25 އޮކްޓޯބަރ 2016
ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކެއް ރާއްޖެ އެތެރެކޮށް ވިއްކާ ސިމްޑީ ކުންފުނިން ހުޅުމާލޭގައި ޝޯރޫމެއް ހުޅުވައިފި އެވެ.
ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކެއް ރާއްޖެ އެތެރެކޮށް ވިއްކާ ސިމްޑީ ކުންފުނިން ހުޅުމާލޭގައި ޝޯރޫމެއް ހުޅުވައިފި އެވެ.
ހުޅުމާލޭ އަހިގަސް މަގުގައި ހުންނަ އެފްޑީއައި ކުރިމައްޗަށްވާ ގޮތަށް ހަދާފައިވާ ޝޯރޫމް ރޭ ހުޅުވައިދެއްވީ ހުޅުމާލޭގައި އެންމެ ފުރަތަމަ ވިޔަފާރި ފެއްޓެވި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޝަރީފް (ސަރޭ) އެވެ.
ސިމްޑީން ބުނީ ހުޅުމާލޭގައި ޝޯރޫމެއް ހުޅުވީ އެ ކުންފުނިން އާއްމުންނަށް ވިއްކާ ތަކެތި ހުޅުމާލޭގެ ވިޔަފާރިތަކަށް ފަސޭހައިން ފޯރުކޮށްދިނުމަށް ކަމަށެވެ. ހުޅުމާލޭގެ ހުރިހާ ވިޔަފާރިތަކަށް އެ ޝޯރޫމުން މުދާ ފޯރުކޮށްދިނުމުގެ އިތުރަށް، އެ ޝޯރޫމުން ވެސް މުދާ ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ހުޅުމާލޭގެ ޝޯރޫމުން ވިއްކަނީ ކާބޯތަކެތީގެ ވައްތަރުތަކާއި ރީތިވާން ބޭނުންކުރާ ސާމާނު ފަދަ އާއްމު ތަކެއްޗެވެ.
ސިމްޑީން ވިއްކާ ބައެއް ތަކެތި އެ ކުންފުނިން ހުޅުމާލޭގައި ހުޅުވި ޝޯރޫމްގައި ދައްކާލަން ބަހައްޓާފައި.-- ފޮޓޯ: ހުސެއިން ޝަޔާހް/ މިހާރު
އާއްމުން ބޭނުން ކުރާ މުދަލުގެ އިތުރުން އޮފީސްތަކަށް ބޭނުންވާ ސާމާނާއި ރިސޯޓް ސަޕްލައި ވެސް ކުރާ ސިމްޑީން މީގެ ކުރިން ވަނީ އައްޑޫ ހިތަދޫގައި ވެސް ޝޯރޫމެއް ހުޅުވައިފަ އެވެ. ހުޅުމާލޭގެ ޝޯރޫމެކޭ އެއްގޮތަށް، އައްޑޫގައި ވެސް ޝޯރޫމް މެދުވެރިކޮށް ސިމްޑީން ވިޔަފާރިތަކަށް މުދާ ފޯރުކޮށްދެ އެވެ.
އެފްއެޗްއޭއެމްގެ ކޯ ސްޕޮންސަރަކަށް ސިމްޑީ ގްރޫޕް
ސިމްޑީ އިން ހުޅުމާލެ 2 ގައި 100 ގަސް އިންދައިފި
ހުޅުމާލެ އަށް ސިމްޑީގެ ފިހާރައެއް
ހުޅުމާލޭގައި ކާޑު ހޯލްސޭލްކޮށް ވިއްކަން ފަށަނީ
ތައިލެންޑުގެ މަގުބޫލު ރޫމް ސްޕްރޭ ބިޔޯންޑުން ވިއްކަނީ
"މޮލިންޑޯ"ޕޭސްޓްރީ، ބިޔޯންޑް ޓްރޭޑިން އިން ރާއްޖެއަށް
ހުއްދަ ނުލިބި ބޮޑެތި ފިހާރަތައް ނުހުޅުވިފައި
ރޯދައަށް މުދަލުގެ އަގުބޮޑުވެދާނެ: ވިޔަފާރިވެރިން
ގޯލްޑް ކޮއިންގެ "އޮފު ކެނޑި"، ބޮޑު ގެއްލުމެއް
ލެވޯ އިން ފައިވް ސްޓާ ކެއުމެއް ތަޖުރިބާ ކޮށްލަމާ!