ސްޓްރޯކް ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް އައިޖީއެމްއެޗުގައި ހުޅުވައިފި އެވެ.
18 އޯގަސްޓް 2020
ސްޓްރޯކް ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް އައިޖީއެމްއެޗުގައި ހުޅުވައިފި އެވެ.
އައިޖީއެމްއެޗުން ބުނީ 24 ގަޑިއިރު ފަރުވާ ދެވޭ ގޮތަށް ހުޅުވި މި ސެންޓަރުގައި ހުންނާނީ ހަ އެނދު ކަމަށާއި އޭގެ ތެރެއިން ދެ އެނދަކީ ވެންޓިލޭޓަރުގައި ފަރުވާދިނުމަށް ހާއްސަ ދެ އެނދު ކަމަށެވެ.
ސްޓްރޯކް ޖެހިފައި ރަނގަޅުވަމުން އަންނަ މީހުންނަށް ސްޕީޗް ތެރަޕީ ދިނުމާއި، ފިޒިއޮތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީގެ ހިދުމަތް ވެސް މި ސެންޓަރުން ލިބޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
ހޮސްޕިޓަލުން ބުނީ ސްޓްރޯކް ޖެހޭ މީހުންނަށް ލިބެން ޖެހޭ ފަރުވާ އަވަސްވެ، އެ މީހުން ގާތުން ބެލެހެއްޓުމަށް މި ސެންޓަރުގެ ސަބަބުން މަގުފަހި ވާނެ ކަމަށެވެ. އަދި އަވަސް ފަރުވާ ލިބުމަކީ ފުރާނައަށް ގެއްލުންވާ މިންވަރު ކުޑަވާނެ ކަމެއްކަން އައިޖީއެމްއެޗުން ފާހަގަކުރި އެވެ.
މި ސެންޓަރަކީ މުސްތަގުބަލުގައި ރާއްޖޭގައި އެޑްވާންސް ސްޓްރޯކް ސެންޓަރެއް ގާއިމްކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.
ސްޓްރޯކް ޖެހޭ މީހުންގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނާއި މެދު އުމުރުގެ މީހުން ކަމަށް ވިޔަސް ދިވެހިންގެ ތެރޭގައި މިހާރު ޒުވާނުންނަށް ވެސް މިފަދަ ސިއްހީ ނުރައްކާތައް ކުރިމަތިވުން އަންނަނީ އިތުރުވަމުންނެވެ.
ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ސްޓްރޯކް ފަދަ ބަލިތަކަށް ދިވެހިން ހުށަހެޅުމުގެ މައިގަނޑު ސަބަބަކީ ދިރިއުޅުން ހުންނަ ގޮތާއި ކެއިން ބުއިމުގެ ވައްޓަފާޅި ގެންގުޅޭ ގޮތެވެ.
ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި މީހުން މަރުވާ ސަބަބުތަކުގެ 81 ޕަސެންޓަކީ ގައިން ގަޔަށް ނާރާ ބަލިތަކެވެ. އެއީ ހިތާއި ލޭ ހޮޅިތަކުގެ ބަލިތަކާއި ނޭވާލާ ނިޒާމުގެ ބަލިތަކާއި ކެންސަރާއި ހަކުރުބަލި ފަދަ ބަލިތަކެވެ.
19 އަހަރުން މަތީގެ މީހުންނަށް ޗެކަޕް ތައާރަފްކޮށްފި
ދެފަހަރު މެޑިކަލްޗެކަޕް ހެދޭނީ ޑޮކްޓަރެއްގެ ލަފަޔަށް
"އަހަރަކު ދެ ފަހަރު ޗެކަޕް ހެދުން ރަނގަޅެއް ނޫން"
ރާއްޖޭގައި ސްޓްރޯކް ޖެހޭލެއް މާ ގިނަ
މަޝްހޫރު މިއުޒީޝަން ތަރަބޫޒު ރިޒާ ނިޔާވެއްޖެ
އައިޖީއެމްއެޗުގެ ކިއޫގައި 10،000 މީހުން
ސްޓްރޯކާއި ހާޓްއެޓޭކާ ދެކޮޅަކަށް ކޮފީ
ގިނައިރު އިށީނދެއިނުން ވަރަށް ނުރައްކާ
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ
މަސައްކަތްކުރާ ވަގުތު ގިނަވުމުން މަރުތައް އިތުރުވަނީ