Roadha Mihaaru
ހެލްތުމިނިސްޓަރު ނަސީމަށް ރުހުން ދީފި

ހެލްތު މިނިސްޓަރު ނަސީމަށް މަޖިލީހުން ރުހުންދީފި

23 ނޮވެމްބަރ 2020

ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.

ނަސީމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެމްބަރުންގެ އިއްތިފާގުންނެވެ.

ހެލްތު މިިނިސްޓަރު ކަމަށް ނަސީމް އައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމުންނެވެ. ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި އަމީން އިސްތިއުފާ ދެއްވުމުން އެ މަގާމަށް ޖޭޕީގެ ބޭފުޅެއްގެ ބަދަލުގައި ނަސީމް އައްޔަން ކުރެއްވީ ވަރަށް ގާތުން ސިއްހީ ދާއިރާގެ ކަންކަން ބައްލަވައި ބަދަލުތަކެއް ގެންނަވަން ބޭނުންފުޅުވާތީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރިން ވިދާޅުވި އެވެ.

ނަސީމަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމުގެ ވޯޓުގެ ކުރިން އެމްޑީޕީގެ ފަރާތުން މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ނަސީމަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ އެއް ބާނީ ކަމަށާއި ނަމަވެސް އޭނާ އަކީ ސިއްހީ ދާއިރާގައި ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. ރާއްޖޭގައިިި އެކި މަސަައްކަތްތައް ކުރައްވައި، ރާއްޖެއަށް އިންވެސްޓަރުން ގެނައުމުގައި ވެސް އޭނާ އުޅުއްވި ކަމަށާއި އެެއީ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތްކުރައްވާފައިވާ ބޭފުޅެއް ކަަމަށް ވެސް ހަސަން ވިދާޅުވި އެވެ.

"އަހުމަދު ނަސީމާ ދޭތެރޭގައި ހަމަ ގައިމު ވެސް އަަޅުގަނޑަކަށް ކުޑަ ވެސް ޝައްކެެއް ނެތް،" އޭނާ ވިދާޅުވި އސެވެ.

ހަސަން ވިދާޅުވީ ހެލްތު މިނިސްޓަރުގެ ހައިސިއްޔަތުން ރަނގަޅު މަސައްކަތްތަކެއް ނަސީމް ކުރައްވާނެކަމަށް ގަބޫލުކުރައްވާ ކަމަށާާއި ހާއްސަކޮށް ކޮވިޑްގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރުމަށް ކުރާ މަސައްކަތުގައި ހެލްތު މިނިސްޓަރުކަމުގެ އިތުރުން ރައީސަށް ރަނގަޅު ލަފާ ދެއްވާނެ ކަމުގެ ޔަގީންކަން ވެސް އެބަ އޮތް ކަަމަށެވެ.

ހެލްތު މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ނަސީމް ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގަ އެވެ. އޭނާ ވަނީ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގައި މާޗް 21، 2011 އިން ފެބްރުއަރީ 7، 2012ގެ ނިޔަލަށް ފޮރިން މިނިސްޓަރު ކަމުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

އަދި އޭގެ ކުރިން ނަސީމް ވަނީ ސްޓޭޓް ފޮ ފޮރިން އެފެއާޒްގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އޭނާ ސަރުކާރާ ގުޅިވަޑައިގަތީ 1966 ވަނަ އަހަރު އެވެ.