Roadha Mihaaru
މިނިސްޓަރު އަމީން މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަނީ

ވެންޓިލޭޓަރު މައްސަލައިގައި ހެލްތު މިނިސްޓަރު މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަނީ

23 އޯގަސްޓް 2020

ކޮވިޑް-19ގެ ފަރުވާއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް ހިންގާފައިވާ ކަމަށް ޚާއްސަ އޮޑިޓުން ފެންމަތިކޮށްފައިވާ މައްސަލަތަކާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މާދަމާ ހާޒިރުކުރަން ނިންމައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19ގެ ފަރުވާއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް ހިންގާފައިވާ ކަމަށް ޚާއްސަ އޮޑިޓުން ފެންމަތިކޮށްފައިވާ މައްސަލަތަކާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މާދަމާ ހާޒިރުކުރަން ނިންމައިފި އެވެ.

މިނިސްޓަރު އަމީން ކޮމިޓީ އަށް ހާޒިރުކުރަން ނިންމާފައި ވަނީ މާދަމާ ހެނދުނު 11:00 އަށެވެ.

އެ ބައްދަލުވުމުގައި އަމީންގެ އިތުރުން ހެލްތު މިނިސްޓްރީގެ 10 ބޭފުޅަކު މަޖިލީހުގެ ކޮމިޓީގައި ބައިވެރިވެވަޑައިގަންނަވާނެ ކަން ކޮމިޓީ އަށް އޮތީ އަންގައިފަ އެވެ.

މާލިއްޔަތު ކޮމިޓީއަށް ހާޒިރުވާ ބޭފުޅުން

- ޑެޕިއުޓީ މިނިސްޓަރު އަބޫބަކުރު އަބްދުލްކަރީމް

- ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު

- ޕާމަނަންޓް ސެކަޓަރީ އައިޝަތު ސާމިޔާ

- ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަހުމަދު ގާސިމް

- ޑެޕިއުޓީ ޑިރެކްޓަރު ޖެނަރަލް ތަސްލީމާ

- ލީގަލް އޮފިސަރު އަލީ ޝިހާމް

- ލީގަލް އޮފިސަރު އިސްމާއިލް ޒާހިރު

- ފައިނޭންޝަލް އެގްޒެކިޓިވް ޑިރެކްޓާ އަހުމަދު އަސްލަމް

- އެސިސްޓަންޓް ޑިރެކްޓަރު ފާތިމަތު ލިމްޔާ

- އެސިސްޓަންޓް ބައޯމެޑިކަލް އިންޖިނިއަރު ހާޝިމް އަބޫބަކުރު ވެންޓިލޭޓަރުތައް ހޯދުމުގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ހިންގާފައި ނޯންނާނެ ކަމުގެ ޔަގީންކަން ހެލްތު މިނިސްޓްރީން ވަނީ ދީފަ އެވެ. އެކަމަކު އޮޑިޓް ރިޕޯޓުން ފާހަގަވި މައްސަލަތައް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އޮޑިޓް ރިޕޯޓުން ފާހަގަވި މައްސަލަތަކުގެ ތަހުގީގު ނިމެންދެން ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރުންނާއި މާލީ ޒިންމާދާރުވެރިޔާ އަހުމަދު އަސްލަމް ވަނީ ސަސްޕެންޑްކޮށްފަ އެވެ. ތަހުގީގު ނިމެންދެން މިނިސްޓަރު އަމީން މަސައްކަތުން އެކަހެރިވެވަޑައިގަތީ އަމިއްލަ އަށެވެ.