Roadha Mihaaru
ބަޖެޓް އަނބުރާ ގެންގޮސް ކުޑަކޮށްފައި ފޮނުވާ:ސަލީމް

ބަޖެޓު އަނބުރާ ގެންގޮސް ކުޑަކޮށްފައި ފޮނުވާ: ސަލީމް

16 ނޮވެމްބަރ 2020

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓަކީ ރާއްޖޭގެ މިއަދުގެ ހާލަތާ ގުޅޭ ބަޖެޓެއް ނޫން ކަމަށް ވިދާޅުވެ، އެ ބަޖެޓު އަނބުރާ ގެންގޮސް މުރާޖައާ ކުރަން ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) މިއަދު ގޮވާލައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓަކީ ރާއްޖޭގެ މިއަދުގެ ހާލަތާ ގުޅޭ ބަޖެޓެއް ނޫން ކަމަށް ވިދާޅުވެ، އެ ބަޖެޓު އަނބުރާ ގެންގޮސް މުރާޖައާ ކުރަން ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) މިއަދު ގޮވާލައްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަލީމް ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކަތަކުގެ ބަދަލުގައި މިއަދު ޖެހިފައި ވަނީ "މުސީބާތުން" ރައްޔިތުން ސަލާމަތްކުރަން މަސައްކަތް ކުރުން ކަމަށެވެ. ބަޖެޓްގަައި ތަރައްގީގެ މަޝްރޫއުތަކަށް ޖަހާފައިވާ އަދަދުތަކުގެ ބަދަލުގައި މަސައްކަތްތެރިންގެ ހާލަތު ރަނގަޅު ކުރަން ހަރަދުކުރާ ފައިސާ އިތުރުކުރަން އޭނާ ގޮވާލެއްވި އެވެ. ސަރުކާރުގެ އަމާޒަކަށް ވާންވީ ސަލީމް ވިދާޅުވިގޮތުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

"މި ބަޖެޓް އަނބުރާ ފޮނުވާލާފައި، މި ބަޖެޓް 24 ބިލިއަން ނޫނީ 25 ބިލިއަނަށް ހަދާފައި އިއްޒަތްތެރި ވަޒީރު ވެސް ތަންކޮޅެއް ތިިރިވެގެން ބަޖެޓް އަނބުރާ މަޖިލީހަށް ފޮނުވައިގެން ދެން ބަހުސް ކޮށްގެން އަޅުގަނޑުމެން މި ތިބީ މި އަށް ހިތްވަރު ދޭން،" އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހެޅި 37 ބިލިއަން ރުފިޔާގެ ބަޖެޓާ ގުޅޭ ގޮތުން ސަލީމް ވިދާޅުވި އެެެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި އެހެންވެ، ބަޖެޓު އެކުލަވައިލާއިރު އެ ހާލަތަށް ރިއާޔަތް ކުރަން ޖެހޭ ކަމަށެވެ. އަންނަ އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އަށް ބަލައި، ބަޖެޓް ކުޑަކުރުމާ ގުޅޭ ގޮތުން ސަލީމް ސުވާލު ކުރެއްވި އެވެ. އެގޮތަށް ކަންތައް ނުކޮށްފި ނަމަ އޭގެ ނަތީޖާއަކަށް ވާނީ ސަލީމް ވިދާޅުވިގޮތުގައި ތަކެތީގެ އަގު އިންތިހާ އަށް ބޮޑުވުމެވެ. އޭރުން ޑޮލަރުގެ އަގު 25 އަށް ނުވަތަ 20 އަށް އަރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މަޝްރޫއުތަކެއް ހިންގިދާނެ ގަދަފައި ވިއްދާފައި. އެހެން ނަމަވެސް އެ ނިކަމެތި މީހާ ކޮންތާކަށްތޯ ދާނީ؟ ކޮންތާކުތޯ އެ މީހާ މަސައްކަތް ކުރާނީ؟ ކޮންތާކުންތޯ އެ ފައިސާ އޭނާ އިތުރަށް ހޯދާނީ؟ ތަކެތީގެ އަގު ބޮޑުވީ، އެހެން ކަންތައްތައް އަގުބޮޑުވީ،" އިދިކޮޅު ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ސަލީމް ވިދާޅުވި އެވެ.

"ދެން އަަޅުގަނޑުމެންގެ ނަތީޖާއަކީ ނިކަމެތިން، ތިން ފަހަރު ކައިގެން ތިބި މީހުން އެއް ފަހަރު ކައިގެން ނަމަވެސް ތިބެން މަސަައްކަތް ކުރުން."

އޭނާގެ ވާހަކަ އަށް ފަހު މިއަދުގެ ޖަލްސާގައި ވާހަަކަ ދައްވަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އޭނާ ވިދޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ރާއްޖެ އަށް ކުރިމަތިވި އިގުތިސާދީ މައްސަލަތަކާ އެކު އިގުތިސާދު މިހާރު ވެސް ކުޑަވެފައިވާ ކަމަށާއި ސަރުކާރުން ކުރާ ހަރަަދު ކުޑަކޮށްފި ނަމަ އިގުތިސާދު ދާނީ ހައްތާ ކުޑަވަމުން ކަމަށެވެ.