ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކަކާ ގުޅިގެން ހއ. އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވަކި މުއްދަތެއް ނެތް ގޮތަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ސަސްޕެންޑްކުރީ ގާނޫނާ ޚިލާފަށް ކަމުގެ ތުހުމަތާ އެކު އެ އޮތޯރިޓީގެ ނިންމުންތަކުގައި ހަމަހަމަ ކަމެއް ނެތް ކަމަށް ބުނެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.
15 ނޮވެމްބަރ 2020
ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކަކާ ގުޅިގެން ހއ. އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވަކި މުއްދަތެއް ނެތް ގޮތަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ސަސްޕެންޑްކުރީ ގާނޫނާ ޚިލާފަށް ކަމުގެ ތުހުމަތާ އެކު އެ އޮތޯރިޓީގެ ނިންމުންތަކުގައި ހަމަހަމަ ކަމެއް ނެތް ކަމަށް ބުނެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.
އެލްޖީއޭ އިން ބުނީ އަބްދުﷲ ރަޝީދާ ގުޅޭ ގޮތުން ހުށަހެޅި 11 މައްސަލައަކާ ގުޅިގެން އޭނާ ސަސްޕެންޑްކުރީ، އިންކުއަރީއެއް ނިމެންދެން ވަކި މުއްދަތެއް ނެތް ގޮތަށެވެ. އެކަމަކު މިއީ، އެލްޖީއޭއަށް ކައުންސިލަރުންނާ މެދު ފިޔަވަޅު އެޅޭނެ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
އަބްދުﷲ ރަޝީދަށް ކުރާ ތުހުމަތުތަކުގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެކި ފަރާތްތަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ބޮޑެތި މައްސަލަތަކެއް ހިމެނެ އެވެ.
ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް މުހްތާޒް މުހްސިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުސިލަރަކު ވަކި މުއްދަތެއް ނެތް ގޮތަށް އަދި އެ ކަންކުރުމަށް ބާރު ލިއްބައިދޭ ގާނޫނީ މާއްދާތައް ނުހިމަނައި ރަސްމީ ބަންދު ދުވަހެއްގައި ސަސްޕެންޑު ކުރުމަކީ މާޒީއަށް އިއާދަވުންކަމުގައި ނޫނީ ނުވާނެ ކަމަށެވެ. އޭނާ އެ އިޝާރާތް ކުރެއްވީ ކުރީގެ ސަރުކާރުގައި، އެއްވެސް އުސޫލެއް ނެތި ކައުންސިލަރުން ސަސްޕެންޑްކުރުން ފަދަ ފިޔަވަޅުތައް އަޅަމުން ދިޔަ މައްސަލައަށެވެ. އެ އުސޫލު ފަހުން ވަނީ ހައި ކޯޓުން ބާތިލް ވެސް ކޮށްފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފިޔަވަޅެއް އަޅާ ނަމަ، އެކަން ކުރަން ވާނީ ގާނޫނީ އިމުގެ ތެރެއިންނެވެ. އަދި އެއީ ހިތުހުރި ގޮތަކަށް ކުރަންޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެ އެލްޖީއޭގެ ނިންމުމަށް ނުރުހުން އަމާޒުކުރެއްވި އެވެ.
