Roadha Mihaaru
ގުޅިފައިވާ ތަހުގީގެއް ކުރަންޏާ ޕީޖީއަށް އަންގަން އެދެފި

ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގަންޏާ ޕީޖީގެ ސަމާލުކަމަށް ގެންނަން އަންގައިފި

19 އޯގަސްޓް 2020

ތަހުގީގީ އިދާރާތައް ގުޅިގެން "ޖޮއިންޓް އިންވެސްޓިގޭޝަން"އެއްގެ ގޮތުގައި ތަހުގީގެއް ކުރިއަށް ގެންދާ ނަމަ އެކަން ޕްރޮސެކިއުޓާޖެނެރަލްގެ އޮފީހުގެ ސަލާމުކަމަށް އެކަން ގެންނަން އެ އޮފީހުން މިއަދު އަންގައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ތަހުގީގީ އިދާރާތައް ގުޅިގެން "ޖޮއިންޓް އިންވެސްޓިގޭޝަން"އެއްގެ ގޮތުގައި ތަހުގީގެއް ކުރިއަށް ގެންދާ ނަމަ އެކަން ޕްރޮސެކިއުޓާޖެނެރަލްގެ އޮފީހުގެ ސަލާމުކަމަށް އެކަން ގެންނަން އެ އޮފީހުން މިއަދު އަންގައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި ކަަމަށް ޕީޖީ އޮފީހުން މިއަދު ބުނީ ތަހުގީގު ކުރުމުގައި ކުރިމަތިވާ މައިގަނޑު ތިން ހާލަތެއްގައި އަމަލުކުރަން ޖެހޭނީ މިއަދު އެންގެވި ގޮތަށް ކަމަށެވެ. އެގޮތަށް އެންގީ ގާނޫނުއަސާސީއާއި ގާނޫނުން ޕީޖީއަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

"...ޖިނާއީ މައްސަލަތައް ތަޙްޤީޤްކުރާ ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ޢަމަލުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް މި އިރުޝާދު ނެރުއްވާފައިވަނީ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) އާއި ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ރ) އިން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުންނެވެ،" ޕީޖީ އޮފީހުގެ އެންގުމުގައި ވެ އެވެ.

އެ އެންގުމުގައިވާ ފުރަތަމަ ހާލަތަކީ ތަހުގީގުުކުރަމުން އަންނަ މައްސަލައެއްގެ ވަކި ހިސާބަކުން އެއީ އެހެން އިދާރާއެއްގެ އިހުތިސާސްގެ ތެރޭގައިވާ ކަމެއް ކަން އެނގުމެވެ.

ދެވަނަ ހާލަތަކީ ބަލަމުން އަންނަ މައްސަލައެއްގައި ތަހުގީގީ އެހެން އިދާރާއަކަށް އިހުތިސާސް ލިބޭ ކުށެއް ހިމެނޭކަން އެނގުމެވެ. އެގޮތަށް ދިމާވެއްޖެ ނަމަ ލަސްނުކޮށް އެކަމުގެ އިހުތިސާސް ލިބޭ އިދާރާއަކަށް ހުށަހަޅަން ޕީޖީގެ އެންގުމުގައިވެ އެވެ.

އެންމެ ފަހު ކަމަކަށް އޮތީ ތަހުގީގީ އެކި އިދާރާތައް ގުޅިގެން ތަހުގީގެއް ކުރާ ހާލަތެވެ. އެހާލަތުގައި ޕީޖީގެ ސަމާލުކަމަށް އެކަން ގެންނަން ޖެހޭނެ ކަމަށް އެންގުމުގައިވެ އެވެ.