Roadha Mihaaru
ކަރަންޓީނާ ޚިލާފްވި 15 ފަޅުވެރިއަކު ހައްޔަރުކޮށްފި

ކަރަންޓީން އެންގުމާ ޚިލާފްވި ދޯންޏެއްގެ 15 ފަޅުވެރިއަކު ހައްޔަރުކޮށް، 14 ދުވަހަށް ބަންދަށް

28 ނޮވެމްބަރ 2020

ދޯންޏެއްގެ ފަޅުވެރިންތަކެއް ކަރަންޓީން ވާން އަންގާފައި ވަނިކޮށް ފުރައިގެންދިޔަ މައްސަލައެއްގައި 15 ފަޅުވެރިއަކު ހައްޔަރުކޮށް އަދި އެ މީހުން 14 ދުވަހަށް ބަންދުގައި ބައިތިއްބަން އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދޯންޏެއްގެ ފަޅުވެރިންތަކެއް ކަރަންޓީން ވާން އަންގާފައި ވަނިކޮށް ފުރައިގެންދިޔަ މައްސަލައެއްގައި 15 ފަޅުވެރިއަކު ހައްޔަރުކޮށް އަދި އެ މީހުން 14 ދުވަހަށް ބަންދުގައި ބައިތިއްބަން އަމުރުކޮށްފި އެވެ.

ފުލުހުން ބުނީ ދ. ކުޑަހުވަދޫ ދިރުން 2 ނަމަކަށް ކިޔާ ދޯންޏެއްގެ ހުރިހާ ފަޅުވެރިން ކަރަންޓީންވާން އަންގާފައި ވަނިކޮށް ރަސްމީ އިދާރާތަކަށް އެންގުމެއް ނެތި އެ ރަށުން ފުރައިގެން ދިޔަ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެ ދޯނީގެ 15 ފަޅުވެރިއަކު ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކުރި ކަމަށާއި އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން އެ މީހުން 14 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މިހާރު އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.