Roadha Mihaaru
އެމެރިކާގެ ބޮޑު އިންތިހާބުގެ ދުވަސް: ކިއޫ ދަމާލައިފި

އެމެރިކާގެ ބޮޑު އިންތިހާބުގެ ދުވަސް: މާ ކުރިން ކިއޫގައި

03 ނޮވެމްބަރ 2020

އެމެރިކާގެ ވާދަވެރި ރިޔާސީ އިންތިހާބުގެ ވޯޓު ލާ ދުވަހަށް ފަތިސްވީ އިރު، ބައެއް ހިސާބުތަކުގައި މިހާރު ވެސް މީހުން ނުކުންނަން ފަށައިފި އެވެ.

އެމެރިކާގެ ވާދަވެރި ރިޔާސީ އިންތިހާބުގެ ވޯޓު ލާ ދުވަހަށް ފަތިސްވީ އިރު، ބައެއް ހިސާބުތަކުގައި މިހާރު ވެސް މީހުން ނުކުންނަން ފަށައިފި އެވެ.

މިއަދުގެ ކުރިން އެމެރިކާގެ ގާތްގަނޑަކަށް 100 މިލިއަން މީހުން ވަނީ ޕޯސްޓްގެ ޒަރީއާ އިންނާއި ކުރިން ވޯޓުލުމުގެ ނިޒާމުގެ ތެރެއިން ވޯޓު ލައި ނިންމައިފަ އެވެ. މިއީ އެމެރިކާގެ ތާރީޚުގައި ވެސް، ރިޔާސީ އިންތިހާބު އޮންނަ ދުވަހުގެ ކުރިން މިހާތަނަށް އެންމެ ގިނަ މީހުން ވޯޓު ލީ ފަހަރެވެ.

އެ ފުރުސަތުގެ ބޭނުން ކުރީ، އެމެރިކާގައި ހަލުއިކަމާ އެކު ފެތުރެމުން ދާ ކޮވިޑް-19އާ ހެދި، ގިނައިން މީހުން އެއްވެ އުޅޭ ތަންތަނަށް ދާން ބޭނުންނުވާތީ އެވެ. އެމެރިކާގައި މިހާތަނަށް 9 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި، 250،000 އާ ގާތްކުރާ އަދަދަކަށް މީހުން މަރުވެއްޖެ އެވެ.

އިންތިހާބުގެ ވާދަވެރި ދެ ކެންޑިޑޭޓުން ކަމަށްވާ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޑިމޮކްރެޓިކް ޕާޓީގެ ޖޯ ބައިޑަންގެ މެދުގައި އޮތް އެންމެ ހޫނު މައުލޫއަކީ ވެސް ކޮރޯނާވައިރަސް އެވެ. އެމެރިކާގެ ހާލަތު އެހާ ގޯސްވީ ޓްރަމްޕްގެ ސަބަބުން ކަމަށް، ބައިޑަންގެ އިތުރުން ވަރަށް ގިނަ ރައްޔިތުން ގަބޫލުކުރެ އެވެ.

ނޮވެމްބަރު 3، 2020: އެމެރިކާގެ ފްލޮރިޑާގެ މީހަކު ވޯޓު ލާން ޖެހޭ ސެންޓަރު، އިންތިހާބުގެ އޮފިޝަލަކު ކިޔައިދެނީ: އެމެރިކާގައި މިއަދު ވޯޓު ލަނީ ފަހުގެ ތާރީހެއްގައި ފެނިފައިނުވާ ވަރުގެ ވާދަވެރި އިންތިހާބެއްގައި

ނޮވެމްބަރު 3، 2020: އެމެރިކާގެ ފްލޮރިޑާގެ މީހަކު ވޯޓު ލާން ޖެހޭ ސެންޓަރު، އިންތިހާބުގެ އޮފިޝަލަކު ކިޔައިދެނީ: އެމެރިކާގައި މިއަދު ވޯޓު ލަނީ ފަހުގެ ތާރީހެއްގައި ފެނިފައިނުވާ ވަރުގެ ވާދަވެރި އިންތިހާބެއްގައި

ކުރިން ވޯޓު ލުމުގެ ފުރުސަތު ދިނަސް އަދިވެސް ވޯޓު ލާ ދުވަހު އެތަނަކަށް ގޮސް ހައްގު ބޭނުންކުރުމުގެ އާދަ ގިނަ ބައެއްގެ އެބަ ހުއްޓެވެ. ކޮންމެ ގޮތަކަށް ވެސް ނަތީޖާ ނުކުމެދާނެ ކަމަށް ބެލެވޭ އެއް ސްޓޭޓް ކަމަށް ވާ ނޯތު ކެރޮލައިނާގެ އެކަކު ބުނީ "އެއީ ތާރީޚީ ހައްގެއް" ކަމަށެވެ.

"އަހަރެން އަބަދުވެސް ވޯޓު ދެނީ މިގޮތަށް އައިސް. މި ހިނގާ ހުރިހާ ކަމަކާ ގުޅިފައި އޮތް އެއް ބަޔަކީ އެ ތާރީހު،" އެލީސަން ރައިބާ، 61، ބުންޏެވެ.

"އެ އާދަ ދަމަހައްޓަން އަހަރެން ބޭނުން."

