04 ސެޕްޓެމްބަރ 2020
ނުުހައްގު ދައުވާ އާއި ބޭއިންސާފުން ރައްޔިތުން ސަލާމަތް ކުރުމަށް، ގާނޫނު އަސާސީން އުފެއްދި އެންމެ ބާރުގަދަ އަދި މުހިއްމު މަގާމަކީ ޕްރޮސެކިއުޓާ ޖެނެރަލް ކަމަށް، އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު މިއަދު ވިދާޅުވެއްޖެ އެވެ.
ނުުހައްގު ދައުވާ އާއި ބޭއިންސާފުން ރައްޔިތުން ސަލާމަތް ކުރުމަށް، ގާނޫނު އަސާސީން އުފެއްދި އެންމެ ބާރުގަދަ އަދި މުހިއްމު މަގާމަކީ ޕްރޮސެކިއުޓާ ޖެނެރަލް ކަމަށް، އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު މިއަދު ވިދާޅުވެއްޖެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި، ޕީޖީ ހުސެން ޝަމީމް ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވަމުން ރިއްފަތު ވިދާޅުވީ ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ހިމާޔަތް ކުރުމުގެ ބުރަ އަދި ބޮޑު މަސްއޫލިއްޔަތު އަދާކުރެއްވުމަށް ޝަމީމާއި އެ އޮފީހުގެ މުވައްޒަފުން ކުރައްވާ މަސައްކަތަށް ސާބަސް ދެއްވާ ކަމަށެވެ.
ނުޙައްޤު ދައުވާއި ބޭއިންޞާފުން ރައްޔިތުން މި ންޖުކުރަން ޤާނޫނުއަސާސީ އުފެއްދި އެންމެ މުހިންމު/ބާރުގަދަ މަޤާމަކީ ޕްރޮސިކިއުޓަރ ޖެނެރަލް. ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކުރުމުގެ ބޮޑު/ބުރަ މަސްޢޫލިއްޔަތު އަދާކުރުމަށް ޕީޖީ @HuShameem އަދި މުވައްޒަފުން ކުރައްވާ މަސައްކަތަށް ސާބަސް. https://t.co/4LSVjHIlNT
— I.Riffath (@ibriffath) September 4, 2020
އަހަރީީ ދުވަހުގެ މުނާސަބަތުގައި ޝަމީމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ އޭނާ މަސައްކަތް ކުރައްވަނީ އެތަނަކީ އަބަދު ވެސް، ހުރިހާ ހާލަތެއްގައި ވެސް ގާނޫނާ އެއްގޮތަށް އަމަލު ކުރާތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ކަމަށެވެ. އަދި އިތުބާރާ އެކު، ދުނިޔޭގެ ފެންވަރުގެ ހިދުމަތްދޭ، ދުޅަހެޔޮ މުވައްޒަފުންތަކެއް މަސައްކަތް ކުރާ މުއައްސަސާއެއްގެ ގޮތުގައި ހެދުމަށް ވެސް މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަމީމް ވަނީ، 2008 ވަނަ އަހަރު އެ މުއައްސަސާ ހުޅުވި އިރު އަދި އެންމެ ފުރަތަމަ ޕީޖީގެ މަގާމު އަދާކުރެއްވި އަހުމަދު މުއިއްޒަށް ޝުކުރު އަދާކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މުއައްސަސާ ކުރިއެރުވުމަށް މުއިއްޒު ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރަން މަސައްކަތް ފަށައިފި
ވެންޓިލޭޓަރު މައްސަލައިގައި އޭޖީ ލަފާ ދީފި
ސަރުކާރުން ނަޝީދަށް ރައްދު ދީފި
އާބިޓްރޭޓަރުންނާއެކު ކޯޓު ސަގާފަތް ހުއްޓޭނެ: އޭޖީ
ޔޫޕީއާރް އަށް ސެކްޓާ ރިފޯމް އިންޓަވެންޝަން ހުށަހަޅައިފި
ކުށުގެ ރެކޯޑް ބެލެއްޓުން ޑީޖޭއޭ އަށް
ދައުލަތުން އެދެނީ ބަދަލު ނަގައިދޭވަރު ލިމިޓްކުރަން
އޮންލައިންކޮށް ޝަރީއަތް ބޭއްވުމަކީ ތާރީޚީ ބަދަލެއް:އޭޖީ
"އިސްކަންދޭނީ ޖުޑިޝަރީ އިސްލާހުކުރުން އަވަސްކުރަން"
އޭޖީގެ ހުށަހެޅުން: ސުޕްރީމް ކޯޓު ހުއްޓުވައިދީ!