"އިންޑިއާ އައުޓް"ގެ ނަމުގައި މިހާރު ހިންގަމުން އަންނަ ހަަރަކާތަކީ ހަރުކަށި ފިކުރުގެ މީހުން އަޑީގައި ތިބެގެން ހިންގާ ކަމެއް ކަމަށާއި އިދިކޮޅު ޕީޕީއެމުން އެ ޖާގަ ދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ތުހުމަތުކުރައްވައިފި އެވެ.
13 ސެޕްޓެމްބަރ 2020
"އިންޑިއާ އައުޓް"ގެ ނަމުގައި މިހާރު ހިންގަމުން އަންނަ ހަަރަކާތަކީ ހަރުކަށި ފިކުރުގެ މީހުން އަޑީގައި ތިބެގެން ހިންގާ ކަމެއް ކަމަށާއި އިދިކޮޅު ޕީޕީއެމުން އެ ޖާގަ ދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ތުހުމަތުކުރައްވައިފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ ޕީޕީއެމް އާއި ކުރީގެ ރައީސް މުހައްމަދު ވަހީދު ގެންދަވަނީ ހަރުކަށި މީހުންގެ ނާޖާއިޒް ފައިދާ ނަންގަވަމުންނެވެ. އެއީ ޕީޕީއެމުން ކުރާ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށާއި ރާއްްޖޭގެ މިނިވަންކަން އެންމެ ފަސޭހައިން ގެއްލޭނެ ކަމަކީ ވެސް އެކަމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެއީ ޕީޕީއެމުން ކުރާ ވަރަށް ނުރައްކާތެރި، ދަށު ދަރަޖައިގެ ކަމެއް. ރާއްޖޭގެ މިނިވަންކަން އެންމެ ފަސޭހައިން ގެއްލޭނެ ކަންތައް،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ތުހުމަތުކުރެއްވި ގޮތުގައި އިދިކޮޅުން މަސައްކަތްކުރަނީ "އައިސިސް ރާއްޖެ ހިފުމުގެ ޕްލޭނަކަށެ"ވެ.
އެމްޑީޕީގެ ގައުމީ މަޖިލީހަށް ނަޝީދު އެ މެސެޖް ދޫކޮށްލެއްވީ ސަރުކާރާ ދެކޮޅަށް އަޑުއުފުލަން މާލޭގައި އިއްޔެ ބޭއްވި ސައިކަލް ބުރު ކުރިއަށް ދިޔަ ވަގުތު އެވެ. އެކަމަކު އެއީ ޕީޕީއެމުން ރާވައިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ނޫން ކަމަށް އެ ޕާޓީން ބުންޏެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ އެފަދަ ހަރަކާތެއް ބަޔަކު ބާއްވަން އުޅޭ ކަމުގެ ހަބަރު ކޯލިޝަނަށް އެންމެ ފުރަތަމަ ލިބުނީ މީގެ ދެ ދުވަސް ކުރިން، ފުލުހުންގެ ފަރާތުން ކަމަށެވެ. އަދި އެ ހަރަކާތުގައި ބައިވެރިވާން ނިންމައި، އެކަން ފުލުހުންނަށް އެންގި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
މަޖިލީހުގައި ނަޝީދުގެ ފެކްޝަނާއި އިދިކޮޅު އެއްގަލަކަށް!
"އިންޑިއާ އައުޓް" އިން ގެއްލުން ލިބޭނެ ވަރު ބަލަނީ
ބައި އިލެކްޝަނުން ދެއްކީ 2023 ގެ "މަގުޗާޓް"؟
މަޖިލިސް ހަރާބުކުރެއްވި ކަމުގެ ތުހުމަތު އަފީފަށް
ނަޝީދު ބޭނުންވާ އިއްތިހާދުގެ ޝަރުތުތައް ހާމަކުރައްވައިފި
އެމްޑީޕީގައި ހަރުކަށި ވިސްނުން އެބައޮތް: ނަޝީދު
މުއިއްޒަށް އެއްބާރުލުން ދޭނަން: ނަޝީދު
ސަރުކާރުގެ ވައްކަމުން އެމްޑީޕީއަކަށް ނުރެކެވޭނެ: ސައީދު
ރެސިޑެންސް ވިސާގެ އިސްލާހު އަނބުރާ ގެންދޭ:އިދިކޮޅު