މި ސަރުކާރުގެ ވަޒީރުން ތިއްބެވީ ރައްޔިތުންނަށްޓަކައި ހިދުމަތް ކުރުމަށް ކެތްމަދުވެފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
18 ނޮވެމްބަރ 2023
މި ސަރުކާރުގެ ވަޒީރުން ތިއްބެވީ ރައްޔިތުންނަށްޓަކައި ހިދުމަތް ކުރުމަށް ކެތްމަދުވެފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މާފަންނު ގަޑިބުރު ޒަމާނީކޮށް އަލުން ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާދަމާ ސަރުކާރުގެ އެކި ވުޒާރާތަކުގެ މަސައްކަތްތައް ރަސްމީކޮށް ފެށިގެން ދާއިރު، މީގެ ކުރިން ލަހުން ކުރިއަށް ދިޔަ މަސައްކަތްތައް ބާރު ސްޕީޑަށް ބަދަލު ވެގެން ދާނެ ކަމަށެވެ.
"[އަމާޒަކީ]ވަރަށް ހަލުވި މިނެއްގައި ކަންތައް ކުރިއަށް ގެންދިއުން. ހުރިހާ ވަޒީރުން އެ ތިއްބެވީ ކެތްމަދުވެފައި. ރައްޔިތުންނަށްޓަކައި ހިދުމަތް ކުރުމަށްޓަކައި ތައްޔާރަށް. ރެޔާއި ދުވާލު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެގޮތުގައި މަސައްކަތް ކުރަމުން ދާނަން." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ކަންކަން ކޮށްދެމުން ދާނީ ރައްޔިތުން ހިމަނައިގެން ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަން ކައުންސިލްތައް މެދުވެރިިކޮށް އޮޅުން ފިލުވަމުންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނަށް ލޯކަލް ކައުންސިލާއި ސަރުކާރުގައި ވެސް މަސައްކަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ ކަންކަން ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކޮށްގެން ކުރިއަށް ގެންދަވާނެ ކަމަށެވެ.
ކައުންސިލްތައް ބާރުވެރި ކުރުމަށް ވަކި ހާއްސަ މިނިސްޓްރީއެއް އުފައްދާފައިވާ ކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވި ގޮތުގައި ދެން ފެނިގެންދާނީ ރައްޔިތުން އެދޭ ގޮތަށް ކައުންސިލްތަކުން ކަންކަން ބާރު ސްޕީޑްގައި ކުރަމުންދާ ތަނެވެ.
"މާލޭގައި ވެސް އަޅުގަނޑު މޭޔަރަކަށް ހުރިއިރު، ސަރުކާރުން ހުއްދަ ނުދިން، ރައްޔިތުން އެދިފައިވާ ހުރިހާ މަޝްރޫއެއް ވެސް ދެން ބާރު ސްޕީޑުގައި ހިނގަމުން ދާނެ. ހާއްސަ ގޮތެއްގައި ޕާކިން ބިލްޑިންތައް އެޅުމަށް ޓަކައި މާލެ ސިޓީ ކައުންސިލުން ނިންމާފައި ހުރި މަޝްރޫއުތައް އެއްބަސްވުންތަކާއެކު އެކަން ކުރުމުގެ ފުރުސަތު ސަރުކާރުން ދޭނަން." ރައީސް ވިދާޅުވި އެވެ.
ގަޑިބުރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅު ދައްކަވަނީ --ފޮޓޯ: ނިޝާން އަލީ/ މިހާރު
އެ މަޝްރޫއާއެކު މާލޭގެ އެކި ހިސާބުތަކުގައި އުސް ޕާކިން އިމާރާތްތައް އަޅައި، ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ލިބިގެން ދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެ މަޝްރޫއު އާއި މަގު ހެދުން ފަދަ ބޮޑެތި މަޝްރޫއުތަކަށް ބޭރުގެ އެހީތެރިކަން ވެސް ހޯދާނެ ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނުގެ ބޯހިޔާވަހިކަމުގެ ވައުދަށް އަލި އަޅުއްވާލައްވައި، ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ހުޅުމާލެ ދެ ފިޔަވަހި ތިން ގުނަ ބޮޑު ބިން ހިއްކާ ނިންމާލެވޭނީ އަށް މަސް ދުވަހުން ކަމަށެވެ.
އެއާއެކު ގުޅިފަޅާއި ގިރާވަޅު ހިއްކުމުގެ މަސައްކަތް ފުޅާކޮށް، ތިލަމާލެ ބްރިޖްގެ މަސައްކަތް އަވަހަށް ނިންމުމަށް ވެސް އިސްކަން ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވައުދުވީ ގޮތަށް މި ދައުރުގައި ރާއްޖޭގައި އެއްވެސް ކަންކޮޅެއްގައި ގެދޮރުވެރިކަމަށް ބޭނުން ޖެހިފައިވާ އެއްވެސް ރައްޔިތަކު ނުހުންނަ ވަރަށް އެ މައްސަލަ ހައްލުކޮށްދިނުން. އިރާދަކުރެއްވިއްޔާ އެކަން ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
ގަޑިބުރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ސަރަހައްދީ ތަރައްގީ ވިސްނުމުގައި އެކި ކަންކޮޅުތަކުގައި އެކި އާބަން ސެންޓަރުތައް ގާއިމް ކުރާނެ ކަމަށާއި މެދު އަދި ދުރު ރާސްތާގައި ރާއްޖެ ތަރައްގީ ވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތިމާވެއްޓަށް ވެސް އަޅުގަނޑުމެން ވިސްނަން ޖެހޭ. ކްލައިމެޓް އެޑަޕްޓޭޝަނަށް ވިސްނަން ޖެހޭ. މި ހުރިހާ ކަމަކާއެކު ރާއްޖެ ކުރިއަށް ގެންދަން ބޭނުންވާއިރު މިއީ އަޅުގަނޑުމެން ކުރިއަށް ގެންދަން ޖެހޭނެ ގޮތް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މިއަދު ބައްދަލުވި ބޭރުގެ އެކިއެކި ބޭފުޅުންގެ ފަރާތުން ރާއްޖެ ތަރައްގީ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީން ކަން ލިބިފައިވާ ކަމަށެވެ.
"ރަށްރަށަށް ވަޒީރުން ގެންދަނީ އަވަހަށް ނަތީޖާ ނެރެން"
"ހާލަތުން އަރައިގަނެ ތަރައްގީ ވެސް ލަހެއް ނުކުރާނަން"
ވަޒީރުންގެ ޕަބްލިކް ފޯރަމް މިރޭ ފަށަނީ
ސަރުކާރާއެކު ކޯޅެން ފުރުސަތު ނުދޭނަން: އާޒިމް
ސިޔާސީ ކުޅިސަމާސާ ވައްދަން ފުރުސަތު ނުދޭނަން:ރައީސް
ރައީސާއި ވަޒީރުން ރައްޔިތުންގެ ކުރިމައްޗަށް!
އާބަން ރީޖަންތައް ހަދަން ދިރާސާއެއް ކުރަނީ
ޑިވެލޮޕްމަންޓް ބޭންކަށް ހާއްސަ އޮތޯރިޓީއެއް ހަދަނީ
ތަރައްގީގެ މާސްޓާ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ދެނީ
ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ކޮމިޓީ ނުބޭއްވުނު