ރައްޔިތުން އިންތިޚާބުކޮއްފައިވާ ކައުސިލަރަކު ވަކި މުއްދަތެއް ނެތްގޮތަށް އަދި އެކަންކުރުމަށް ބާރުލިއްބައިދޭ ގާނޫނީ މާއްދާތައް ނުހިމަނުއްވާ ރަސްމީ ބަންދު ދުވަހެއްގައި ސަސްޕެންޑު ކުރެއްވުމަކީ މާޒީއަށް އިއާދަވުންކަމުގައި ނޫނީ ނުވާނެ. pic.twitter.com/Mt8n7nkqgj
— Muhuthaz Muhusin (@Muhuthaz) November 14, 2020
އެލްޖީއޭ އިން އަމަލުކުރި ގޮތް ގޯސްކަމުގެ ހެއްކެއްގެ ގޮތުން މުހުތާޒް ދެއްކެވީ މަސްއޫލިއްޔަތަކާ ޚިލާފުވެއްޖެ ނަމަ، މުސާރަ ނުހިނގާ ގޮތަށް ވަކި މުއްދަތެއް ނެތް ގޮތަށް ކައުންސިލަރުން ސަސްޕެންޑްކުރަމުން އައި އުސޫލް ހައި ކޯޓުން ބާތިލްކޮށްފައިވާ ކަމެވެ. ކޮވިޑުގެ ހާލަތާ ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު ފަސްކޮށް، ކައުންސިލްތައް ހިންގަން ފާސްކުރި ޚާއްސަ ގާނޫނުގައި ވެސް ކައުންސިލަރުންނާ މެދު ފިޔަވަޅު އަޅާނެ ގޮތްތައް ބަޔާންކޮށްފައި އޮތް އިރު ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ނުކުރެވޭނެ ކަމަށް އޮތްކަން މުހުތާޒު ފާހަގަކުރެއްވި އެވެ.
ކުރީގައި ކައުންސިލަރުން ސަސްޕެންޑު ކުރަމުން އައި އުސޫލު ހައިކޯޓުންވަނީ ބާތިލުކުރައްވާފައި. އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) އަށް ވެސް LGA ގެ މިނިންމުން ފެތޭކަމަށް ދެންނެވޭކަށެއްނެތް. https://t.co/itZZJYP91a pic.twitter.com/sGRr42TSki
— Muhuthaz Muhusin (@Muhuthaz) November 14, 2020
ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރާ މެދު ފިޔަވަޅު އެޅި ގޮތާ ގުޅުވައި އިދިކޮޅުން ކުރީ އެލްޖީއޭގެ ހަމަހަމަ ކަމެއް ނެތް ކަމުގެ ޝަކުވާ އެވެ.
މާލޭގެ މޭޔަރު، ޝިފާ މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އެ ކައުންސިލްގެ އެމްޑީޕީ މެމްބަރުން ހިމެނޭ ގޮތަށް އަޣުލަބިއްޔަތު ސޮއިކޮށް ހުށަހެޅި މައްސަލަ އެލްޖީއޭ އިން ހުއްޓުވާފައި އޮތުމުގެ ފާޑުކިއުމެވެ. އެ މައްސަލަ ހުށަހެޅި ކައުންސިލަރު މުހައްމަދު ފަޒީންގެ މައްސަލައެއް ބަލަން ފެށުމަކީ އިތުބާރު ނެތް ކަމުގެ ވޯޓު ހުއްޓުވަން އެލްޖީއޭ އިން ނުފޫޒު ފޯރުވުން ކަމަށް އިދިކޮޅުން ބުންޏެވެ.
އުތީމު ކައުންސިލް މައްސަލަިގައި ރައީސް ސަސްޕެންޑް ކޮށްފައި މާލެސިޓީގެ ގެ މޭޔަރ ގެ މައްސަލައިގައި އެލް ޖީ އޭ އިން މަސައްކަތްކުރީ ތުހުމަތުގެ އިގިލި ދިއްކުރެވުނު ފަރާތުގެ ދިފާއުގައި. ހުކުރު ދުވަގެއްގެ މެންދުރުފަހު އޮފީސްހުޅުވާ ޤާނޫނީ ހަމައެއްނެތި ހުއްޓުވީ ޤާނޫނުންލާޒިމްކުރާވޯޓެއް. https://t.co/SPDMThcISd pic.twitter.com/HZkqA6JZx4
— ?????? ?? (@fazeen2457) November 14, 2020
ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ މޭޔަރު ޝިފާ އަށް ވެސް ކުރީ ކޮރަޕްޝަންގެ ތުހުމަތު ކަމަށާއި އޭނާ އަށް ފިޔަވަޅު ނާޅާއި އިބްރާހިމް ރަޝީދާ މެދު ފިޔަވަޅު އެޅުމަކީ އިންސާފެއް ނޫން ކަމަށެވެ. އުތީމު ކައުންސިލަރާ މެދު ފިޔަވަޅު އެޅީ އަތޮޅު ތެރޭގެ ބޭފުޅަކަށް ވުމުންތޯ ވެސް ޝުޖާއު ސުވާލު ކުރެއްވި އެވެ.