ނޯތު ކެރޮލައިނާގައި މިހާތަނަށް 4.5 މިލިއަން މީހުން، ކުރިން ވޯޓު ލާފައި ވާތީ މިއަދުގެ ވޯޓުގައި މާ ބޮޑު ތޮއްޖެހުމެއް ނޯންނާނެ ކަމަށް، އިންތިހާބާ ބެހޭ އޮފިޝަލުން ބުނެ އެވެ. ކުރިން ލީ ވޯޓުގެ 97 ޕަސެންޓްގެ ނަތީޖާ، މިއަދު އިއުލާންކުރެވޭ ވަރުވާނެ ކަމަށް ވެސް، އެ މީހުން ޔަގީންކުރެ އެވެ.

ވޯޓު މެޝިންތައް ވެސް އަބަދު ސާފުކުރަން ޖެހިފައި

ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅުތައް، ވޯޓު ފޮށި ހުންނަ ތަންތަނުގައި ވަނީ އަޅައިފަ އެވެ. އެގޮތުން ކޮންމެ ވޯޓަކާ އެކު، ވޯޓު މެޝިން ފޮހެން ޖެހެ އެވެ. ވޯޓު ލާ މީހުންގެ އަމިއްލަ ގަލަން ގެންދަން ވަނީ އަންގައިފަ އެވެ. ބައެއް ސްޓޭޓްތަކުގެ ވޯޓު ސެންޓަރުތަކަށް މާސްކް އާއި ގައިދުރުކަން ބަހައްޓަން އަންގައިދޭ ނިޝާންތަކާއި އަންގި ފަދަ އެއްޗެހި ވެސް ވަނީ ފޮނުވައިފަ އެވެ.

ވޯޓު ލާން ތިބެން ޖެހެނީ އެކަކު އަނެކަކާ ހަ ފޫޓު ދުރުގަ އެވެ.

އެމެރިކާ އަކީ ކޮރޯނާވައިރަސް ފެތުރޭ ނިސްބަތަށް ބަލާއިރު އިންތިހާބު ފަސްނުކޮށް ކުރިއަށް ގެންދާ އެންމެ ބޮޑު ގައުމެވެ. ދުނިޔޭގެ 60 ގައުމަކުން، ކޮވިޑް-19އާ ގުޅިގެން އިންތިހާބުތައް ވަނީ ފަސްކޮށްފަ އެވެ.

ސަލާމަތީ ކަންކަން ވަރުގަދަ

އެމެރިކާގެ އިންތިހާބަކާ ގުޅިގެން ހަމަނުޖެހުމެއް ހިނގުމުގެ ބިރު، މާޒީގައި ނެތަސް، މިއަދުގެ އިންތިހާބު ވަރަށް ތަފާތެވެ. ޓްރަމްޕްގެ ބައެއް ސަޕޯޓަރުންނަކީ ދޮން މީހުންގެ "މަތިވެރިކަމަށް" ދައުވާކޮށް، ހަމަނުޖެހުމެއް ހިންގަން ވެސް ޖެހިލުންނުވާ ބައެއްކަން، މި ފަހުން ފެނުނު ބައެއް ހާދިސާތަކުން އެނގެ އެވެ. އަދި ޓްރަމްޕް ގެންދަވަނީ އެފަދަ މޭރުމަކުން ވާހަކަ ވެސް ދައްކަވަމުންނެވެ. އެހެންކަމުން އިންތިހާބުގެ ނަތީޖާއާ ގުޅިގެން ހަމަނުޖެހުމެއް ހިނގައިފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރު ވެސް ވަނީ އަޅައިފަ އެވެ.

ހަމައެކަނި ރިޕަބްލިކަން ޕާޓީގެ ސަޕޯޓަރުންނެއް ނޫނެވެ. ޑިމޮކްރެޓިކް ޕާޓީގެ ސަޕޯޓަރުން ވެސް، ނަތީޖާ ނުކުންނަ ގޮތަކުން ހަމަނުޖެހުންތަކަކަށް މަގުފަހިކޮށްފާނެ ކަމަށް ބެލެވެ އެވެ.

ފުލުހުންނަށް ކޮންޓްރޯލްކުރެވޭ ވަރަށް ވުރެ ބޮޑެތި ހަމަނުޖެހުންތަކެއް ވެސް ފެނިދާނެތީ، ނެޝަނަލް ގާޑު ވަނީ ތައްޔާރީ ހާލަތުގަ އެވެ. ޔުނިވަސިޓީތަކުގައި އުޅޭ ކުދިންނަށް އަންގާފައި ވަނީ، ކެއިންބުއިމަށް ބޭނުންވާ އެއްޗެހި ހޯދައި ރައްކާކުރުމަށެވެ. ވިޔަފާރިވެރިން ވެސް އެކި ފިޔަވަޅުތައް ގެންދަނީ އަޅަމުންނެވެ.

ޓްރަމްޕް ތުހުމަތުކުރައްވާ ގޮތުގައި އިންތިހާބު "ފޭރިގެންފާނެ" އެވެ. ރައީސް އެގޮތަށް ވިދާޅުވުމުން ގިނަ ސްޓޭޓްތަކުން ކަންބޮޑުވެ، ރައްކާތެރިކަމަށް ވަރަށް ބޮޑު އިސްކަމެއް އަންނަނީ ދެމުންނެވެ.