Roadha Mihaaru
ކުށުގެ ރެކޯޑް ބެލެއްޓުން ޑީޖޭއޭ އަށް

ކުށުގެ ރެކޯޑް ބަލަހައްޓާނީ ޑީޖޭއޭ އިން ކަމަށް ހަމަޖައްސައިފި

08 އޮކްޓޯބަރ 2020

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުތަކުގައި، މަރުކަޒީކޮށް ކުށުގެ ރެކޯޑް ބަލަހައްޓާ އިދާރާއެއް ހުރުން ލާޒިމްކޮށްފައި ވާތީ އެ އިދާރާ އަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ކަމަށް ހަމަޖައްސައިފި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ތިން ވަނަ އިސްލާހު ގެނައުމުގެ ގާނޫނު މިދިޔަ މަހުގެ 22 ގައި ގެޒެޓްކޮށްފައި ވާއިރު އޭގައި ބުނަނީ ގާނޫނަށް ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއެއް އެޓާނީ ޖެނެރަލް ކަނޑައަޅަންވާނެ ކަމަށެވެ. އޭޖީ އޮފީހުން ބުނީ ގާނޫނުން މިގޮތަށް ލާޒިމްކުރާތީ، ޑީޖޭއޭ އަކީ މަރުކަޒީކޮށް ކުށުގެ ރެކޯޑް ބަލަހައްޓާ އިދާރާ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ހަމަޖެއްސެވީ ޑީޖޭއޭ ކަމަށެވެ. ގާނޫނުގައި ބުނާ ގޮތުން މިގޮތަށް އެޓާނީ ޖެނެރަލް ކަނޑައެޅުއްވުމާ އެކު ހަ މަސް ދުވަހުގެ ތެރޭގައި، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބެލެހެއްޓޭނެ ނިޒާމެއް ޑީޖޭއޭ އިން ހަމަޖައްސަން ޖެހޭނެ އެވެ. އޭޖީ އޮފީހުން ބުނީ މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއެއް ކަނޑައެޅުމަކީ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކަމާއެކު ހިންގުމަށް ކުރެވެމުންދާ މަސައްކަތުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.