންކޮށްފައި ހުންނަތާ ހަ އަހަރު ވެއްޖެ އެވެ. ގޮވާފައި ވަނީ ގުދަނުގައި ހުރި އެމޯނިއަމް ނައިޓްރޭޓެވެ.

"ރައްޔިތުންގެ ރޫހާ އެއްގޮތަށް ސަރުކާރުން މި ވަނީ އަމަލުކޮށްފައި. ރައްޔިތުން ޑިމާންޑް ކުރަމުން ދިޔައީ މި ހާދިސާގެ ޒިންމާ އުފުލަން ޖެހޭ މީހުން ޒިންމާ ކުރުވަން،" ދިއާބް ވިދާޅުވި އެވެ.

ކެމިކަލް ގުދަން ގޮވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިއަދު ވަނީ 200 އަށް އަރައިފަ އެވެ. އަދިވެސް 110 މީހުން ވަނީ ގެއްލިފަ އެވެ. ގެއްލުނު މީހުންގެ ތެރޭގައި ބިދޭސީ މަސައްކަތު މީހުންނާއި ލޮރީ ޑްރައިވަރުން ހިމެނެ އެވެ.

ލުބުނާނުގެ އާ ބޮޑުވަޒީރަކު ހޮވާނީ ޕާލަމެންޓުންނެވެ.