Roadha Mihaaru
ހަނގުރާމައިން އައި މީހާގެ ބަންދަށް ހަތް ދުވަސް

ހަނގުރާމައިން އައި މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފި

16 އޮކްޓޯބަރ 2020

ހަނގުރާމަ އަށް ދިޔަ ކަމަށް ތުހުމަތު ކުރެވޭ ދިވެހި މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހަނގުރާމަ އަށް ދިޔަ ކަމަށް ތުހުމަތު ކުރެވޭ ދިވެހި މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ޓެރަރިސްޓް ޖަމާއަތްތަކާއެކު ސީރިޔާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް އެ ގައުމަށް ދަތުރުކޮށް، ރާއްޖެ އައިފަހުން ހައްޔަރުކުރި 34 އަހަރުގެ ފިރިހެން މީހާ ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގުކުރަން ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ.

އެ މައްސަލައިގައި، އޭނާ ދިރިއުޅޭ ތަން ވެސް ފުލުހުން ރޭ ފާސްކޮށްފައި ވެ އެވެ.

ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އާއްމުކޮށްފައިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުގައި، މުޅި ސިރިޔާ ހިމަނާފައިވަނީ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގަ އެވެ. އޭގެ އިތުރުން ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި 19 ޖަމާއަތެއް ހިމަނާފައި ވެ އެވެ.

ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި ބައެއް ދިވެހިން ދަނީ ބައިވެރިވަމުންނެވެ. އޭގެ ތެރެއިން ބައެއް މީހުން ހަނގުރާމައިގައި މިހާރު ވަނީ މަރުވެފަ އެވެ. ހަނގުރާމައިގައި ބައިވެރިވުމަށް ފަހު އެނބުރި ރާއްޖެ އައި ބައެއް މީހުންގެ މައްޗަށް ދައުލަތުން ދައުވާކުރި އެވެ. އެކަމަކު މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ.