08 ނޮވެމްބަރ 2020
އެމްއެމްޕީއާރުސީގެ 1.6 ބިލިއަން ރުފިޔާގެ ޚިޔާނާތް ހިމެނޭ ގޮތުން، ކޮރަޕްޝަންގެ މައްސަލަތަކުގައި ތަފާތު ފެންނަ ވަރުގެ ނަތީޖާއެއް ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ނެރެދެވޭނެ ކަމުގެ އުއްމީދު އޮތް ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ 1.6 ބިލިއަން ރުފިޔާގެ ޚިޔާނާތް ހިމެނޭ ގޮތުން، ކޮރަޕްޝަންގެ މައްސަލަތަކުގައި ތަފާތު ފެންނަ ވަރުގެ ނަތީޖާއެއް ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ނެރެދެވޭނެ ކަމުގެ އުއްމީދު އޮތް ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ޝަމީމް ވިދާޅުވީ ޝަމީމް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ވޭތުވެދިޔަ 10 އަހަރު ރާއްޖޭގައި ސާބިތުނުވާ ވަރަށް ކުރިއަށް އޮތް އަހަރުގެ ތެރޭގައި ދައުވާ އުފުލި މައްސަލަތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެ އަމާޒަށް ވާސިލްވާން މުއައްސަސާތައް ގުޅިގެން އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަަމަށް ވެސް ވިދާޅުވި އެވެ.
"ރިސޯސްއަކީ އެއްވެސް އިރެއްގައި އިމެއް ނެތި ހުންނަ ކަންކަމެއް ނޫން. އެ ވަގުތަކު ލިބެން ހުރި ރިސޯސް އެންމެ ފުރިހަމަ އަށް ބޭނުން ކުރެވޭނެ ގޮތެއް ހޯދަންޖެހޭ. [ޚިޔާނާތުގެ މައްސަލަތަކުގައި] ފަހަރަކު 10 މީހުން 15 މީހުންގެ މައްސަލަ ނަގައިގެން މައްސަލަތައް ތަހުގީގު ކުރަމުން ދަނީ. އެ މައްސަލަތައް ނިމޭވަރަކަށް ޕްރޮސިކިއުޓަރުން ކޯޓަށް ފޮނުވަމުން މިދަނީ،" ޝަމީމް ވިދާޅުވި އެވެ.
ބައެއް މައްސަލަތައް މިހާރު ވެސް ކޯޓަށް ފޮނުވާފައިވާތީ މި މަހު އެ މައްސަލަތައް ހިނގައިގަންނާނެ ކަމަށް ޕީޖީ އުއްމީދުކުރައްވަ އެވެ.
މި ވެރިކަމުގައި މުހިއްމު އެއް ވައުދުގެ ގޮތުގައި ކޮރަޕްޝަން ހުއްޓުވުން އަމާޒު ހިފައި އެކަމަށް، ޒީރޯ ޓޮލަރެންސް ސިޔާސަތެއް ވަނީ އިއުލާންކޮށްފަ އެވެ. އެކަމަކު، މި ސިޔާސަތާ އެކު ވެސް މި ސަރުކާރުގައި ވެސް ކޮރަޕްޝަންގެ އެކި މައްސަލަތައްް ފެންމަތިވެ، މުއައްސަސާތަކުން ތަހުގީގު ކުރަމުން އެބަދެ އެވެ.
ކޮރަޕްޝަން ހުއްޓުވުމަށް މަޖިލީހުން އިތުރު ގާނޫނުތަކެއް ފާސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަން ފާހަގަކުރައްވައި ޕީޖީ ވިދާޅުވީ އަވަހަށް ނަތީޖާ ނެރެން ތަހުގީގާއި ދައުވާ އުފުލުމާއި ޝަރީއަތްތައް ވެސް އަވަސް ކުރަން ޖެހޭ ކަމަށެވެ. ހެކި ހޯދަން އަވަސް ވަނީ އަވަހަށް ތަހުގީގު ނިމިގެން ކަން ފާހަގަކުރެއްވި އެވެ.
"އެންމެ މުހިއްމު ކަމަކީ އަވަހަށް މައްސަލަތައް ބެލުން، ތަހުގީގު ކުރުން. ދެ ވަނަ ކަމަކީ އަޅުގަނޑުމެން ވަރަށް ސްޓްރޯންގް މެސެޖެއް އެބަދޭން ޖެހޭ ޕަބްލިކަށް. އަޅުގަނޑު ހިތުން މީހުންނަށް މިހާރު އެ މެސެޖް ސާފުވާނެ ކޮރަޕްޝަން މައްސަލަތަކުގައި، ކުޑަކުދިންނާ ބެހޭ މައްސަލަތަކުގައި، ޖިންސީ ގޯނާގެ މައްސަލަތަކުގައި، އެއީކީ ސަކަރާތް ޖެހޭނެ ކަންކަމެއް ނޫން ކަން،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީ މައްސަލައިގައި ތަހުގީގަށް ކޮންމެ ހަފުތާއަކު ވެސް މުއައްސަސާތަކުން ބައްދަލުވުންތައް ބާއްވަ އެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ވަންނަން ޖެހޭ ފައިސާ އިން ކުރި ވައްކަމުގައި މަންފާ ލިބުނު ވަރަށް ގިނަ މީހުން ތިބި ކަމަށް ޕީޖީ ވިދާޅުވި އެވެ.
ޝާމީމް ވިދާޅުވީ ބައެއް މީހުން ފައިސާ ބޭނުންކުރީ، އެއީ ނުބައި ނިޔަތެއްގައި އެމްއެމްޕީއާރުސީން ނެގި ފައިސާ ކަން އެނގި ތިބެ ކަމަށާއި އެއީ ކިހިނެއް ލިބުނު ފައިސާއެއް ކަން ނޭނގި ބޭނުންކުރި މީހުން ވެސް ހިމެނޭ ކަމަށެވެ.
ޝަމީމް ވިދާޅުވި ގޮތުގައި ހެއްކާއި ގަރީނާ ހުރި މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާނެ އެވެ. އެއީ، ކުރީ ސަރުކާރަކަސް މި ސަރުކާރުގެ އެކި މަގާމްތަކުގައި ތިއްބަސް އިސްތިސްނާއެއް ނެތް ކަމަށާއި އެކަމުގައި ނުފޫޒެއް ވެސް ނުފޯރުވޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވި އެވެ.
އެމްއެމްޕީއާރުސީގެ މައްސަލަ ކޮޅެއްގައި ނުޖެހި ލަސްވާ ސަބަބާ ގުޅޭ ގޮތުން ޕީޖީ ވިދާޅުވީ އެކަމުގައި ލަސްވަނީ ވަކި ތަރުތީބަކުން މައްސަލަތައް ކުރިއަށް ގެންދާތީ ކަމަށެވެ. މައްސަލައިގައި ގޮންޖެހުންތައް އެބަހުރި ކަމަށާއި މައްސަލަ ބާރަށް ހިނގައިގަތީ މި އަހަރުގެ ކުރީކޮޅުގައި ކަމަށް ވެސް ވިދާޅުވި އެވެ.
"މި ބަލަނީ މި އަހަރު ނިމި އަންނަ އަހަރުގެ ކުރީކޮޅު މީގެ ބޮޑުބައި ގެންދެވޭނެ ކަމަށް. މީގައި ހިމެނޭ އެންމެ ބޮޑެތި މީހުންގެ ބައިބައި މިހާރު އެ އޮތީ ގާތްގަނޑަކަށް ކުރިއަށް ގޮސް ނިމިފައި،" ޝަމީމް ވިދާޅުވި އެވެ.
މަހްލޫފްގެ މައްސަލަ: މަސްލަހަތު ފުށުއަރާތަ؟
އަދީބުގެ ފޯނާއި ލެޕްޓޮޕް: ދައުލަތަށް ބޮޑު ޓެސްޓެއް!
"އެމްއެމްޕީއާރުސީ ބޮޑު މައްސަލައާ އުޅޭ ތަނެއް ނުފެނޭ"
ޒާތީ ނިންމުމެއް ކަމުގެ ތުހުމަތަށް ޖަވާބެއް ނުދެއްވި!
އިސްތިއުފާއެއް ނުދޭނަން: މަހްލޫފް
މަހްލޫފްގެ މައްސަލައިގައި ޕީޖީން ދެނީ އެއް ޖަވާބެއް!
މަހްލޫފް މައްސަލައިގެ އިތުރު ހެެއްކެއް ނުހޯދަން: ޕޮލިސް
އިސްތިއުފާ ދެއްވުމާ މެދު މަހްލޫފު އަލުން ވިސްނަނީ
ކޮރަޕްޝަންގެ 35 މައްސަލައެއްގައި މިއަހަރު ދައުވާކުރަނީ
ޕީޖީ ޝަމީމަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައިފި