Roadha Mihaaru
ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރާ އިސްލާހު އެޖެންޑާކޮށްފި

ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރަން ހުށަހެޅި އިސްލާހު އެޖެންޑާކޮށްފި

14 އޮކްޓޯބަރ 2020

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގާނޫނު އަސާސާސީއަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހަށް އެޖެންޑާކޮށް އެ ބިލްގެ ފުރަތަމަ ކިއުން މިއަދު އިއްވައިިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގާނޫނު އަސާސާސީއަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހަށް އެޖެންޑާކޮށް އެ ބިލްގެ ފުރަތަމަ ކިއުން މިއަދު އިއްވައިިފި އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ހުށަހެޅުއްވީ ތޯރިގު ކުރިން ވިދާޅުވެފައިވާ އެ ކޮމިޝަނަށް ސަރުކާރާއި މަޖިލީހުގެ ނުފޫޒު ފޯރާތީ ކޮމިޝަންގެ މިނިވަންކަމާއި މުސްތަގިއްލުކަމަށް ހުރަސް އެޅޭތީ އެވެ. ފާއިތުވި 12 އަހަރު ވެސް އެކަން ވަރަށް ބޮޑަށް ފާހަގަވެފައިވާ ކަމަށް ބިލު ހުށަހެޅުއްވި އިރު އޭނާ ވިދާޅުވެފައިވެ އެވެ.

މިނިވަންކަމާ އެކު ތިން ބާރު ވަކިން ހިންގުމުގެ ފުރުސަތު ގާނޫނުއަސާސީން ލިބޭއިރު، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު ހަމަ މަގުގައި ހިފަހައްޓަން އޮންނަ ޖޭއެސްސީ އެކުލަވާލުމުގައި ގާނޫނު ހެދުމުގެ ބާރާއި ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ތަމްސީލުކުރަނީ ސިޔާސީ ބޭފުޅުންކަމަށާއި އެ ބޭފުޅުން ބައިވެރިވެގެން ޖޭއެސްސީން ބަލާ މައްސަލަތަކާއި ނިންމާ ނިންމުންތަކަށް ނުރަނގަޅު ސިޔާސީ ނުފޫޒު ވަންނަ ކަމަށް ބިލްގައި ތޯރިގު ވިދާޅުވެފައިވެ އެވެ.

"ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގެ ޖުރިސްޓިކްޝަންތަކުގެ ޖުޑީޝަލް ކައުންސިލްތަކާއި ޖުޑީޝަލް ކޮމިޝަންތައް އެކުލަވާލުވުމުގައި ރިއާޔަތްކޮށްފައިވާ ހަމަތަކަށް ބަލައި، ނުރަނގަޅު ސިޔާސީ ނުފޫޒާއި ބާރުން އެކަހެރިވެ، ޕްރޮފެޝަނަލް ގޮތެއްގައި ޖުޑީޝަލް ސާވިސް ކޮމީޝަން މަސައްކަތްކުުރމުގެ މާހައުލު ގާއިމްކުރުމުގެ ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލަވާލެވިގެންވާ ގޮތް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 82 ވަނަ މާއްދާގެ ދަށުން މި ބިލް ހުށަހަޅަމެވެ،" ތޯރިގު ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ހުށަހެޅި އިސްލާހުގެ ފުރަތަމަ ކިއުން މިއަދު އިއްވި އިރު، ޖޭއެސްސީގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަަޑައިގަންނަވާތީ އިދިކޮޅު މެމްބަރުން މިއަދު ވެސްް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭގެ ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ ގާނޫނު އަސާސީ އޮތް ގޮތުން އެމަނިކުފާނަށް ޖޭއެސްސީން އިސްތިއުފާ ދެއްވެން ނެތް ކަމަށެވެ.