ފަޅުރަށަކަށް މިއަދު ދަތުރު ދިޔަ ބަޔަކު، މޫސުން ގޯސްވެ އަނބުރާ ރަށަށް ނުދެވިގެން އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދިއްޖެ އެވެ. ސިފައިން އެހީ ފޯރުކޮށްދިން މީހުންގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ކުޑަކުދިނެވެ.
07 ނޮވެމްބަރ 2020
ފަޅުރަށަކަށް މިއަދު ދަތުރު ދިޔަ ބަޔަކު، މޫސުން ގޯސްވެ އަނބުރާ ރަށަށް ނުދެވިގެން އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދިއްޖެ އެވެ. ސިފައިން އެހީ ފޯރުކޮށްދިން މީހުންގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ކުޑަކުދިނެވެ.
އެމްއެންޑީއެފުން ބުނީ ބ. މުތާފުއްޓަށް ދަތުރު ގޮސް އުޅެނިކޮށް ހާލުގައި ޖެހުނު 11 މީހުންގެ ތެރޭގައި ހިމެނެނީ ހަ ކުޑަކުދިންނާއި ފަސް އަންހެނުންނެވެ. އެ އަތޮޅު ތުޅާދުއާ 10 ކިލޯމީޓަރު ދުރުގައި އޮންނަ ފަޅު ރަށަށް ދަތުރު ދިޔަ މީހުން، މޫސުން ގޯސްވެ، އަނބުރާ ރަށަށް ނުދެވިގެން ސިފައިންގެ އެހީތެރިކަމަށް އެދުނީ މިއަދު މެންދުރުފަހު ދޭއްޖަހާކަންހާއިރު އެވެ. ސިފައިންގެ އެހީތެރިކަމާއެކު އެ މީހުން ރަށަށް ގެންދިޔައީ ކޯސްޓްގާޑުގެ ލޯންޗުގަ އެވެ.
އުތުރުގެ އަތޮޅުތަކަށް މިއަދު މޫސުން ގޯހެވެ. އެގޮތުން ހާލުގައި ޖެހުނު މީހުން ރަށަށް ނާދެވިގެން ރިޕޯޓުކުރި އެ ސަރަހައްދަށް، މޫސުމާ ބެހޭ އިދާރާއިން ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ވައިޓް އެލާޓް ނެރެފަ އެވެ. އެ އެލާޓް ވަނީ މިއަދު ހަވީރު ހަތަރަކުން މިރޭ ނުވައެއް ޖަހަން ދެން ދިގު ދަންމާލާފަ އެވެ.
ދިޔަވި ސަފާރީ އަޑިއަށް ހިނގައްޖެ
ދަތުރު ނުކުރެވިދާނެތީ ކާޑު ރައްކާކުރަން އެދެފި
ކަޓަމަރާނެއްގައި ނުކުތް ބިދޭސީއަކު ގެއްލިގެން ހޯދަނީ
މާލެއިން 17،000 އެއްހާ ޓަނުގެ ފެން ހިންދައިފި
މާލޭގައި 3،500އަށް ވުރެ ގިނަ ވެލި ބަސްތާ ޖަހައިފި
ފެން ހިންދާ ޕަމްޕް 72 ރަށަކަށް ފޮނުވައިފި
ވިއްސާރައިގެ ގެއްލުންތަކުން ރައްކާތެރިވާން އޮޕަރޭޝަނެއް
މާލޭ މަގުތަކުން 10،000އެއްހާ ޓަނު ފެން ބޭރުކޮށްފި
ދެގަޑިއިރު ވެހުނު ވާރެއާ އެކު، ހެނބަދޫ ފެނުއަޑީގައި
ބޮޑު ގަހެއް ވެއްޓި ވެހިކަލްތަކަށް ގެއްލުންވެއްޖެ