Roadha Mihaaru
"ގެއްލުނު" ޖެކް މާ ފެނުނީ ވީޑިއޯއަކުން

"ގެއްލުނު" ޖެކް މާ ފެނުނީ ވީޑިއޯއަކުން

20 ޖެނުއަރީ 2021

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އާންމުންނަށް "ގެއްލިފައިވާ" ޗައިނާގެ މަޝްހޫރު މަހުނަޖު ޖެކް މާގެ ވީޑިއޯއެއް އާންމުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އާންމުންނަށް "ގެއްލިފައިވާ" ޗައިނާގެ މަޝްހޫރު މަހުނަޖު ޖެކް މާގެ ވީޑިއޯއެއް އާންމުކޮށްފި އެވެ.

ޗައިނާގެ ރަސްމީ މީޑިއާ އިން ދެއްކި އެ ވީޑީއޯގައި ފެންނަނީ އަލީބާބާ ގްރޫޕްގެ ކުރީގެ ޗެއާމަން އަދި އޭންޓް ގްރޫޕްގެ ސީއީއޯ އޭނާގެ އުފަން ސިޓީ ހަންގްޒޫގެ ޕްރައިމަރީ ސްކޫލަކަށް ޒިޔާރަތްކުރައްވައި އެތަނުގެ އޮފިޝަލުންނާ އެކު އުޅުއްވާ ތަނެވެ. މި ވީޑިއޯ އަކީ ކޮން އިރަކު ނަގާފައިވާ އެއްޗެއްކަން ސާފު ނުވިޔަސް އެ ވީޑިއޯ އަކީ ސައްހަ ވީޑިއޯއެއްކަން އަލީބާބާގެ އޮފިޝަލުންތަކެއް ޔަގީންކޮށް ދީފައިވެ އެވެ. އެކަމަކު ޖެކް މާ މި ވަގުތު ހުރި ތަނެއް އަދިވެސް ނޭނގެ އެވެ.

ޖެކް މާ އަކީ އޭނާގެ ވަރަށް ޒުވާން ދުވަސްވަރު ޓީޗަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް މަސައްކަތްކުރެއްވި އަދި އޭގެ ފަހުން ވެސް ތައުލީމީ ދާއިރާ އަށް ވަރަށް ހާއްސަ ލޯތްބެއް ބަހައްޓަވާ ބޭފުޅެކެވެ.

ޗައިނާގައި ދެވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމުގައި ހުރި ޖެކް މާ އަށް ވީނުވީއެއް ނޭނގި "ގެއްލިފައިވާ" ކަމަށް މީޑިއާތަކުން މިިދިޔަ މަހު ރިޕޯޓްކުރީ އަލީބާބާގް ހިއްސާ އޮންނަ ޖެކް މާގެ އޭންޓް ގްރޫޕް ހިއްސާގެ ބާޒާރުގައި ލިސްޓްކުރަން މަސައްކަތް ކުރަމުން އަންނަނިކޮށް އެ ވިޔަފާރީގެ ސައްހަކަމާ ދޭތެރޭ ސުވާލު އުފައްދައި ޗައިނާގެ ކަމާބެހޭ ފަރާތްތަކުން އެކަން ހުއްޓުވާފައި ވަނިކޮށެވެ. އަދި ޗައިނާގެ މާލީ އިދާރާތަކާއި ބޭންކްތައް ހިންގާ ގޮތާ ދޭތެރޭ ވެސް ރުހިވަޑައިނުގެން ވެސް މި ފަހުން ޖެކް މާ ވާހަކަ ދައްކަވާފައިވެ އެވެ.