Roadha Mihaaru
އަންނަ އަހަރަށް ހުށަހަޅާނީ ކުޑަ ބަޖެޓެއް: އަމީރު

އަންނަ އަހަރަށް ހުށަހަޅާނީ ކުޑަ ބަޖެޓެއް: އަމީރު

02 ސެޕްޓެމްބަރ 2020

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ކޮވިޑްގެ މި ހާލަތަށް ރިއާޔަތްކޮށް، މި އަހަރަށް ވުރެ ބަޖެޓު ކުޑަވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ކޮވިޑްގެ މި ހާލަތަށް ރިއާޔަތްކޮށް، މި އަހަރަށް ވުރެ ބަޖެޓު ކުޑަވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުން މި އަހަރަށް ފާސްކޮށްފައި ވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ދައުލަތުގެ ބަޖެޓު އަހަރުން އަހަރަށް ބޮޑުވަމުން އައި ނަމަވެސް މިއީ ފަހަކަށް އައިސް ކުރީ އަހަރަށް ވުރެ ކުޑަ ބަޖެޓެއް ސަރުކާރުން ހުށަހަޅާ ފުރަތަމަ ފަހަރު ކަމަށް ވާނެ އެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އަމީރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓު މި އަހަރަށް ވުރެ ކުޑަވާނެ ކަމަށާއި ދައުލަތުގެ ޚަރަދު ކުޑަކުރުމަށާއި އިގްތިސާދީ އާ ކަންކަން ކުރިއަށް ގެންދިއުމަށް އިސްކަންދީފައިވާނެ ކަމަށެވެ. ޚާއްސަކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ސްޓިމިއުލަސް ޕެކޭޖުތަކެއްގެ އެހީތެރިކަން ދިނުމަށް ސަމާލުކަން ދެއްވާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

މި އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ޖުމުލައަކީ 10 ބިލިއަން ރުފިޔާ ކަމަށް ވިޔަސް މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރުގެ އިގްތިސާދީ ހާލަތަށް ބަލާއިރު އެ އަދަދަކަށް އެ ޕްރޮޖެކްޓްތައް އަންނަ އަހަރު ނުހިންގޭނެ އެވެ.

އޭނާ ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ފިސްކަލް ސްޓްރެޓެޖީ ކަރުދާހެއް ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށެވެ.

"އެހެންވީމާ މި އަންނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު އަޅުގަނޑު ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭނަން ވީހާ ވެސް ބޮޑަށް ޕްރޮޑަކްޓިވް ކަންކަމަށް ބަޖެޓު ކުރުމަށް. އެ ޕްލޭންތައް ކުރަމުން ދަނީ،" ---އަމީރު

އަމީރު ވިދާޅުވީ، ކޮވިޑާ ގުޅިގެން އެންމެ ބޮޑަށް ފާހަގަވި އެއް ކަމަކީ ރާއްޖޭގެ އިގުތިސާދު ހަމައެކަނި ޓޫރިޒަމަށް ބުރަވުމުން ކުރިމަތިވި ގޮންޖެހުންތައް ކަމަށް ވާތީ، އެހެން ދާއިރާތަކަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމށެވެ. އެހެންވެ، އަންނަ އަހަރުގެ ބަޖެޓުގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޔާދަކުރަވަނިވި ހަކަތަ އާއި އައިޓީ އިންޑަސްޓްރީ ކުރިއަރުވައި ތަރައްގީ ކުރުމަށް އިސްކަން ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވީމާ މި އަންނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު އަޅުގަނޑު ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭނަން ވީހާ ވެސް ބޮޑަށް ޕްރޮޑަކްޓިވް ކަންކަމަށް ބަޖެޓު ކުރުމަށް. އެ ޕްލޭންތައް ކުރަމުން ދަނީ،" އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޮވިޑާ ގުޅިގެން މިހާރު ވެސް އިގުތިސާދީ އާ ކަންކަން ސަރުކާރުން ފަށާފައިވާ ކަމަށެވެ. އޭގެ ތެރެއިން އަމީރު ފާހަގަކުރެއްވި އެއް ކަމަކީ ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ވިޔަފާރި ކުރިއަރުވަން ސަރުކާރުން ދާދި ފަހުން އުފެއްދި ނެޝަނަލް އެގްރިކަލްޗަރަލް ކުންފުންޏެވެ. އޭގެ އެއް އަމާޒަކީ ދަނޑުވެރިކަމުގެ އިންޑަސްޓްރީއެއް އުފެއްދުމެވެ.

މިނިސްޓަރު އަމީރު އިއްޔެ "މިހާރު" އަށް އިންޓަވިއު ދެއްވަނީ: އަންނަ އަހަރު ޕީއެސްއައިޕީގެ ބަޖެޓު ވެސް ކުޑަވާނެ ކަމަށް ވިދާޅުވި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

މިނިސްޓަރު އަމީރު އިއްޔެ "މިހާރު" އަށް އިންޓަވިއު ދެއްވަނީ: އަންނަ އަހަރު ޕީއެސްއައިޕީގެ ބަޖެޓު ވެސް ކުޑަވާނެ ކަމަށް ވިދާޅުވި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

"ނެޝަނަލް އެގްރިކަލްޗަރަލް ކުންފުނީގެ ތެރެއިން އަޅުގަނޑުމެން މި ބުނަނީ [ދަނޑުތައް] ހައްދާށޭ. ސަރުކާރުން އަޅުގަނޑުމެން އެ ގަންނާނަމޭ، ސެންޓްރަލީ ޕްރޮސެސްކޮށް، މާކެޓު ހޯދުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، ކުދި ވިޔަފާރިތައް ކުރިއަރުން އަންނަ އަހަރު ސްޓިމިއުލަސް ޕެކޭޖެއްގެ ތެރެއިން ކުޑަ އިންޓަރެސްޓެއްގައި ލޯނުތައް ދިނުމަށް ވެސް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.