Roadha Mihaaru
ކޮންޓޭ އިންޓަގައި މަޑުކުރަން ނިންމައިފި

ކޮންޓޭ އިންޓަގައި މަޑުކުރަން ނިންމައިފި

26 އޯގަސްޓް 2020

މިލާން (އޮގަސްޓް 26) – އިންޓަ ދޫކޮށްލަފާނެ ކަމުގެ އިޝާރާތެއް ދާދި ފަހުން ދިން އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަންނަ ސީޒަނުގައި ވެސް ކްލަބުގައި މަޑުކުރަން ނިންމައިފި އެވެ.

މިލާން (އޮގަސްޓް 26) – އިންޓަ ދޫކޮށްލަފާނެ ކަމުގެ އިޝާރާތެއް ދާދި ފަހުން ދިން އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަންނަ ސީޒަނުގައި ވެސް ކްލަބުގައި މަޑުކުރަން ނިންމައިފި އެވެ.

ކޮންޓޭ މި ނިންމުން ނިންމިކަން ކްލަބުން އިއުލާންކުރީ ކްލަބުގެ ރައީސް ޗައިނާގެ ސްޓީވަން ޒަންގް އާއި ޓީމު މެނޭޖްމަންޓާ އެކު އިއްޔެ ބޭއްވި ތިން ގަޑިއިރުގެ ބައްދަލުވުމަށް ފަހު އެވެ.

މި ސީޒަނުގައި އިންޓައާ ހަވާލުވި ކޮންޓޭގެ ކޯޗުކަމުގައި އެ ޓީމުން ސީޒަނުގެ ފުރަތަމަ ބައިގައި އެއް ވަނައިގައި އޮތެވެ. އެކަމަކު ލީގު ނިންމާލީ ދެ ވަނައިގައި އޮވެ އެވެ. ލީގު ނިމުމުން ކޮންޓޭ ވަނީ ސަޕޯޓް ނުލިބޭ ކަމަށް ބުނެ މެނޭޖްމަންޓަށް ފާޑުކިޔައިފަ އެވެ.

އަންނަ ސީޒަނުގައި ނުހުރެދާނެ ކަމުގެ އިޝާރާތެއް ދިނީ ޔުރޮޕާ ލީގުގެ ފައިނަލުން ހުކުރު ދުވަހުގެރޭ ސެވިއްޔާ އަތުން 3-2 އިން ބަލިވި މެޗަށް ފަހު އެވެ. އެކަމަކު އޭރު ވެސް ބުނީ ޗުއްޓީއަކަށް ފަހު ސީޒަން ދިޔަ ގޮތާ މެދު ވަރަށް ހަމަޖެހިލައިގެން ތިބެ ވާހަކަދައްކާނެ ކަމަށެވެ.

ކޮންޓޭ އަކީ ރޭވުންތެރި، ކާމިޔާބު ކޯޗެއް ނަމަްވެސް އެހާ މައްސަލަ ބޮޑު ކޯޗެއް ވެސް މެ އެވެ. ޔުވެންޓަސްއާ އެކު ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު މަގާމުން ވަކިވީ މެނޭޖްމަންޓާ މައްސަލަ ޖެހި ކުއްލި ގޮތަކަށެވެ. ޗެލްސީއާ އެކު ވެސް ކަންވީ އެހެންނެވެ.