23 ސެޕްޓެމްބަރ 2020
އިންޑިއާ އާއި ޕާކިސްތާން އަދި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ސަފީރުކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވި ބޭފުޅުން މަގާމަށް އައްޔަންކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ސަފީރުކަމުގެ ފަތްކޮޅު ހަވާލުކުރައްވައިފި އެވެ.
އިންޑިއާ އާއި ޕާކިސްތާން އަދި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ސަފީރުކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވި ބޭފުޅުން މަގާމަށް އައްޔަންކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ސަފީރުކަމުގެ ފަތްކޮޅު ހަވާލުކުރައްވައިފި އެވެ.
އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް އައްޔަނުކުރެއްވީ، ހ. ނިޔާސާގެ ޑރ. ހުސެއިން ނިޔާޒެވެ. ޔޫއޭއީގެ ސަފީރުކަމަށް ހ. މީސްޓޮލޮޖް، އާމިނަތު ޝަބީނާ އައްޔަންކުރެއްވި އިރު ޕާކިސްތާނުގެ ސަފީރުކަމަށް އައްޔަންކުރެއްވީ ގ. ޗޭނުގެ ފަރުޒާނާ ޒާހިރެވެ.
އިންޑިއާގައި ހުންނަވާ ސަފީރު ކަމަށް އައްޔަނުކުރެއްވި ޑރ. ނިޔާޒު އެންމެ ފަހުން ހުންނެވީ ޔޫއޭއީގެ ސަފީރުކަމުގެ މަގާމުގަ އެވެ. ފޮރިން މިނިސްޓްރީގެ އިސް މަގާމުތަކެއް އަދާކުރައްވާފައިވާ ނިޔާޒު ވަނީ ނިއު ޒިލޭންޑުން ޑިމޮގްރަފިކް އެންޑް ޑިވެލޮޕްމެންޓްގެ ދާއިރާއިން ޑޮކްޓްރޭޓް އޮފް ފިލޯސަފީ ހާސިލްކުރައްވައިފަ އެވެ. ރައީސް އޮފީހުން ބުނީ، އޭނާ އަކީ އަބޫ ދާބީގެ އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީގެ ދާއިމީ މަންދޫބެއް ކަމަށެވެ.
ޔޫއޭއީގައި ހުންނަވާ ސަފީރު ކަމަށް އައްޔަންކުރެއްވި ޝަބީނާ އާއި ޕާކިސްތާނުގެ ސަފީރު ކަމަށް އައްޔަނުކުރެއްވި ފަރުޒާނާ އެންމެ ފަހުން އަދާ ކުރައްވަމުން އައީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކަޓަރީގެ މަގާމެވެ. ދެ ބޭފުޅުން ވެސް ވަނީ ފޮރިން މިނިސްޓްރީގައި އެކި މަގާމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ. ޝަބީނާ ބިޒްނަސް އެޑްމިނިސްޓްރޭޝަނުން މާސްޓާސް ޑިގްރީއެއް ހާސިލްކުރައްވާފައި ވާއިރު ފަރުޒާނާ ވަނީ ޑިވެލޮޕްމަންޓް ސްޓަޑީޒް އިން މާސްޓާސް ޑިގްރީއެއް ހާސިލްކުރައްވައިފަ އެވެ.
ހައިޑްރޯގްރަފީ މަސައްކަތަށް އިންޑިއާގެ އިތުރު އެހީ
ޝަހީބާއި އަލިދީ ސަފީރުކަމަށް އައްޔަންކޮށްފި
"އިންޑިއާ ފަސްޓް ޕޮލިސީ" ދަމަހައްޓާނަން: ރައީސް
މޯދީގެ ދައުވަތަކަށް ރައީސް އިންޑިއާއަށް ވަޑައިގެންފި
ސަސްޓެއިންނަބިލިޓީ ވީކްގައި ރައީސް ބައިވެރިވެވަޑައިގެންފި
އަބޫދާބީގެ ވަލީއަހުދުގެ ދައުވަތަކަށް ރައީސް ޔޫއޭއީ އަށް
އިންޑިއާ އާ ސަފީރު މަގާމާ ހަވާލުވެއްޖެ
ދެ ޑޯޒް ޖެހިޔަސް އެމިރޭޓްސްއަށް ނުވަދެވޭނެ އޭޝިޔާގެ ހަ ގައުމެއް
އިންޑިއާގެ ފޮރިން މިނިސްޓަރާ ރައީސް ބައްދަލުކުރައްވައިފި
ރައީސް އަބޫދާބީގެ ވަލީއަހުދާ ބައްދަލުކުރައްވައިފި