އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާގެ ޝެޑިއުލް ދަތުރުތައް އަންނަ އަންގާރަ ދުވަހު ރާއްޖެ އަށް ފަށަން ތައްޔާރު ވެއްޖެ އެވެ.
19 އޯގަސްޓް 2020
އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާގެ ޝެޑިއުލް ދަތުރުތައް އަންނަ އަންގާރަ ދުވަހު ރާއްޖެ އަށް ފަށަން ތައްޔާރު ވެއްޖެ އެވެ.
އެ އެއާލައިންގެ ރާއްޖޭގެ އޭޖެންޓު، ވިލާ ޓްރެވަލްސް އިން ބުނީ އަންނަ ހަފުތާ އިން ފެށިގެން މާލެ އިން ޓްރިވެންޑްރަމަށް ހަފުތާއަކު ދަތުރެއް އޮންނާނެ ކަމަށެވެ. މި ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހު އެވެ.
މިއީ ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވި ފަހުން އިންޑިއާ އިން ރާއްޖެ އަށް އަންނަ ފުރަތަމަ ޕެސެންޖާ ފްލައިޓެވެ. އެ ގައުމުން ވަނީ ރާއްޖެއާ ދެމެދު ދަތުރުފަތުރުތައް ފެށުމުގެ ގޮތުން "ޓްރެވަލް ބަބަލް" އެއް ވެސް ހަދަން ނިންމައިފަ އެވެ. މިއީ ދެކުނު އޭޝިއާގެ ދެ ގައުމެއްގެ ދެމެދުގައި ހެދޭ މިފަދަ ފުރަތަމަ އެއްބަސްވުމެވެ.
ޓްރެވަލް ބަބުލް ނުވަތަ ޓްރެވަލް ކޮރިޑޯއެއް ހެދުމުގެ މާނަ އަކީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން މީހުން ކަރަންޓީނުކުރާ އުސޫލު ދަތުރުވެރިންނަށް ނުހިނގާ ގޮތަށް ހެދުމެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު ޓްރެވަލް ބަބުލްއެއް ހަދައިފި ނަމަ އިންޑިއާ އިން ރާއްޖެ އަންނަ މީހުން ރާއްޖޭން އިންޑިއާ އަށް ދާ މީހުން ވެސް ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ.
އިންޑިއާ އަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބޭސްފަރުވާ ދާ ގައުމެވެ. އަދި އެ ގައުމަކީ ދެ ވަނަ އަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެހެންވެ އިންޑިއާގެ ދަތުރުތައް އަލުން ފެށުމާ އެކު ޓޫރިސްޓުން އައުން ކޮންމެވެސް ވަރަކަށް އިތުރުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ފްލައިޓް ޑިސްއިންފެކްޓްކޮށް، ފަރުވާއަށް ފޮނުވާލައިފި
ފުރަންދަނިކޮށް ދަތުރު ކެންސަލް، މިހާރު އިންޑިއާ ބަންދު
ކޮންސިއުލޭޓްގެ އިސް މަގާމު އަންހެނަކަށް
ރާއްޖެ ގެންނަން އުޅުނު ޑްރަގްތައް އިންޑިއާއިން ހޯދައިފި
އެއާ އިންޑިއާގެ ބޯޓު ފުރުމުގެ ހުއްދަ އަދިވެސް ނުދޭ
ފައިސަލް، ކެމްޕެއިނަށް ޓްރިވެންޑްރަމަށް ވަޑައިގެންފި
ޑްރަގާއެކު އިންޑިއާ އިން 3 ދިވެއްސަކު ހައްޔަރުކޮށްފި
ޓްރިވެންޑްރަމުން ނާދެވި ތިބި 80 މީހުން ގެނެސްފި
މޯލްޑިވިއަންގެ ބޯޓަށް މައްސަލަޖެހި 80މީހުން ނާދެވިފައި
ކޮންސުލް އަލީ އާދަމް ފޮރިން މިނިސްޓްރީއަށް