Roadha Mihaaru
ރާއްޖޭން ލަންކާއަށް ދިޔަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން ލަންކާއަށް ދިޔަ ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

11 ސެޕްޓެމްބަރ 2020

އަވަށްޓެރި ސްރީ ލަންކާއަށް ރާއްޖޭން ދަތުރުކުރި ފަސްމީހަކު އިއްޔެ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަވަށްޓެރި ސްރީ ލަންކާއަށް ރާއްޖޭން ދަތުރުކުރި ފަސްމީހަކު އިއްޔެ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެެވެ.

ލަންކާގެ ޑިޕާޓްމަންޓް އޮފް ގަވަމެންޓް އިންފޮމޭޝަަންއާ ހަވާލާދީ ނޫސްތަކުން ބުނީ އެ ގައުމުން އިއްޔެ އަލަށް ފެނުނު ކޮވިޑް ކޭސްތަކުުގެ ތެރޭގައި ރާއްޖެއިން އެގައުމަށް ދިޔަ ފަސްމީހަކު ހިމެނޭ ކަމަށެވެ. އެކަމަކު އެ ފަސްމީހުންނަކީ ދިވެހިން ކަމެއް ނުވަތަ އެހެން ގައުމެއްގެ މީހުން ކަަމެއް ނުބުނެ އެވެ.

އިއްޔެ ފެނުނު ކޭސްތަކާ އެކު އެ ގައުމުގައި ކޮވިޑް ޖެހުނު މީހުންގެ ޖުމްލައަކީ މިހާރު 3152 އެވެ. އޭގެ ތެރެއިން 2955 މީހަކު މިހާރު ވަނީ އެބަލިން ރަނގަޅުވެފަ އެވެ.

ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އަކީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައިލި ފަހުން އެންމެ ފުރަތަމަ ދަތުރުކުރަން ފެށި އެއާލައިންތަކުގެ ތެރެއިން އެއް އެއާލައިނެވެ. ރާއްޖެއަށްދަތުރުކުރާ ޓޫރިސްޓުން ވެސް ބައެއް ފަހަރު ދެގައުމުގައި ޗުއްޓީ ހޭދަކުރެ އެވެ.

އާބާދީގައި 20 މިލިޔަނަށް ވުރެ ގިނަ މީހުން ތިބި ލަންކާގައި ކޮވިޑް ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފައި ވިޔަސް ރާއްޖޭގައި އެބަލި ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ. ރާއްޖޭން އެބަލި ޖެހުނުކަން އެނގޭ މީހުންގެ އަދަދު މިހާރު ވަނީ 9،000 އާ ގާތުގަ އެވެ.