Roadha Mihaaru
ބައިޑަންއަށް ވައިޓްހައުސްއަށް ވަދެވޭނީ ސައްހަ ވޯޓާއެކު

ބައިޑަން އަށް ވައިޓް ހައުސް އަށް ވަދެވޭނީ ސައްހަ ވޯޓާ އެކު: ޓްރަމްޕް

28 ނޮވެމްބަރ 2020

ވޮޝިންޓަން (ނޮވެމްބަރު 28) - ރިޔާސީ އިންތިޚާބުގައި ޖޯ ބައިޑަން ހޯއްދެވި ކަމަށް ބުނާ 80 މިލިއަން ވޯޓުގެ ސައްހަކަން ކަށަވަރުކޮށްގެން ނޫނީ ވައިޓް ހައުސް އަށް ވަދެވަޑައިގެން ކޮމާންޑަ-އިން-ޗީފްގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ނޮވެމްބަރު 28) - ރިޔާސީ އިންތިޚާބުގައި ޖޯ ބައިޑަން ހޯއްދެވި ކަމަށް ބުނާ 80 މިލިއަން ވޯޓުގެ ސައްހަކަން ކަށަވަރުކޮށްގެން ނޫނީ ވައިޓް ހައުސް އަށް ވަދެވަޑައިގެން ކޮމާންޑަ-އިން-ޗީފްގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

"ބައިޑަން އަށް ވައިޓް ހައުސް އަށް ވަދެވޭނީ 80 މިލިއަން ވޯޓުގެ ސައްހަކަން ޔަގީންކޮށްގެން. އެޓްލާންޓާ، ފިލެޑެލްފިއާ އަދި މިލްވައުކީގެ ވޯޓަށް ބަލާއިރު މުޅިން ވެސް ވަނީ މަކަރު ހަދާފައި. ހައްލު ނުވާ ބޮޑު މައްސަލައަކާ ބައިޑަން އަށް ވަނީ ކުރިމަތިވެފައި،" ޓްރަމްޕް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ބައިޑަން އަކީ އެމެރިކާގެ ތާރީޚުގައި ވެސް 80 މިލިއަން ވޯޓު ހޯއްދެވި ފުރަތަމަ ރިޔާސީ ކެންޑިޑޭޓެވެ. އެމެރިކާގައި މިހާތަނަށް ދެ ވަނަ އަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ޓްރަމްޕް މި ފަހަރު ވަނީ 73 މިލިއަން ވޯޓު ހޯއްދަވައިފަ އެވެ. މި ފަހަރުގެ އިންތިޚާބުގެ ކުރިން އެންމެ ގިނަ ވޯޓު ހޯއްދެވީ 2008 ވަނަ އަހަރު ބަރަކް އޮބާމާ އެވެ. އެ މަނިކުފާން އެ ފަހަރު އިންތިޚާބުވެވަޑައިގެންނެވީ 69.5 މިލިއަން ވޯޓު ހޯއްދަވައިގެންނެވެ.

ރެކޯޑް އަދަދަކަށް މި ފަހަރުގެ އިންތިޚާބުގައި ވޯޓުލާފައި ވަނީ ކޮރޯނާވައިރަހާ ގުޅިގެން އާލީ ވޯޓިންގައި ގިނަ ބަޔަކު ވޯޓުލާފައިވުމުންނެވެ.

ބައިޑަން ކާމިޔާބު ހޯއްދެވި ނަމަވެސް ޓްރަމްޕް ގެންދަވަނީ ބަލި ގަބޫލްކުރައްވަން ދެކޮޅު ހައްދަވަމުންނެވެ. ޓްރަމްޕް އިއްޔެ ވިދާޅުވެފައި ވަނީ ވައިޓް ހައުސް އިން ނުކުމެވަޑައިގަންނަވާނީ އިންތިޚާބު ކާމިޔާބުކުރި ފަރާތަކީ ބައިޑަންކަން ރަސްމީކޮށް އިއުލާން ކުރުމުން ކަމަށެވެ. އެކަމަކު ވެރިކަން ބަދަލު ކުރުމުގެ ކަންކަން ޖެނެރަލް ސާވިސަސް އެޑްމިނިސްޓްރޭޝަނުން ކުރިއަށް ގެންދިއުމުގެ ހުއްދަ ޓްރަމްޕް ވަނީ މިދިޔަ ހަފުތާގައި ދެއްވައިފަ އެވެ.