Roadha Mihaaru
ނަޝީދު ބޭނުންފުޅު ވަނީ ރޮޒައިނާ އެމްޑީޕީން ވަކިކުރަން!

"މަޅީގައި" ޖެހުނަ ނުދޭން ރޮޒައިނާ ވަކިކުރަން ނަޝީދު ހުށަހަޅުއްވައިފި

17 އޯގަސްޓް 2020

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޗީފް ވިފް، މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ "މަޅީގައި" އެއްވެސް މެމްބަރަކު ނުޖެހޭނެ ކަމަށް ވިދާޅުވުމަށް ފަހު، އޭނާ ޕާޓީން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ހުށަހަޅުއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޗީފް ވިފް، މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ "މަޅީގައި" އެއްވެސް މެމްބަރަކު ނުޖެހޭނެ ކަމަށް ވިދާޅުވުމަށް ފަހު، އޭނާ ޕާޓީން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ހުށަހަޅުއްވައިފި އެވެ.

އެމްޑީޕީ އަކީ ވަކި ބައެއްގެ އަމިއްލަ މުދަލެއް ކަމުގައި ދެކި ހިންގާ ކަމުގެ ތުހުމަތާ އެކު ފާޅުގައި ސޯޝަލްމީޑިއާގައި ފާޑުވިދާޅުވަމުން ގެންދަވާ ރޮޒައިނާ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ގާބިލްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވީ އެ ޕާޓީގެ ވަޓްސްއެޕް ގްރޫޕެއްގަ އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން އެކަމަށް ތާއީދު ވެސް ކުރެއްވި އެވެ.

ޕާޓީން ވަކިކުރަން ނަޝީދުގެ ހުށަހެޅުއްވުމާ މެދު ރޮޒައިނާ އެއްޗެއް ވިދާޅެއް ނުވެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބައެއް ބޭފުޅުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބައެއް ބޭފުޅުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ ކޮމިޓީތަކުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ހިތްހަމަޖެހިވަޑައިނުގަންނަވާ ކަންކަމާ މެދު ވެސް ރޮޒައިނާ އަޑުއުފުއްލަވަ އެވެ. އެކަމަކު ޕާލަމެންޓްރީ ގްރޫޕްގެ ޗީފް ވިޕަށް ވެވަޑައިގެން ހުންނަވައި އެކަންކަން ސޯޝަލްމީޑިއާގައި އާއްމުކުރެއްވުމުގެ ކުރިން ޕާޓީ ތެރޭގައި ވާހަކަ ދައްކަވައި ހައްލު ހޯއްދަވަން ނޫޅުއްވާ ކަމުގެ ތުހުމަތު ޕާލަމެންޓްރީ ގްރޫޕް ލީޑަރު އަލީ އާޒިމް ވެސް ވަނީ ކުރައްވައިފަ އެވެ.

މި ފަހުން ރޮޒައިނާ ހިތްހަމަޖެހިވަޑައިނުގަތީ ކެބިނެޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެންމެ އިތުބާރު އޮތް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މަގާމުން ދުރުކުރަން ނަޝީދު އިސްވެ މަސައްކަތްޕުޅު ފެއްޓެވެމުންނެވެ. އެއީ، "ބޮޑުވަރު"ގެ ގޮތުގައި ސިފަކުރައްވައި ވިދާޅުވެފައި ވަނީ އެމްޑީޕީ އަށް ގޮނޑިތައް ދިނީ އިދިކޮޅު ޕާޓީ ހެދިގެން މަޖިލިސް މެދުވެރިކޮށް، ރައީސުލްޖުމްހޫރިއްޔާ އަށް ޖެއްސުންކުރަން ނޫން ކަަމަށެވެ.

އެ ރުޅީގައި ރޮޒައިނާ ތުހުމަތު ކުރެއްވި ގޮތުގައި އެމްޑީޕީ އަކީ ވަކި ބައެއްގެ އެއްޗެއް ކަމަށް، ބައެއް މީހުންނަށް ހީވެ އެވެ. އެ މަސައްކަތުގެ ތެރެއިން އެމްޑީޕީގެ ބޮޑުންގެ މިސްރާބު ހުރީ ޕާޓީ ފުނޑައިލުން ކަމުގެ ތުހުމަތާ އެކު ޕާޓީގެ އިސް ލީޑަރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާގެ މި ފާޑުވިދާޅުވުންތަކާ މެދު ނަޝީދު ވަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ކުރިން ވެސް އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕެއްގައި ވާހަކަ ދައްކަވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރޮޒައިނާގެ މަޅީގައި އެމްޑީޕީގެ އެއްވެސް މެމްބަރަކު ނުޖެހޭނެ އެވެ. އެކަން އެ މަނިކުފާނަށް ކަށަވަރު ކަމަށް ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑު ވެސް މިއީ ތިޔަހާ ކުޑަކުއްޖެއް ނޫން. ވަކި ޕަވާ ބޭސް އާއި ނެޓްވޯކް ނުހެދޭނެ. އެމްޑީޕީ އެއްކައިރި ނުކުރެވޭނެ. ފަޔާގެ އިތުބާރު ނެތް ކަމަށް 30 އެމްޕީއަކު ބުނީމާ ދެން ދިމާކުރަންވީ އެމްޕީންނަކާ ނޫން. އަޅުގަނޑު ވެސް މި ނުކުތީ،" އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވި އެވެ. އެމްޑީޕީގެ ބައެއް ނިންމުންތަކާ ގުޅުވައި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި އެހެން ވެސް ބައެއް މެމްބަރުންނާ ދިމާކޮށްލައި ފާޑުވިދަޅުވާ ކަމުގެ ތުހުމަތާ އެކުއެކަން ނުކުރައްވަން ނަޝީދު ވަނީ އެދިވަޑއިގެންފަ އެވެ. ނަޝީދުގެ މެސެޖުގައި އިޝާރާތް ކުރެއްވީ އެމްޑީޕީ އަށް ރައްޔިތުން 65 ގޮނޑި ދިނީ ވެރިކަން ހިންގަން ރައީސަށް ދަތިކުރަން ނޫން ކަމަށް ވިދާޅުވެ ރޮޒައިނާ ޓުވިޓާގައި ދެއްކެވި ވާހަކަތަކަށް ކަމަށް ބެލެވެ އެވެ.