ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުލްރައްޒާގު މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުށަހަޅައިފި އެވެ.
15 ނޮވެމްބަރ 2020
ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުލްރައްޒާގު މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުށަހަޅައިފި އެވެ.
އަބްދުލްރައްޒާގު ފަނޑިޔާރުކަމުން ވަކިކުރަން ނިންމީ މިދިޔަ ހޯމަ ދުވަހު ކަމަށް ޖޭއެސްސީން ބުންޏެވެ. އޭނާ ވަކިކުރަން ނިންމި އިރު، އެ ކޮމިޝަނުން ބަލަމުން އައި އަބްދުލްރައްޒާގު މައްސަލައެއް ފުލުހުން ވެސް ތަހުގީގުކުރަން ފެށުމުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން އޭނާ ހުރީ މަގާމުން ސަސްޕެންޑްކޮށްފަ އެވެ.
އަބްދުލްރައްޒާގު މަގާމުން ވަކި ކުރަން ނިންމީ ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ ދެ މައްސަލައެއްގައި ދައުވާ ލިބުނު މީހާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށް މައްސަލަ ހިންގާފައި ވާތީ އެވެ. މި ދެ މައްސަލަ ހިންގާފައިވަނީ ކުރިން މި މައްސަލާގައި ހުކުމް ކޮށްފައިވާކަން އަބްދުލްރައްޒާގަށް އެނގި ހުރެ ކަމަށް ޖޭއެސްސީން ބުންޏެވެ. އަދި މި މައްސަލަ ޖޭއެސްސީން ތަހުގީގުކުރި އިރު އަބްދުލްރައްޒާގު އޮޅުވާލައިގެން މައުލޫމާތު ދީފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
މީގެ އިތުރުން ދ. ކުޑަހުވަދޫ ކޯޓަށް ހުށަހެޅި މައްސަލައެއް ބަލަން ހަވާލުކުރި މެޖިސްޓްރޭޓަކާ މެދު ހިތްހަމަ ނުޖެހިގެން، އެ މައްސަލަ ބެލުމުގެ އިހްތިސާސް ނެތް ދ. އެނބޫދޫ މެޖިސްޓްރޭޓަކާ މައްސަލަ ހަވާލުކުރި މައްސަލައެއް ބަލަ އެވެ. އަދި ކުޑަހުވަދޫ ކޯޓުގައި ހިންގި މައްސަލައަކަށް އަބްދުލްރައްޒާގު ހުށަހެޅުއްވި އެއްބަސްވުމެއްގައި ފޯޖްކޮށްފައިވާ ސޮއެއް އޮތް މައްސަލައެއް ވެސް އަންނަނީ ބަލަމުންނެވެ. ފޯޖް ސޮއިގެ މައްސަލަ ޖެނުއަރީ މަހު ފުލުހުން ބަލަމުން ފެށުމާ އެކު އަބްދުލްރައްޒާގު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
މީގެ ކުރިން ވެސް ބައެއް މެޖިސްޓްރޭޓުންނާއި ދަށު ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރަން ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވެ އެވެ. އެކަމަކު، މަޖިލީހުން އެގޮތަށް ފާސް ކުރުމުގެ ކުރިން ގިނަ ބޭފުޅުން ވަނީ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވައިފަ އެވެ.
އަލީ އާދަމަށް އިތުރު މައްސަލައެއްގައި ފިޔަވަޅު އަޅައިފި
ދެ މެޖިސްޓްރޭޓަކު ވަކިކުރަން މަޖިލީހަށް ފޮނުވަނީ
މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސް ދޭން ހުށަހަޅަނީ
އިސް މެޖިސްޓްރޭޓް ރާޣިބް ވަކިކުރަން މަޖިލީހަށް ފޮނުވަނީ
ތިނަދޫ މެޖިސްޓްރޭޓް މަގާމުން ވަކިކުރަން ފާސްކޮށްފި
މެޖިސްޓްރޭޓް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި
މެޖިސްޓްރޭޓްގެ މައްސަލަ ސާބިތުވާ ހެއްކެއް ނެތް: ސަނީފް
މެޖިސްޓްރޭޓް ވަކިކުރަނީ ހަޑި ހުތުރުކޮށް މުހާތަބުކުރީމަ!
މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ވަކިކުރަން މަޖިލީހަށް
ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން ހުއްޓާލާ: އިބޫ