އާންމުކޮށް ވިއްކަން މި ހުންނަ ކަޕް ނޫޑްސް ތައްޓަކީ ޖަައްވީ މިޝަންތަކަށް ދާއިރު ބޭނުންކުރެވޭ އެއްޗެއް ނޫނެވެ. ސަބަބަކީ ޖައްވީ ސްޓޭޝަން އައިއެސްއެސްގައި 100 ޑިގްރީ އަށް ފެން ހޫނު ނުކުރެވުމެވެ. އެހެންވެ ކަޕް ނޫޑްސްލް ޖައްވުގައި މަޑުނުކުރެވި، އެސްޓްރޮނޯޓުން ނޫޑްލްސް އިން މަހުރޫމްވާތީ ޖަޕާނުގެ ކުންފުންޏަކުން މިއޮތީ މިކަމަށް ހައްލެއް ހޯދައިދީފަ އެވެ.
21 ސެޕްޓެމްބަރ 2020

އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ ނިސިން އިން ވަނީ "ސްޕޭސް ކަޕް ނޫޑްލްސް" ގެ ނަމުގައި ތަފާތު ރަހަތަކެއްގެ ނޫޑުލްސް ތައްޔާރުކޮށްފަ އެވެ. މީގެ ހަތް ރަހައެއް އެކުލެވޭ އިރު އޭގެ ތެރޭގައި ހިމެނެނީ ޗިކެން ރަމެން، ސީފުޑް ކަރީ، ކީމާ ކަރީ، ހަޔާޝީ މެޝީ، ޔަކި ސޯބާ އަދި އޮރިޖިނަލް އެވެ. މި ނޫޑުލްސްގެ ޕެކްތައް ހުންނަނީ ލޭ ނަގާފައި އަޅާ ކަހަލަ ޕެކެއްގަ އެވެ.
「焼そばU.F.O」宇宙へ 湯切り不要 野口聡一飛行士の好物 https://t.co/dP8GIgO24a
— NOGUCHI, Soichi 野口 聡-(のぐち そういち) (@Astro_Soichi) September 16, 2020
"ސްޕޭސް ކަޕް ނޫޑްލްސް" ތައްޔާރުކޮށްފައި ވަނި އައިއެސްއެސްގައި ފެން ހޫނުކުރެވޭ މިންގަނޑު ކަމަށްވާ 70 ޑިގްރީގައި ރީއްޗަށް މަޑުކޮށްލައިގެން ކާލެވޭ ގޮތަށެވެ. މި ނޫޑުލްސް ނިސިން އިން އުފެއްދީ ޖަޕާނުގެ އެސްޓްރޮނޯޓެއް ކަމަށްވާ ސޮއިޗީ ނޮގޫޗީގެ އެހީގަ އެވެ. މި މަސައްކަތަށް އޭނާގެ ތަޖުރިބާ ވަރަށް ބޮޑަށް ބޭނުންކޮށްފައިވެ އެވެ.
ސޮއިޗީ ދެން އެންމެ އަވަހަށް ޖައްވަށް ކުރާ ދަތުރުގައި "ސްޕޭސް ކަޕް ނޫޑްލް" ގެންގޮސް، ތަޖުރިބާކުރާނެ އެވެ. މި ނޫޑްލްސްގެ ވާހަކަ 55 އަހަރުގެ އެސްޓްރޮނޯޓް ޓްވިޓާގައި ވެސް ހިއްސާކޮށްފައިވެ އެވެ.
ޖައްވުގައި މިރުސް ހެއްދި އެސްޓްރޮނޯޓުން ނެޕީގައި
ޖަޕާނުގެ އެސްޓްރޮނޯޓަކަށް ދުނިޔޭގެ ރެކޯޑެއް
ޖައްވުގައި ހުރެގެން އޭނާ ނަމާދުކުރާ ގޮތް
އަރަބި އަންހެނަކު އަލަށް ޖައްވަށް
ހަނދު ވަށައި ބުރެއް ޖަހަން ފޮނުވާ ޓީމް ހާމަކޮށްފި
ސައޫދީގެ އަންހެން އެސްޓްރޮނޯޓަކު ޖައްވީ ސްޓޭޝަނަށް
ނާސާގެ އެސްޓްރޮނޯޓްގެ ތައުރީފު ދިވެހި ސްޕޭސް ޓީމަށް
ޖަޕާންގެ މަހުޖަނަކު އައިއެސްއެސް އަށް
ނާސާގެ އެސްޓްރޮނޯޓުންގެ ބެޗަށް 10 މީހުން
ޗައިނާގެ ޖައްވީ ސްޓޭޝަނަށް އަލަށް އަންހެން ފަޅުވެރިއެއް