19 އޮކްޓޯބަރ 2020
މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު ފެޝަން ޝޯ ކަމަށްވާ ޔޫއޭއީގައި ބާއްވާ "އަރަބް ފެޝަން ވީކް" މި އަހަރު އޮންލައިންކޮށް ބާއްވަން ނިންމައިފި އެވެ.
މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު ފެޝަން ޝޯ ކަމަށްވާ ޔޫއޭއީގައި ބާއްވާ "އަރަބް ފެޝަން ވީކް" މި އަހަރު އޮންލައިންކޮށް ބާއްވަން ނިންމައިފި އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި މިގޮތަށް ފެޝަން ޝޯ ބާއްވާނީ މަހުގެ 21-24 އަށް، މައިކްރޮސޮފްޓާ ގުޅިގެންނެވެ. އަދި ޝޯ ލައިވް-ސްޓްރީމްކުރުމުގެ ޒިންމާ ނަގާނީ ފޭސްބުކުންނެވެ. މީގެ އިތުރުން ޑިޖިޓަލް ޝޯރޫމް ޕްލެޓްފޯމް "ޖޫރް" އިން ވެސް ޝޯ ބަލައިލެވޭނެ އެވެެ.
"އަރަބް ފެޝަން ވީކް" މި އަހަރު ފަށައިދޭނީ ލުބްނާންގެ ޕޮޕް ތަރި މާޔާ ދިއާބެވެ. އޭނާ އަކީ މި އަހަރުގެ ފެޝަން ޝޯގެ "ފެޝަން އައިކަން އޮފް ދަ އަރަބް ވޯލްޑް" އެވެ. އަރަބް ފެޝަން ކައުންސިލްގެ އެހީގައި ބާއްވާ ޝޯގެ މި އަހަރުގެ ޝިއާރަކީ "ޑްރީމް ބިގާ، ދަ ޕަވާ ޓު އެޗީވް މޯ" އެވެ.
ޝޯގައި މި ފަހަރު މަޝްހޫރު 30 ޑިޒައިނަރެއްގެ ފަރުމާތައް ދައްކައިލަން ހަމަޖެހިފައިވާ އިރު މެދުއިރުމަތީގެ އެކި ގައުމުތަކުގެ ޑިޒައިނަރުންގެ އިތުރުން އޭޝިއާ އާއި ޔޫރަޕާއި އެމެރިކާގެ ޑިޒައިނަރުންގެ ފަރުމާތައް ވެސް ދައްކާލާނެ އެވެ.
Arab Fashion Week is set to launch this week supported by Microsoft - https://t.co/bkfojf5mqD pic.twitter.com/XREJ3pvxRT
— Arab Fashion Council (@afashioncouncil) October 18, 2020
އަރަބް ފެޝަން ކައުންސިލްގެ ބާނީ އަދި ސީއީއޯ ޖެކޮބް އަބްރިއަން ބުނީ ކޮވިޑާ އެކު މިހާރު ކަންކަން ކުރިއަށް ގެންދަން ޖެހޭ ގޮތް މުޅިން ބަދަލުވަމުން އަންނަ ކަމަށެވެ. އެހެންވެ ވާޗުއަލްކޮށް ފެޝަން ޝޯ ބާއްވާން ޖެހުނުސް، މިއީ ޓެކްނޮލޮޖީގެ ތެރެއިން ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް ބުންޏެވެ.
"އާ ގޮތްގޮތަށް އިވެންޓްތައް ބައްޓަންކޮށް ޒަމާނީ އުކުޅުތައް ބޭނުން ކުރަން މިހާރު ޖެހޭކަން އަހަރެމެންނަށް އެނގިގެން މި ދަނީ. އެހެންވީމަ ވާޗުއަލްކޮށް ޝޯ ބާއްވަން ޖެހުނަސް ފުރިހަމަ ކަމަކަށް އިންތިޒާމުތައް އެންމެ ތަންކޮޅެއް ވެސް ދަށެއް ނުވާނެ." އޭނާ ބުންޏެވެ.
މައިކްރޮސޮފްޓް ޔޫއޭއީގެ ސީއީއޯ/ސީއޯއޯ އިހްސާން އަނަބްތާވީ ވިދާޅުވީ މައިކްރޮސޮފްޓް އޮންނާނީ އަބަދުވެސް އެތަނުގެ ޑިވައިސްތަކާއި ކްލައުޑް ސާވިސްގެ ތެރެއިން ފެޝަން ޑިޒައިނަރުން ކުރިއަރުވައި ދޭން ތައްޔާރަށް ކަމަށެވެ.
"އުފެއްދުންތެރި އާ ވިސްނުންތަކާއި ހިޔާލުތަކާ އެކު ކަސްޓަމަރުންނާ ހަމައަށް އުފެއްދުންތައް ގެނެސްދޭން މި ޑިޖިޓަލް އޭޖްގައި މައިކްރޮސޮފްޓް އަބަދު ވެސް ކުރީގައި އޮންނާނެ." އޭނާ ވިދާޅުވި އެވެ.
މީގެ ހަ އަހަރު ކުރިން ވުޖޫދަށް އައި އަރަބް ފެޝަން ކައުންސިލަކީ 22 އަރަބި ގައުމެއް ތަމްސީލުކުރާ ކައުންސިލެކެވެ.
މެދުއިރުމަތީގައި ފިރިހެނުންގެ ފެޝަން ޝޯއެއް
ހިޒްބުﷲގެ ވެރިޔާ އަވަހާރަކޮށްލައިފި
ފިލްމުތައް ސެންސަރު ކުރުން ޔޫއޭއީގައި ނިމުމަކަށް
އިޒްރޭލުގެ ސަބަބުން ސަރަހައްދަށް ކުރިމަތިވަނީ ނުރައްކާ
"ވެސްޓް ސައިޑް ސްޓޯރީ" މެދުއިރުމަތީގައި މަނާ
ލެބަނާންގެ ސަފީރުން އަރަބި ގައުމުތަކުން ބޭރުކުރަނީ
އީރާންގެ މައްސަލައިގައި އަރަބިންގެ ދައުރެއް ބޭނުން
ނޫރާ: ފުރަތަމަ އަރަބި އަންހެން އެސްޓްރޮނޯޓް
ދުބާއީ އަކީ "އެންމެ ހިތްފަސޭހަ" ސިޓީއަށް ހަދަނީ
މިއީ މެދު އިރުމައްޗަށް އާ ފަތިހެއް: ޓްރަމްޕް