ތޮއްޖެހިފައިވާ މާލޭގައި ހިތްފަސޭހަކަމާ އެކު ވަގުތު ހޭދަކުރަން ހަދާފައި ހުރި ތަންތަން ވީރާނާކޮށް ނެތިކޮށްލުމުން އެ ގެއްލުން ދެވެނީ ރައްޔިތުންނަށް ކަމަށް ވިދާޅުވެ، ރަސްފަންނު ވެލިމަގު ނެގުމުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
22 އޯގަސްޓް 2020
ތޮއްޖެހިފައިވާ މާލޭގައި ހިތްފަސޭހަކަމާ އެކު ވަގުތު ހޭދަކުރަން ހަދާފައި ހުރި ތަންތަން ވީރާނާކޮށް ނެތިކޮށްލުމުން އެ ގެއްލުން ދެވެނީ ރައްޔިތުންނަށް ކަމަށް ވިދާޅުވެ، ރަސްފަންނު ވެލިމަގު ނެގުމުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މާފަންނު ކޮޅުގައި 2016 ވަނަ އަހަރު ހުޅުވި ބީޗު ތަރައްގީކޮށްފައި އޮތް ގޮތުން މާލެ ވަށައިގެން އުނޅަދުތަކަށް ދުއްވޭނެ ގޮތެއް ނޯވެ އެވެ. އެކަމަކު ރަސްފަންނުގެ ބައެއްގެ ގޮތުގައި ހެދި ބައި ނެގުމަށް ފަހު މި ހަފުތާގެ ކުރީކޮޅު އެ މަގު އަލުން ހުޅުވާލާފައި ވެ އެވެ. ހުޅުވާލި ހިސާބުން މަގުގެ ދެކޮޅަށް ވެސް ވެހިކަލަށް ދުއްވެ އެވެ.
މަޝްރޫއު ކުރިއަށް ގެންދިޔައިރު ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފަދަ ތަންތަން ހަދާފައި ހުރީ މާލޭގައި އާއިލާތަކާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ރައްޓެހިންނާއެކު ރައްކާތެރިކަމާއި ހިތްހަމަޖެހުމާއެކު ވަގުތުކޮޅެއް ހޭދަކުރުމަށް ކަމަށެވެ. ނަމަވެސް ރަސްފަންނު ފަދަ ތަންތަން ވީރާނާކުރިއަސް ގެއްލުން ދެވެނީ ރައްޔިތުންނަށް ކަމަށް ވިދާޅުވި އެެވެ.
"...ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ހެދިފައި ހުރި އެންމެހާ ތަންތަން ވީރާނަކޮށް ނެތިކޮށްލުމުން ގެއްލުން އެ ދެވެނީ ރައްޔިތުންނަށް،" މުއިއްޒު ވިދާޅުވި އެވެ.
Rasfannu velimagu negun: Thohjehifaivaa Male' gai aailaa thakaa kudakudhinnaa, isravvehinnaa, rahmaitherin rakkaatherikamaa hihhamajehumaaeku nukumelaa hiffaseyha vaguthukolheh heydhakollumah hedhifaihuri emmehaa thanthan veeraanakoh, nethikollumun gellun e dhevenee rayyithunah! pic.twitter.com/MJpbfsyW31
— Dr Mohamed Muizzu (@MMuizzu) August 22, 2020
އިށީންނާނެ ޖޯއްޔާއި އުނދޯލިތައް ބަހައްޓައި ކުޑަކުދިންނަށް ކުޅެވޭ ގޮތަށް ރަސްފަންނު ބީޗު ހެދުމަށް، ދައުލަތުގެ ބަޖެޓުން 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި އެވެ. މަގު ހުޅުވާލާފައި ވަނީ ޖޯއްޔާއި އުނދޯލިތައް ނަގައި އެތަނުގައި އުސްކޮށް އަޅާފައި ހުރި ވެލިތައް ނަގައި މަގު އެއްވަރުކޮށް ގާ އެތުރުމަށްފަހުގަ އެވެ.
ސިޓީ ކައުންސިލުން ބުނީ އެ މަގު އަލުން ހުޅުވާލީ، މަގު ހެދުމުގެ އާ ޕްރޮޖެކްޓުގެ ދަށުން ކަމަށެވެ. މަގުތަކުގައި ފެން ބޮޑުވުމާއި ޕާކިންގެ މައްސަލަ ހައްލުކުރުމާއި ހިނގާ މީހުންނަށް ފަސޭހަވާނެ ގޮތަކަށް އަލުން ގާ އަތުރައި، މަގުތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ މޯލްޑިވްސް ރޯޑު ޑިވެލޮޕަމްޓް (އާރުޑީސީ) އިންނެވެ. އެ މަޝްރޫއަށް 462 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވެ އެވެ.
މުއިއްޒު އެހެން ވިދާޅުވިއިރު، ރަސްފަންނާއެކު ތަރައްގީކުރި ޕެވީލިއަން ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. ބޮޑު ހަރަދެއްކޮށްގެން ތިން ބުރިއަށް ހެދި ޕެވީލިއަންގައި ހިންގަމުން އައި ރެސްޓޯރެންޓުތައް ހުސްކުރަން ނޯޓިސްދީ އެ ތަން ވެސް ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ބަންދުކޮށްފަ އެވެ. އެހެންވެ 13.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ޕެވީލިއަންގެ ބޭނުމެއް ނުހިފި އެތަން ވެސް ވީރާނާވާން ފަށައިފި އެވެ.
ޕެވީލިއަންގެ ސިޑިތަކާއި އެތަނުގެ ވަށައިގެން ޖަހާފައި ހުރި ބައެއް ފެންސްތައް ވެސް ފީވެގެން ވަނީ ވެއްޓިފަ އެވެ.
ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު ބަންދުކޮށްފި
"މަރާމާތުގެ މަސައްކަތް ފަށަން ދަނީ ތައްޔާރުވަމުން"
ރަސްފަންނުގެ ހާލަތު ފެނިފައި ހިތާމަކުރަން: ރައީސް
"ރަސްފަންނު ބަލަހައްޓަން އެމްޓީސީސީއާ އޮތީ ހަވާލުކޮށްފައި"
ދަތުރުވެރިންގެ މާރުކޭޓްގެ 9 ގޮޅީގެ ވެރިފަރާތް ޖޫރިމަނާ
ޝާހިދު ބައިވެރިވީ ކުރީގެ ކޮންސަލްޓަންޓުގެ ހައިސިއްޔަތުން
މުއިއްޒު މާލޭގެ މޭޔަރުކަމުން އިސްތިއުފާ ދެއްވައިފި
ސިޓީ ކައުންސިލްގެ ދެ މެންބަރަކު އިސްތިއުފާ ދީފި
ނަރީޝް، ކުޅުދުއްފުށި އުތުރު ދާއިރާ އަށް ވާދަކުރައްވަނީ
"އާ ސަރުކާރުން ކައުންސިލްތަކަށް އެއްބާރުލުން ދޭނެ"