Mayor @SifaMohammed ah kurevunee Vakkamuge Thuhumathu.@lgaMaldives Elhunu fiyavalheh neiy.Massalaagai Suspend kurun fadha Evves fiyavalheh neylhunu.Utheem Council Raees Abdulla Rasheedh @Boaharu741 akee Atoll Thereyge Rayyithakah veema Vaguthun Suspend!! Mee Kon kahala Insaafeh?
— Ibrahim Shujau ? (@shuja3831) November 14, 2020
ތިލަފަތް ހަމަހަމަ އަދުލުވެރިކަން ކޮބައިތޯ ވެސް ހޯމް މިނިސްޓަރު އަދި އެލްޖީއޭގެ ރައީސް އިމްރާން އަބްދުﷲ އާއި އެލްޖީއޭ ޓެގު ކުރައްވައި ޝުޖާއު އެއްސެވި އެވެ.
ފިޔަވަޅު އެޅުމުގައި އެލްޖީއޭއަށް އަމާޒުވެފައިވާ ތުހުމަތުތަކަށް އެ އޮތޯރިޓީގެ ރަސްމީ ބަހެއް އަދި ބަހެއް ނުލިބެ އެވެ.
އެކަމަކު "މިހާރު"އާ ވާހަކަ ދެއްކެވި ބޯޑުގެ މެމްބަރަކު ވިދާޅުވީ މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކުރަން ބޯޑުން ނުނިންމާ ކަމަށެވެ. ބޯޑުގެ ނިންމީ ސީރިއަސް ތުހުމަތުތަކަކާ ގުޅިގެން ފިޔަވަޅު އަޅަން ކަމަށާއި އިދާރީ ގޮތުން އެފަދަ ކަމެއް ހިނގާފައި އޮތް ނަމަ އެ އޮތޯރިޓީން އެކަން ބަލާނެ ވިދާޅުވި އެވެ.
މިހާތަނަށް، އެފަދަ މައްސަލަތަކގައި ވެސް އެލްޖީއޭ އިން އަމަލުކުރާ އުސޫލަކީ ވަކި މުއްދަތަކަށް ސަސްޕެންޑްކުރުން ކަމަށް ވިދާޅުވެ، އެފަދަ މައްސަލަތަކުގައި ތިން މަސް ދުވަސް ދީފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
އުތީމު ކައުންސިލަރަށް ކުރާ ތުހުމަތަށް ޖަވާބުދާރީވުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް ވަނީ ދީފަ އެވެ. އޭނާ ސަސްޕެންޑްކުރީ އިންކުއަރީ ނިމެންދެން ކަމަށް ވެސް އެޖީއޭ އިން ފޮނުވި ސިޓީގައިވެ އެވެ.
މާލެ ތޮއްޖެހުމުގެ އަސްލަކީ މަރުކަޒީ ވިސްނުން: ރައީސް
އެލްޖީއޭ އިން އުޅުނީ ސިޔާސީ ނިޒާމު ނައްތާލަން: ކޮމިޓީ
ލާމަރުކަޒީ ގާނޫނަށް ގިނަ އިސްލާހު ގެންނަން ޖެހޭ:ރައީސް
ކައުންސިލަރުންނަށް އެޅި ފިޔަވަޅުތައް މުރާޖައާ ކުރަނީ
ޑަބްލިއުޑީސީތަކަށް ރޯދައިނާޔަތް ދޭ އިސްލާހު ހުށަހަޅައިފި
ކައުންސިލްތަކުގެ ހަރަދު ކުޑަކުރަން ރައީސްގެ އާ ހިޔާލެއް
ކޭމް، ހޯމްލޭންޑް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި
މުޅި ލާމަރުކަޒީ ނިޒާމުގައި ފައިސާ ލީކުވާ ބާގަނޑުތައް!
"3،000ގެ އާބާދީއަކަށް ތިން ކައުންސިލަރުން ފުދޭ"
ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓްދޭން މަޝްވަރާއަށް