Roadha Mihaaru
މިއަދު ކޮވިޑް އަށް ޕޮޒިޓިވްވީ 49 މީހުން

މިއަދު ކޮވިޑް އަށް ޕޮޒިޓިވްވީ 49 މީހުން

12 އޮކްޓޯބަރ 2020

ފާއިތުވި 24 ގަޑި އިރު ރާއްޖެއިން 49 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ފާއިތުވި 24 ގަޑި އިރު ރާއްޖެއިން 49 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އޭގެ ތެރެއިން 43 ކޭހަކީ މާލެއިން ފެނިފައިވާ ކޭސްތަކެވެ. އަދި ބާކީ ހަ ކޭސް ފެނުނީ ރަށްރަށުންނެވެ. މިއާއެކު ޖުމްލަ ޕޮޒިޓިވް ކޭސްތަކުގެ އަދަދު 10،943 އަށް އަރާފައިވާއިރު މިވަގުތު ފަރުވާދެމުން އަންނަނީ 1،118 މީހުންނަށެވެ. ބާކީ 9،783 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

މިވަގުތު ހޮސްޕިޓަލްތަކުގައި 68 މީހުންނަށް ފަރުވާދެމުން އަންނަ އިރު 389 މީހުން ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގަ އެވެ. އަދި މިބަލީގައި 35 މީހުން ވަނީ މަރުވެފަ އެވެ.

މީގެ އިތުރަށް އަތޮޅު ތެރޭގައި ވެސް 21 ޕޮޒިޓިވް ކޭސް ތިބި އިރު 20 ރިސޯޓަކުން 12 ޓޫރިސްޓުންނާއި 19 ސްޓާފުން ވެސް ޕޮޒިޓިވްވެފައި ވެއެވެ.